ތިނަދޫގައި މުޒާހަރާ ކުރި ބިދޭސީން ޑީޕޯޓު ކުރަން އުޅޭ މައްސަލަ އެޗްއާރުސީއެމުން ބަލަނީ

ގދ. ތިނަދޫގައި ކުރިއަށް ގެންދިޔަ ބިދޭސީން ހަޅުތާލު -- ފޮޓޯ: ސޯޝަލް މީޑިއާ

ގދ. ތިނަދޫގައި ކުރިއަށް ގެންދިޔަ ބިދޭސީން ހަޅުތާލު -- ފޮޓޯ: ސޯޝަލް މީޑިއާ

މުޒާހަރާ ކުރުމުގެ ހައްގަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ވެސް ގާނޫނުން ލިބިދީފައި އޮތް ހައްގަކަށް ވާއިރު، އެ ހައްގުގެ ބޭނުން ހިފައި ގދ. ތިނަދޫގައި މުޒާހަރާ ކުރި ބަންގުލަދޭޝްގެ ރައްޔިތުން ޑީޕޯޓު ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.

އެޗްއާރުސީއެމުން މިއަދު މީޑިއާތަކަށް ފޮނުވި ކުރު ބަޔާނެއްގައި ބުނީ ދިވެހިރާއްޖެއިން ސޮއި ކޮށްފައިވާ އދ. ގެ އިންސާނީ ހައްގުތަކުގެ އާންމު ގަރާރު (އައިސީސީޕީއާރު) ގެ 21 ވަނަ މާއްދާގައި ބިދޭސީން ހިމެނޭހެން ހުރިހާ އެންމެންނަށް ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރުމުގެ ހައްގު ކަށަވަރު ކޮށްދޭންޖެހޭ ކަމަށެވެ.

އަދި އެ ހައްގަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ވެސް ލިބިދީފައިވާ ހައްގެއް ކަމަށް އެޗްއާރުސީއެމުގެ ބަޔާނުގައި ބުނެފައިވެ އެވެ.

Advertisement

ގދ. ތިނަދޫގައި މިދިޔަ ހަފުތާގައި ބަންގްލަދޭޝް ރައްޔިތުންތަކެއް ސުލްހަވެރި މުޒާހަރާއެއް ކުރިއަށް ގެންދިޔައީ ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ކުރަމުންދާ މުޒާހަރާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.

ނަމަވެސް އެކަަމަކީ "ސިޔާސީ ހަަރަކާތެއް" ގެ ގޮތުގައި ލޭބަލްކޮށް، އެއީ ވިސާގެ ޝަރުތަކާ ހިލާފުވުން ކަމަށް ބުނެ އެކަމުގައި އިސްކޮށް އުޅުނު އެންމެން ޑީޕޯޓުކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ މި ފަހުން ވިދާޅުވެފަ އެވެ.

އެޗްއާރުސީއެމުން މިއަދު ބުނީ ސަރުކާރުގެ އެ ނިންމުން އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ވަރަށް ކައިރިން ބަލަމުންދާ ކަމަށެވެ.

ތިނަދޫގައި ސުލްހަވެރި ހަޅުތާލު ކުރި ބިދޭސީން ޑީޕޯޓު ކުރަން ސަރުކާރުން ނިންމުމާ ގުޅިގެން ޓްރާސްޕޭރެންސީ މޯލްޑިވްސްއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ޖަމިއްޔާއިން އިއްޔެ ނެރުނު ބަޔާނުގައި ވެސް ބުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި ޖަމިއްޔާ ހެދުމުގެ ހައްގަކީ އދ. ގެ އިންސާނީ ހައްގުތަކުގެ އާންމު ގަރާރާއި ރާއްޖޭގެ ގާނޫނުއަސާސީން ވެސް ކޮންމެ މީހަކަށް ލިބޭ ހައްގެއް ކަމަށެވެ.

ޓްރާންސްޕޭރެންސީން ބުނީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ނިގުޅައިގަނެވޭ ގޮތަށް ވިސާގެ ޝަރުތުތައް ކަނޑައެޅުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. މިފަދަ އަސާސީރާއްޖޭގެ އެއްވެސް ގާނޫނަކާއި ގަވާއިދަކާ ހިލާފުނުވާހާ ހިނދަކު ރާއްޖޭގައި ތިބޭ ބިދޭސީން ހައްޔަރުކޮށް, ވަޒީފާއިން ވަކިކޮށް އަނބުރާ ފޮނުވާލުމަކީ އެ ޖަމިއްޔާއިން ކަންބޮޑުވާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

ޓްރާންސްޕޭރެންސީން ގޮވާލީ ހޯމް މިނިސްޓްރީގެ ނިންމުން ބާތިލުކުރުމަށެވެ. އަދި ހުރިހާ ބިދޭސީ މަސައްކަތްތެރިންނާއި އެ މީހުންގެ އާއިލާތަކުގެ މެންބަރުންގެ ހައްގުތައްް ހިމާޔަތްކުރުމާބެހޭ ބައިނަލްއަގްވާމީީ މުއާހަދާގައި ބައިވެރިވެ އެއަށް ޢަމަލުކުރުމަށާއި ބިދޭސީންނަށް އަޅާ ފިޔަވަޅުތަކާއި ތަފާތުކުރުންތައް ހުއްޓާލުމަށް އެ ޖަމިއްޔާއިން ގޮވާލާފައި ވެ އެވެ.

ޓްރާންސްޕޭރެންސީގެ ބަޔާން ނިންމާލަމުން ދިވެހި މުޖުތަމައު އާއި އިގުތިސޯދުގައި ބިދޭސީ މަސައްކަތްތެރިން އަދާކުރާ ދައުރު ހަނދާންކޮށްދެމުން، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަސާސީ، ގާނޫނީ އަދި ބައިނަލްއަގްވާމީ އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް މަސައްކަތްކުރުމަށް ވެސް އެ ޖަމިއްޔާއިން ގޮވާލާފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox