އެފްއޭއެމްގެ ދަރަނި ރީސްޓްރަކްޗާ ކުރުމަކީ ނޯމަލައިޒިން ކޮމިޓީގެ މެންޑޭޓްގައި ހިމެނޭ ކަމެއް

މާފަންނު ސްޓޭޑިއަމް ސަރަަހައްދު.-- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މާފަންނު ސްޓޭޑިއަމް ސަރަަހައްދު.-- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ފީފާ އިން އެފްއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީ އަކާ ހަވާލުކުރަން ނިންމިއިރު، އެ ކޮމިޓީގެ މެންޑޭޓްގެ ތެރޭގައި އެފްއޭއެމްގެ ދަރަނިތައް ރީސްޓްރަކްޗާ ކުރުމާއި އެފްއޭއެމްގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާނަމަ އެ ފައިސާ ހޯދުން ވެސް ހިމެނޭ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ފީފާ އިން ނެރުނު ބަޔާނުގައި ދެން، ބުނެފައިވަނީ، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، އެފްއޭއެމް، ނޯމަލައިޒިން ކޮމިޓީއެއްގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވަނީ، އެ އެސޯސިއޭޝަންގެ ގަވަރްނަންސްގެ މައްސަލަތަކާއި މާލީ ގޮތުން އިންތިހާ އަށް ދަށަށް ގޮސްފައިވާތީ، އެކަންކަން ހައްލުކޮށް ރަނގަޅު ކުރުމުގެ ބޭނުމުގައި ކަމަށެވެ.

އަންނަ އަހަރުގެ ޖުލައި 31 އަށް ނޯމަލައިިޒިން ކޮމިޓީ އަށް މުއްދަތު ދީފައިވީ ނަމަވެސް، އެ ކޮމިޓީއާ ހަވާލުކުރެވޭ މެންޑޭޓްގެ ތެރެއިން ކަންތައްތައް ފުރިހަމަވިހާ އަވަހަކަށް ކޮމިޓީގެ ދައުރު ހަމަވާނެ އެވެ. އެކަމަކު، އެކަން ކުރަން އެންމެ ފަހުގެ މުހުލަތަކީ، އަންނަ އަހަރުގެ ޖުލައި 31 ކަމަށް ފީފާ އިން މި ވަނީ ކަނޑައަޅައިފަ އެވެ.

Advertisement

ނޮމަލައިޒިން ކޮމިޓީ ކަނޑައެޅުމުގައި ފީފާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެފްއޭއެމް ހިންގަން ހަވާލުވާ، ނޯމަލައިޒިން ކޮމިޓީގެ މެމްބަރުން ނިންމާނީ ފީފާ އާއި މި ކަމާ ގުޅުން ހުރި އެކި ފެޑެރޭޝަންތަކުން އެކަށީގެންވާ ރަނގަޅު ރިވިއުއެއް ކުރުމަށް ފަހު އެވެ.

އެފްއޭއެމް އިން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކުރެވުނު ފީފާގެ ފޮރެންސިކް އޮޑިޓުންނާއި ފީފާގެ ގަވަރްނަންސް އޯޑިޓް އެންޑް ކޮމްޕަލަޔަންސް ކޮމިޓީން އެފްއޭއެމްގެ މައްސަލަތަކާ ބެހޭގޮތުން ހޯދި ހޯދުންތަކުގެ މައްޗަށް ބިނާކޮށް، އެފްއޭއެމް އަށް ދެމުންދިޔަ ޑިވެލޮޕްމަންޓް ފަންޑް މި އަހަރު މާޗް 12 ވަނަ ދުވަހު ސަސްޕެންޑްކުރި ކަމަށެވެ. އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ނުވަ މަސް ދުވަހަށް ސަސްޕެންޑްކޮށްފައިވާއިރު، އެފްއޭއެމްގެ އެންމެ ފަހުގެ ހިންގާ ކޮމިޓީގެ ދައުރު މި މަހު ދެ ވަނަ ދުވަހަށް ހަމަވެފައިވާ ކަމަށެވެ.

މި ހުރިހާ ކަމަކަށް ބެލުމަށް ފަހު، ފީފާގެ ބިއުރޯއިން މިރޭ ނިންމީ، އެފްއޭއެމް ނޯމަލައިޒިން ކޮމިޓީއެއްގެ ބެލުމުގެ ދަށަށް ގެނައުމަށް ކަމަށެވެ.

އެފްއޭއެމްގެ ބަޔާނުގައި ހިމެނިފައިވާ ނޯމަލައިޒިން ކޮމިޓީގެ މެންޑޭޓްތައް:

- އެފްއޭއެމް އިން ދުވަހުން ދުވަހަށް ކުރާ މަސައްކަތް ކުރުން.

- އެފްއޭއެމްގެ އަސާސީ ގަވާއިދު އަދި އިލެކްޓޯރަލް ކޯޑް ފީފާގެ ސްޓެޓިއުޓްސް އާއި އެއްގޮތަށް މުރާޖާކޮށް، އެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރުކުރުން.

- އެފްއޭއެމްގެ އިސްވެރިންނާއި އެހެނިހެން ފަރާތްތައް ގުޅިގެން ފީފާ އާއި އޭއެފްސީ ދީފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާނަމަ، އެ ފައިސާ ހޯދުމަށް ރާއްޖޭގެ ގާނޫނީ ނިޒާމްގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރުން.

- ފީފާ އިން އައްޔަންކޮށްފައިވާ އެކްސްޓާނަލް ފައިނޭންޝިއަލް ކޮންސަލްޓަންޓާ ގުޅިގެން އެފްއޭއެމްގެ ދަރަނިތައް ރީސްޓްރަކްޗާ ކުރުމުގެ ޕްލޭނެއް ހެދުން.

- ފީފާގެ އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވާ ކަންތައްތައް ތަންފީޒުކުރަން ފެށުން.

- އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީއެއް އިންތިހާބު، އާ ގާނޫނީ އޮނިގަނޑެއްގެ މައްޗަށް ބިނާކޮށް އިންތިޒާމްކޮށް، ކުރިއަށް ގެންދިއުން.

މިއީ، ފީފާ އިން މިއަދު އެފްއޭއެމަށް އަންގާފައިވާ ކަންކަމެވެ.

މި ވަގުތަށް ބަލާއިރު، އެފްއޭއެމް އިން ފައިސާ ދައްކަން ޖެހޭ ގިނަ ފަރާތްތަކެއް އެބަތިބި އެވެ. އަދި ބައެއް ކުންފުނިތަކުން މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު، ކޯޓުން ވަނީ އެ ފައިސާތައް ދައްކަން އެފްއޭއެމްގެ މައްޗަށް ހުކުމްވެސް ކޮށްފަ އެވެ. އެކަމަކު، މާލީ ގޮތުން ބަނގުރޫޓްވެފައިވާ ހާލަތުގައި އޮތް އެފްއޭއެމަށް އެ ފައިސާ ދެއްކޭނެ ގޮތެއް އަދި ނެތެވެ.

ފީފާ އިން މީގެ ކުރިން، 2013 ވަނަ އަހަރު ވެސް ވަނީ ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ނޯމަލައިޒްކޮށްފަ އެވެ. އެ ފަހަރު އެފްއޭއެމް ނޯމަލައިޒް ކުރަން ނިންމީ، އެފްއޭއެމް ކޮންގްރެސްގައި ހިނގައިދިޔަ ކަންތައްތަކާ ހެދި އާއި ހިންގާ ކޮމިޓީގެ ގިނަ މެމްބަރުންތަކެއް އިސްތިއުފާ ދިނުމުންނެވެ. އެ ފަހަރު، ފީފާ އިން ވަނީ ފަސް މެމްބަރުންގެ ނޯމަލައިިޒިން ކޮމިޓީ އަކާ އެފްއޭއެމް ހިންގުން ހަވާލުކޮށްފަ އެވެ. އެއީ، ޗެއާމަނެއްގެ ގޮތުގައި، މުހައްމަދު ޝަވީދު، ޑެޕިއުޓީ ޗެއާމަނަކަށް އަބްދުލްހަމީދު އަބްދުލްގަފޫރު (އައްޑޯ)، މެމްބަރުންގެ ގޮތުގައި، މުހައްމަދު ނިޒާމް، އަލީ އުމަރު އަދި ފަސީހު ޒާހިރު އެވެ.

މި ފަހަރު، އެފްއޭއެމް ހަވާލުކުރާނެ ކަމަށް ވެސް ބެލެވެނީ ފަސް މެމްބަރުންގެ ނޯމަލައިޒިން ކޮމިޓީއަކާ އެވެ.

އެފްއޭއެމް އިން ބުނީ ފީފާ އިން އަންގާފައިވަނީ، ނޯމަލައިޒިން ކޮމިޓީ އެކުލެވިގެންދާނީ ވަކިން ހާއްސަކޮށް ގާނޫނީ، މާލީ އަދި ފުޓްބޯޅައާ ގުޅުންހުރި އެކަށީގެންވާ ތަޖުރިބާ ލިބިފައިވާ މެމްބަރުންގެ މައްޗަށް ކަމަށެވެ.

އެ ގޮތުން، ނޯމަލައިޒިން ކޮމިޓީ ތިބޭނެ މެމްބަރުންގެ އަދަދު ކަނޑައަޅައި، މެމްބަރުންގެ ނަންތައް ފައިނަލްކުރަން ނިންމާފައިވަނީ ފީފާ އާއި އޭއެފްސީ ގުޅިގެންނެވެ. އަދި ނޯމަލައިޒިން ކޮމިޓީގެ ދައުރަކީ، އަންނަ އަހަރުގެ ޖުލައި، 31 އަށް ލަސްވެގެން މަސައްކަތްތައް ނިންމައިލުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox