ސައޮ ޕައޮލޯގެ ކޮންޓްރެކްޓް އުވާލައި ހަމޭސްގެ މިސްރާބު ޔޫރަޕަށް

Jul 23, 2024, 9:45 AM
ސައޮ ޕައޮލޯގެ ކޮންޓްރެކްޓް އުވާލައި ހަމޭސްގެ މިސްރާބު ޔޫރަޕަށް

ޕެރިސް (ޖުލައި 23) - ކޮލަމްބިއާ ގައުމީ ޓީމުގެ ކެޕްޓަން، ހަމޭސް ރޮޑްރިގޭޒް، ބްރެޒިލްގެ ކްލަބް، ސައޮ ޕައޮލޯއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށް ފަހު، އެނބުރި ޔޫރަޕްގެ ޓީމަކަށް ބަދަލުވާން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ހަމޭސް، 33، މިދިޔަ ޖުލައި މަހު، ސައޮ ޕައޮލޯ އަށް ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު، މިހާރު އޭނާ ވަނީ ބާކީ އެއް އަހަރު އޮއްވައި ސައޮ ޕައޮލޯގެ ކޮންޓްރެކްޓް އުވާލަން އެ ކްލަބްގެ މެނޭޖްމަންޓާ އެކު އެއްބަސްވުމަަކަށް އަތުވެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން، ހަމޭސްގެ ވިސްނުމަކީ، އެނބުރި ޔޫރަޕްގެ ކްލަބަކަށް ބަދަލުވާށެވެ. ހަމޭސް މި ގޮތަށް، ނިންމާފައިވަނީ، ދާދި ފަހުން ނިމުނު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އޭނާ ދެއްކި މޮޅު ކުޅުމާ އެކު ގިނަ ކްލަބްތަކެއްގެ އޮފާ ލިބިފައިވާތީ އެވެ. ވިއްސަކަށް އަހަރު ފަހުން، ކޮލަމްބިއާ އިން ކޮޕަ އެމެރިކާ ފައިނަލަށް ދަތުރުކުރިއިރު، ޓީމުގެ ތަރި އަކީ ހަމޭސް އެވެ. ފައިނަލުގައި އާޖެންޓީނާ އަތުން ކޮލަމްބިއާ ބަލިވި ނަމަވެސް، މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ހަމޭސް އެވެ.

އާޖެންޓީނާގެ ބަންފީލްޑް ދޫކޮށް، 2010 ވަނަ އަހަރު ޕޯޗުގަލްގެ ޕޯޓޯ އަށް ބަދަލުވި ހަމޭސް ވަނީ ޔޫރަޕްގައި، ފްރާންސްގެ މޮނާކޯ، ސްޕެއިނުގެ ރެއާލް މެޑްރިޑް، ޖަރުމަނުގެ ބަޔާން މިއުނިިކް، އިންގްލެންޑްގެ އެވަޓަން، ގަތަރުގެ އަލް ރައްޔާން އަދި ގްރީސްގެ އޮލިމްޕިއާކޯސް އަށް ކުޅެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox