ބްރެޒިލާ އެއްވަރުކޮށް ކޮލަމްބިއާ އަށް ގްރޫޕްގެ އެއް ވަނަ

Jul 3, 2024, 6:14 AM
ބްރެޒިލާ އެއްވަރުކޮށް ކޮލަމްބިއާ އަށް ގްރޫޕްގެ އެއް ވަނަ

ކެލިފޯނިއާ (ޖުލައި 3) - ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތުގައި ގްރޫޕް ޑީގެ ފަހު މެޗުގައި ކޮލަމްބިއާ އިން ބްރެޒިލާ 1-1 އިން އެއްވަރުކޮށް ގްރޫޕް ޑީގެ އެއް ވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މެޗު ފަށައިގެން ބްރެޒިލް ޓީމުގެ ފަރާތުން އަވަސް އެޓޭކުތަކެއް ފެނިގެންދިޔައިރު، މެޗުގެ 10 ވަނަ މިނެޓުގައި ބްރޫނޯ ހިމަނޭޒް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ކޮލަމްބިއާގެ ކީޕަރު ކެމީލޯ ވާގަސް އެވެ.

މެޗުގެ 12 ވަނަ މިނެޓުގައި ބްރެޒިލް އަށް ލީޑު ނަގާދިނީ ލިބުނު ހިލޭ ޖެހުމަކުން ރަފީނިއާ އެވެ. ރަފީނިއާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

އޭގެ ފަހުން، މެޗުގެ 16 ވަނަ މިނެޓުގައި ކޮލަމްބިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދޭން އެ ޓީމުގެ ކެޕްޓަން ހަމޭސް ރޮޑްރިގޭޒް އަށް ވަނީ ފުރުސަތު ލިބިފަ އެވެ. އެކަމަކު، އޭރިއާ ތެރެއިން ހުހަށްހުރެ އޭނާ ފޮޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ކޮލަމްބިއާގެ ޑަވިންސަން ސަންޗޭޒް ގޯލު ޖެހި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު އޭނާ ގޯލު ޖެހިއިރު, އޮފްސައިޑްގައި ހުރިކަމަށް ވަނީ ނިންމައިފަ އެވެ.

ކޮލަމްބިއާގެ ކެޕްޓަން ހަމޭސް ރޮޑްރިގޭސް، މެޗުގެ 34 ވަނަ މިނެޓުގައި ފޮނުވާލި ނުރައްކާތެރި ހިލޭ ޖެހުން ގޯލުގެ ތެރެއަށް ވަދެވަދެ ހުއްޓައި ދިފާއުކުރީ ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ އެވެ.

ފުރަތަމަ ހާފުގައި ގޯލު ޖަހަން ލިބުނު އެންމެ ހުސްފުރުސަތު ލިބުނީ ކޮލަމްބިއާގެ ލުއިސް ޑިއާޒް އަަށެވެ. ބްރެޒިލްގެ ކީޕަރު އެލިސަންގެ ޕާސް ލިބުނީ އޭރިއާ ބޭރުގައި މުޅިން ހުހަށްހުރި ލުއިސް ޑިއާޒްގެ ފަޔަށެވެ. އެކަމަކު، ލުއިސް ޑިއާޒް ފޮނުވާލި ހަމަލާ އެލިސަން ވަނީ ދިފާއު ކޮށްފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކޮލަމްބިއާ އިން ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ޖޯން ކޯޑަބާ އޭރިއާ ތެރެއަށް ހުސްކޮށްލި ބޯޅަ އެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ގޯލު ކޮލަމްބިއާ އަށް ކާމިޔާބު ކޮށްދިނީ ޑެނިއަލް މުނިއޯސް އެވެ.

ދެ ވަނަ ހާފު ފަށައިގެން ހަމަހަމަ ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައިރު, މި ހާފުގައި ގިނަ ފައުލްތަކެއް ފެނިގެންދިޔަ އެވެ.

މެޗުގެ 68 ވަނަ މިނެޓުގައި ކޮލަމްބިއާ އަށް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ހަމޭސް ނަގާދިން ހުރަހަކަށް މުޅިން ހުސްކޮށް އަރާ ޖޯން ކޯޑަބާ ބޮލުން ފޮނުވާލި ނަމަވެސް ބްރެޒިލްގެ ކީޕަރު އެލިސަން ވަނީ އެ ހަމަލާ ދިފާއު ކޮށްފަ އެވެ.

މެޗުގެ 84 ވަނަ މިނެޓުގައި ކޮލަމްބިއާ އަށް ވަނީ ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އޭރިއާ ތެރެއަށް ލުއިސް ޑިއާޒް ހުސްކޮށްލި ބޯޅަ މުޅިން ހުހަށްހުރެ ބޯރޭ ފޮނުވާލި ނަމަވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މި ނަތީޖާ އާއެކު ގްރޫޕް ޑީގެ އެއް ވަނަ ޓީމުގެ ގޮތުގައި ކޮލަމްބިއާ ކުއާޓާ ފައިނަލަށް ދިޔައީ, ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާ އެކުގަ އެވެ. ދެ ވަނައިގައި އޮތް ބްރެޒިލް އަށް ތިން މެޗުން ލިބެނީ ފަސް ޕޮއިންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox