އަލް ރައްޔާނަށް ހަމޭސް ބަދަލުވީ އެވަޓަން އަށް ވުރެ ކުޑަ މުސާރަ އަކަށް

Sep 24, 2021, 5:11 AM
ހަމޭސް އަލް ރައްޔާނަށް ސޮއިކުރުމަށް ފަހު ޖޯޒީ ދައްކާލަނީ.-- ފޮޓޯ: އަލް ރައްޔާން

ހަމޭސް އަލް ރައްޔާނަށް ސޮއިކުރުމަށް ފަހު ޖޯޒީ ދައްކާލަނީ.-- ފޮޓޯ: އަލް ރައްޔާން

ދޯހާ، ގަަތަރު (ސެޕްޓެމްބަރު 24) - ކޮލަމްބިއާގެ ތަރި ހަމޭސް ރޮޑްރިގޭޒް ގަތަރުގެ ކްލަބް އަލް ރައްޔާނަށް ބަދަލުވީ އޭނާ ކުރިން ކުޅެމުން އައި އެވަޓަން އިން ދިން ވަރަށް ވުރެ ކުޑަ މުސާރަ އަކަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ސީޒަން ފެށުމުގެ ކުރިން ރެއާލް މެޑްރިޑް ދޫކޮށް އެވަޓަން އަށް ބަދަލުވި އުމުރުން 30 އަހަރުގެ ހަމޭސް އަށް އެ ޓީމުން ސީޒަނަކަށް 13.6 މިލިއަން ޑޮލަރު ދޭން އެއްބަސްވި އެެވެ. އެއީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިމޭ ކޮންޓްރެކްޓެކެވެ.

އިއްޔެ، އަލް ރައްޔާނަށް ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ހަމޭސް ސޮއިކުރީ ސީޒަނަކަށް 8.5 މިލިއަން ޑޮލަރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަލް ރައްޔާން ކުޅުންތެރިއެއްގެ ގޮތުގައި މީޑިއާއާ ބައްދަލުކުރުމަށް ފަހު ހަމޭސް ބުނީ އޭނާ އަކީ ކޮންމެ ކްލަަބަކަށް ކުޅުނުއިރު ވެސް މޮޅުވާން މަސައްކަތްކުރި ކުޅުންތެރިއެއް ކަމަށާއި އެކަން ގަތަރުގައި ވެސް ތަކުރާރުކުރަން ބޭނުންވާ ކަމަށެވެ.

"ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އަހަންނަށް ބޭނުންވާ ލެވަލަށް ނުކުޅެވޭތާ. މި ޓީމުގައ އަހަރެންގެ އަސްލު ކުޅުން ދައްކަން ބޭނުން. ފުރަތަމަ ކަމަކަށް އަހަރެން އެބަޖެހޭ ފިޓްނަސް ރަނގަޅުކުރަން. ވަރަށް ގިނަ ދުވަސްވެއްޖެ ރަނގަޅަށް ޓްރެެއިން ނުކުރެވޭތާ،" ހަމޭސް ބުންޏެެވެ.

އަލް ރައްޔާން ކުޅުންތެރިއެއްގެ ގޮތުގައި ހަމޭސް ނޫސްވެރިންނާ ބައްދަލުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ހަމޭސް އެވަޓަން އަށް ކުޅުނީ އެ ކްލަބްގެ ތާރީހުގައި އެންމެ މުސާރަ ބޮޑު ކުޅުންތެރިއާގެ ގޮތުގަ އެވެ. މިދިޔަ އަަހަރު އެވަޓަންގައި ހުރި ކޯޗު ކާލޯ އަންޗެލޮޓީގެ އެދުމަށް އެ ޓީމަށް ބަދަލުވި ހަމޭސް އެ ޓީމު ދޫކޮށްލަން ނިންމި އެންމެ ބޮޑު ސަބަބަކީ މި ސީޒަނުގައި އެވަޓަނާ ހަވާލުވި ކޯޗު ރަފައެލް ބެނިޓޭޒްގެ ޕްލޭނުން ޖާގައެއް ނެތުމުންނެވެ.

މި ސީޒަން ފެއްޓުމުގެ ކުރިން އެވަޓަން އިން ވަނީ ހަމޭސް އާއި 10 މިލިއަން ޑޮލަރު ދީފައި ޕޯޓޯގެ ލުއިޒް ޑިއާޒް ގެންނަން ހުށަހަޅައިފަ އެވެ. އެ ޑީލަށް ޕޯޓޯގެ ރުހުމެއް ނުލިބުނެވެ. އޭގެ ފަހުން ހަމޭސް ހޯދަން ތުރުކީގެ އިސްތަންބޫލް ބަސަކްޝެހީރުން ހުށަހެޅީ ލޯން އެއްބަސްވުމެކެވެ. އެވަޓަން އިން އެ ޑީލަށް އެއްބަސްނުވި ސަބަބަކީ މުސާރައިގެ 30 ޕަސެންޓް އެވަޓަން އިން ދޭން ޖެހޭ ގޮތަށް ބަސަކްޝެހީރުން އެދުމުންނެވެ.

ހަމޭސްގެ ސޮއި ހޯދި އަލް ރައްޔާނުގެ ކޯޗަކަށް ހުރީ ފްރާންސްގެ ކުރީގެ ޑިފެންޑަރު އަދި ޕީއެސްޖީގެ ކުރީގެ ކޯޗު ލޯރެންޓް ބްލޮންކް އެވެ. މި ސީޒަނުގައި މިހާތަނަށް އަލް ރައްޔާން ކުޅުނު ތިން މެޗުން ވެސް އަދި މޮޅެއް ނުލިބެ އެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕުގައި އެންމެ ގިނަ ގޯލު ޖަހައިގެން ވިދާލި ހަމޭސް، އަށް އެންމެ ފަހުން ކޮޕަ އެމެރިކާގައި ކުޅުނު ކޮލަމްބިއާ ޓީމުން ފުރުސަތެއް ނުލިބުނެވެ. ހަމޭސް ގަަތަރުގެ ކްލަބަކަށް ބަދަލުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ކޮލަމްބިއާ ގައުމީ ޓީމުގެ ޖާގަ ކަށަވަރުކުރުމާއި އަންނަ އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވާން ގަތަރުގެ މާހައުލަށް ހޭނުމުގެ ގޮތުންނެވެ. އޭނާ ވަނީ ގަތަރު ވޯލްޑް ކަޕްގައި ކުޅެން ބޭނުންވާ ކަމަށް އަލް ރައްޔާންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox