ކޮލަމްބިއާ ބަލިކޮށް އާޖެންޓީނާ އިން ކޮޕަ އެމެރިކާގެ ތަށި ދިފާއުކޮށްފި

Jul 15, 2024, 4:29 AM
ކޮލަމްބިއާ ބަލިކޮށް އާޖެންޓީނާ އިން ކޮޕަ އެމެރިކާގެ ތަށި ދިފާއުކޮށްފި

މިއާމީ (ޖުލައި 15) - އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ލައުޓާރޯ މާޓިނޭޒް ޖެހި ގޯލުން ކޮލަމްބިއާ 1-0 ގެ ނަތީޖާ އަކުން ބަލިކޮށް، އާޖެންޓީނާ އިން ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.

މިއީ ކޮޕަ އެމެރިކާގެ އެންމެ ކާމިޔާބު ޓީމު، އާޖެންޓީނާ އިން މި މުބާރާތުގެ ތަށި އުފުލާލި 16 ވަނަ ފަހަރެެވެ. މީގެ ކުރިން މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރުމުގެ ރެކޯޑް އޮތީ އާޖެންޓީނާ އާއި އުރުގުއޭ އަތުގަ އެވެ. އެއީ ދެ ޓީމުން ވެސް 15 ތަށި ހަމަކޮށްފައި އޮތުމުންނެވެ. އެކަމަކު، އާޖެންޓީނާ އިން މިހާރު މި ވަނީ އެއް ތަށި އިތުރަށް ހޯދައިފަ އެވެ.

ހާޑް ރޮކް ސްޓޭޑިއަމްގައި ރޭ ފަތިހު 05:00 ގައި ފަށަން އޮތް މި މެޗު ފަށާފައިވަނީ ގަޑިއެއްހާއިރު ފަހުންނެވެ. އެއީ މެޗުގެ ކުރިން ޓިކެޓް ނެތް ސަޕޯޓަރުންތަކެއް ދަނޑަށް ވަނުމާ ގުޅިގެން ހިނގި ހަމަ ނުޖެހުމުގެ ސަބަބުންނެވެ. މި ހަމަނުޖެހުމުގައި އާޖެންޓީނާ އަދި ކޮލަމްބިއާގެ ސަޕޯޓަރުންނަށް ވެސް އެކި ވަރުގެ އަނިޔާވެފައިވެ އެވެ.

މެޗު ފަށައިގެން 30 ސިކުންތުގެ ތެރޭގައި އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒް އަށް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. ކޮލަމްބިއާގެ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބާރު ހަމަލާ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.

މެޗުގެ ހަތްވަނަ މިނެޓުގައި ކޮލަމްބިއާގެ ފޯވާޑް ޖޯން ކޮޑަބާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

އޭގެ ފަހުން މެޗުގެ 20 ވަނަ މިނެޓުގައި ކޮލަމްބިއާގެ އޭރިއާ ތެރެއަށް އާޖެންޓީނާގެ އެންހެލް ޑި މާރިއާ ނަގާދިން ހުރަސް މުޅިން ހުސްކޮށް މެސީ އަށް ލިބުނު ނަމަވެސް މެސީ އަށް ނުރައްކާތެރި ހަމަލާ އެއް އުފެއްދޭ ގޮތް ވަނީ ނުވެފަ އެވެ.

ފުރަތަމަ ހާފުގައި ފެނިގެންދިޔަ އެންމެ ނުރައްކާތެރި ހަމަލާ ފެނިގެންދިޔައީ މެޗުގެ 33 ވަނަ މިނެޓުގަ އެވެ. ޖެފާސަން ލަމާ ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް އެވެ.

ދެވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ކޮލަމްބިއާގެ ސެންޓިއާގޯ އާރިއާސް ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ މިނެޓެއް ފަހުން އާޖެންޓީނާގެ މެކް އެލެކްސްޓާ ވަނީ ކޮލަމްބިއާގެ ކީޕަރު ކެމީލޯ ވާގަސް ކައިރިން ނައްޓާލުމަށްފަހު ޑި މާރިއާ އަށް ފުރުސަތެއް ތަނަވަސްކޮށްދީފަ އެވެ. އެކަމަކު ޑި މާރިއާ ފޮނުވާލި ހަމަލާ ވާގަސް ވަނީ ދިފާއު ކޮށްފަ އެވެ.

އޭގެ ފަހުން، މެޗުގެ 59 ވަނަ މިނެޓުގައި ޑި މާރިއާ ވަނީ ކޮލަމްބިއާގެ އޭރިއާ ތެރެއަށް ވަދެ ނުރައްކާތެރި ހަމަލާ އެއް އުފައްދައިފަ އެވެ. އެކަމަކު ޑި މާރިއާ ފޮނުވާލި ހަމަލާ ކޮލަމްބިއާގެ ކީޕަރު ވާގަސް ވަނީ ހުށިޔާރުކަމާއެކު ދިފާއު ކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގެ 66 ވަނަ މިނެޓުގައި އާޖެންޓީނާގެ ތަރި މެސީގެ ކުޑަ ހުޅަށް ލިބުނު އަނިޔާ އަކާ ގުޅިގެން އެނާ ވަނީ ބަދަލުކޮށްފަ އެވެ.

މި މެޗުގެ 75 ވަނަ މިނެޓުގައި ނިކޮލަސް ގޮންޒާލެސް ގޯލު ޖެހި ނަމަވެސް އޭގެ ކުރިން އޮފްސައިޑް ވެފައި ވުމުން ލައިންސްމަން ވަނީ އެއީ އޮފް ސައިޑުގައި ހުރެ ޖެހި ގޯލެއް ކަމަށް ނިންމާފަ އެވެ. އޭގެ ފަހުން މެޗުގެ 88 ވަނަ މިނެޓުގައި ވެސް ގޮންޒާލެސް އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އޭރިއާ ތެރެއަށް ޑި މާރިއާ ނަގާދިން ހުރަސް ބޮލުން ގޮންޒާލެސް ފޮނުވާލި ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.

މެޗުގެ 90 ވަނަ މިނެޓުގައި ކޮލަމްބިއާގެ ޑިފެންޑަރުން ހެދި ގޯހެއްގެ ސަބަބުން ޑި މާރިއާ އަށް ވަނީ ގޯލު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 0-0 ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ. ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުތަކާ ހަމައަށް ފުރިހަމަ ވަގުތު ހަމަވާއިރު, އެއްވަރުވެފައި އޮވެއްޖެނަމަ ނަތީޖާ ނެރެނީ ޕެނަލްޓީ ޖަހައިގެންނެވެ. އެކަމަކު، ފައިނަލް މެޗުގައި އިތުރު ވަގުތުގެ ދެ ހާފު ވަނީ ކުޅެފަ އެވެ.

މެޗުގެ 95 ވަނަ މިނެޓުގައި އާޖެންޓީނާގެ ގޮންޒާލެސް އަށް ވަނީ އޭރިއާ ތެރެއިން ހުސް ފުރުސަތެއް ލިބިފަ އެވެ. އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ ގޮންޒާލެސް ފޮނުވާލި ހަމަލާ ކޮލަމްބިއާގެ ކީޕަރު ވާގަސް ވަނީ ހުށިޔާރުކަމާއެކު ދިފާއު ކޮށްފަ އެވެ.

އިތުރު ވަގުތުގެ ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ކޮލަމްބިއާގެ ރަފެއަލް ސަންޓޯސް ބޯރެސް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ބޯރެސް ހަމަލާ އެއް އުފެއްދުމުގެ ކުރިން އާޖެންޓީނާގެ ޑިފެންޑަރު ލިސާންޑްރޯ މާޓިނޭޒް ވަނީ ދިފާއުކޮށްފަ އެވެ.

މެޗުގެ 111 ވަނަ މިނެޓުގައި އާޖެންޓީނާ އަށް ލީޑު ނަގާދިނީ ލައުޓާރޯ މާޓިނޭޒް ޖެހި ގޯލުންނެވެ. މިއީ ކޮލަމްބިއާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ މާޓިނޭޒް ޖެހި ގޯލެކެވެ.

މި ކާމިޔާބީއާ އެކު އާޖެންޓީނާ އިން ވަނީ އެންމެ ފަހުން އެ ޓީމުން ކުޅުނު ބޮޑު ތިން މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެއީ 2021 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތާއި, 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ އިތުރުން މި ފަހަރުގެ ކޮޕަ އެމެރިކާ މުބާރާތެވެ. މީގެ ކުރިން ވިދިވިދިގެން ބޮޑު ތިން މުބާރާތް ކާމިޔާބުކުރި ހަމައެކަނި ޓީމަކީ ސްޕެއިން އެވެ. އެއީ 2008 ވަނަ އަހަރުގެ ޔޫރޯ އާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި 2012 ވަނަ އަހަރުގެ ޔޫރޯ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox