މާރާމާރީ މައްސަލައެއްގައި ކޮލަމްބިއާ ފުޓްބޯޅަ ރައީސް ހައްޔަރުކޮށްފި

Jul 16, 2024, 7:43 AM
ކޮލަމްބިއާގެ ފުޓްބޯޅަ ރައީސް ރަމޯން ޖެސޫރޫން.

ކޮލަމްބިއާގެ ފުޓްބޯޅަ ރައީސް ރަމޯން ޖެސޫރޫން.

މިއާމީ (ޖުލައި 16) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަަލުގައި އާޖެންޓީނާ އަތުން 1-0 އިން ކޮލަމްބިއާ ބަލިވި މެޗަށް ފަހު، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، ރަމޯން ޖެސޫރޫން، ބައިވެރިވެގެން ހިނގި މާރާމާރީއެއްގެ މައްސަލަައިގައި އޭނާ ހައްޔަރުކޮށްފި އެވެ.

މިއާމީ ޕޮލިސް ޑިޕާޓްމަންޓުން، ރަމޯން، 71، އާއި އޭނާގެ ދަރިފުޅު، ރަމޯން ޖަމީލް ޖެސޫރޫން، 43، ހައްޔަރުކޮށްފައިވަނީ، ސެކިއުރިޓީ އޮފިސަލުންތަކަކަށް ހަމަލާދީފައިވާތީ އެވެ.

ހާޑްރޮކް ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗަށް ފަހު، ރަމޯން އާއި ޖަމީލް، އެކުގައި، ދަނޑުގެ އެންޓްރަންސްއާ ދިމާލަށް ދިޔަ ވަގުތު ސެކިއުރިޓީން އެ ފުރުސަތު ނުދޭން ނިންމުމާ އެކު، ރަމޯން އާއި ޖަމީލް ވަނީ ސެކިއުރިޓީންނަށް ހަމަލާދީފަ އެވެ. އެ ގޮތުން، ރަމޯން ވަނީ ސެކިއުރީ އޮފިސަރެއްގެ ކަރުގައި ހިނފައި ބިންމައްޗަށް ވައްޓާލައި، ބޮލުގައި ވެސް ޖަހައިފަ އެވެ. އަދި ޖަމީލް ވަނީ އެ ތަނަށް އައި އަންހެން ސެކިއުރިޓީ އޮފިސަަރަކަށް ވެސް ހަމަލާދީފަ އެވެ.

މީގެ އިތުރުން، ރަމޯން އާއި ޖަމީލް ވަނީ ސެކިއުރީޓީ މެނޭޖަރަށް ވެސް ހަމަލާދީފަ އެވެ.

މިއާމީ ފުލުހުން، މި މައްސަަލައިގެ ތަހުގީގު ކުރިއަށްގެންދަން ފަށާފައިވާއިރު، ރަމޯން އާއި ޖަމީލް ހައްޔަރުކުރީ އެ ދެ މީހުން ހައްޔަރުކުރާ ވަރަށް ވީޑިއޯ އިން ހެކި ލިބިފައިވާތީ އެވެ.

މި މައްސަލައިގައި، ރަމޯން އާއި ޖަމީލްގެ ފަރާތުން މީޑިއާގައި އެއްވެސް ފަރާތަކުން ވާހަކަ ދައްކާފައިނުވާއިރު، ކޮލަމްބިއާ ފުޓްބޯޅަ ފެޑެރޭޝަނުން ވެސް ރަސްމީކޮށް ވާހަކަ ދައްކާފައިނުވެ އެވެ.

ކޮޕަ އެމެރިކާ ފައިނަލް މި ފަހަރު ކުރިއަށް ގޮސްފައިމިވަނީ މައްސަލަ ބޮޑުކޮށެވެ. އެ ގޮތުން، މެޗު ފަށަން ހަމަޖައްސާފައި އޮތް ގަޑިއަށް ވުރެ، ފެށުން 80 މިނިޓަށް ލަސްވި އެވެ. އެއީ، ޓިކެޓް ނެތް ފަރާތްތަކަކުން ދަނޑަށްވަދެ ތިބުމުން ދިމާވި މައްސަލައަކާ ހެދި އެވެ. އަނެއްކޮޅުން، މެޗުގެ ކުޅުން ނިމުމުން، ކޮލަމްބިއާގެ ސަޕޯޓަރުންނާއި އުރުގުއޭގެ ކުޅުންތެރިންނާ ދެމެދު ހަމަނުޖެހުންތަކެއް ވަނީ ހިނގައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox