ޕޭ ހާމައިޒޭޝަން ކުރިއަށް ނުދިއުމުން މަގުސަދު ހާސިލު ނުވެ، މުސާރައިގެ ފަރަގު ބޮޑުވެއްޖެ: ސީއެސްސީ

ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހު ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ. މަޖިލީހުގެ މިނިވަން މުއައްސަސާތަޖުގެ ކޮމިޓީއަށް އޭނާ މިއަދު ވަޑައިގެންނެވި. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހު ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ. މަޖިލީހުގެ މިނިވަން މުއައްސަސާތަޖުގެ ކޮމިޓީއަށް އޭނާ މިއަދު ވަޑައިގެންނެވި. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދައުލަތުގެ މުސާރަތައް އެއްހަމަ ކުރަން، ފެށި "ޕޭ ހާމަނައިޒޭޝަން ޕްރޮގްރާމް" ކުރިއަށް ނުގޮސް އޮތުމުގެ ސަަބަބުން މުވައްޒަފުންގެ މުސާރައިގެ ފަރަގު އިތުރަށް ބޮޑުވެ، އެކަން ބޮޑު ޝަކުވާއަކަށް ވެފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ ޓީޗަރުންނާއި ޕްރިންސިޕަލުން އަދި ޑޮކްޓްރުންނާއި ނަރުހުން މުސާރައިގެ އާ އޮނިގަނޑަށް ހިޖުރިކުރި ފަހުން، ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް އަދި ކުރިއަށް ގޮސްފައި ނުވާ ކަމަށާ އެހެންވެ، އެ ޕްރޮފްރާމްގެ މަގުސަދު ހާސިލުނުވާ ކަމަށެވެ.

ޕޭ ކޮމިޝަނުން ފެށި ޕޭ ހާމައިޒޭޝަން މަސައްކަތުގައި ސިވިލް ސާވިސް ކޮމިޝަނުގެ ބައިވެރިވުން ކުޑަކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ޓެކްނިކަލް ބައެއް މުވައްްޒަފުންނަށް މުސާރަ ބޮޑުވި ނަމަވެސް އިދާރީ މުވައްޒަފުންގެ މުސާރައަށް އެއްވެސް ބަދަލެއް ނާދެ އެވެ.

"އެކެއް މެއި ދެހާސް ބާވީސް ވަނަ އަހަރު ފުރަތަމަ ޓީޗަރުންނާއި ޕްރިންސިޕަލުންގެ، އެއީ އެޑިއުކޭޝަން ދާއިރާގެ އޮނިގަނޑުގެ ޕޭ ފްރޭމްވޯކް ނިންމެވުމަށް ފަހުގައި ހިކުރެވިގެން ދިޔައީ އެދާއިރާގެ މުވައްޒަފުން. ދެން އޭގެ ތެރޭގައި ޓެކްނިކަލް ސާވިސްގެ ތިން މެޓްރިކްސް އެއް ހިމެނޭ. އަދި އެކެއް މެއި ދެހާސް ތޭވީހުގައި ނަރުހުންނާއި ޑޮކްޓަރުންގެ ޕޭ ފްރޭމްވޯކަށް ހިޖުރަކުރެެވިގެން ދިޔައީ، އޭގެ ފަހުން މި މަސައްކަތް އަދިއެއް ކުރިއަށް ގޮސްފައެއް ނެތް،" ނާސިހު ވިދާޅުވި އެވެ.

އެ ދެ އޮނިގަނޑު އެކުލަވައިލީ އޭނާ ވިދާޅުވި ގޮތުގައި ޕޭ ހާމަނައިޒޭޝަންގެ ނަމުގައި ފެށި މަސައްކަތެއްގެ ތެރެއިން ކަމަށް ވިޔަސް ކުރިއަށް ނުދާތީ އެކަމުގެ މަގުސަދު މިހާރު ހާސިލެއް ނުވެ އެވެ.

"ހަގީގަތުގައި އޭގެ މަގުސަދެއް މިހާރު ހާސިލެއް ނުވޭ، އެ ފަރަގު [މުސާރައިގެ ފަރަގު] ބޮޑުވެފައި މިއޮތީ ކުރިއަށް ވުރެ، ޓީޗަރުންގެ މުސާރަތައް ބޮޑުވުމަށް ފަހުގައި، އެ ހިސާބުން ފެށިގެން މިހާރު ދެ އަހަރު މިވީ ސިވިލް ސާވިސް ގިނަ މުވައްޒަފުންތަކެއްގެ އޮނިގަނޑު ތަކަށް ހިޖުރަ ނުކުރެވޭތާ. އެހެންވީމާ ފަރަގު ބޮޑުވެފައި މިއޮތީ،" ނާސިހު ވިދާޅުވި އެވެ.

އެކަން އެހެންވީ އެ މަސަައްކަތް ކުރިއަށް ދިޔަ ގޮތުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސިވިލް ސާވިސް އަކީ ދައުލަތުގެ އެންމެ ގިނަ ބަޔަކަށް ވަޒީފާދޭ އިދާރާއަށް ވީ އިރު މުސާރައިގެ އޮނިގަނޑު އެކުލަވައިލުމުގައި އެ ކޮމިޝަނުގެ މަޝްވަރާ ހޯދާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މަޝްވަރާގައި ބައިވެރިވާން ކޮމިޝަނުން އެދިފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox