ފެކްޓް ޗެކް: މިދިޔަ ފަސް އަހަރުގެ ތެރޭގައި 35 ރިސޯޓަށް ހުއްދަދީ، 46 ރިސޯޓުގެ އޮޕަރޭޝަން ފެށި

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު: އިއްޔެ މަޖިލީހުގެ ތަޅުމުގައި އޭނާ ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އެއްވެސް ރިސޯޓެއް ނުހުޅުވާ ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު: އިއްޔެ މަޖިލީހުގެ ތަޅުމުގައި އޭނާ ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އެއްވެސް ރިސޯޓެއް ނުހުޅުވާ ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީ ސަރުކާރުގެ ދުވަސްވަރު ރާއްޖޭގައި އެއްވެސް ރިސޯޓެއް ހުޅުވާފައިވާ ނުވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ މެމްބަރު އިބްރާހިމް ފަލާހު މަޖިލީހުގެ ތަޅުމުގައި އިތުރުފުޅު ހައްދަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފަލާހު މިހެން ވިދާޅުވީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމުން އަލީ ހާޝިމް ވަކިކުރަން ރައީސަށް ލަފާ ދިނުމާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރައްވަމުންނެވެ.

"އެއްވެސް ކަމެއް، ރާއްޖެއަށް އާމްދަނީއެއް ލިބޭނެ އެއްވެސް ސިނާއަތެއް އުފެއްދިފަ ނެތް. އެއްވެސް ކަމެއް ނެތް ކުރެވިފައި. އެންމެ ކުޑަމިނުން ރާއްޖޭގެ އަތޮޅެއްގައި ރިސޯޓެއް ވެސް ހުޅުވާލެވިފަކާ ނެތް." ފަލާހު ވިދާޅުވި އެވެ.

ފަލާހު މިހެން ވިދާޅުވި ނަމަވެސް، ތަފާސްހިސާބުތައް އެކުލަވާލާއި އާންމުކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ދައުލަތުގެ އިދާރާ، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް ނުވަތަ ސްޓެޓިސްޓިކްސް ބިއުރޯ) އިން ހާމަކޮށްފައި ހުރި ރަސްމީ ތަފާސްހިސާބުތަކުން ފަލާހު ވާހަކަ ދެއްކެވީ ހަގީގަތާ ހިލާފަށް ކަން އެނގެ އެެވެ.

ސްޓެޓިސްޓިކްސް ބިއުރޯގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ރެކޯޑުތަކުން އެނގޭ ގޮތުގައި 2018 (ކުރީ ސަރުކާރުގެ ދައުރު ފެށުނު އަހަރު) ގެ ނިޔަލަށް، ރިސޯޓުތަކާއި މެރީނާތައް ހިމެނޭހެން، ރާއްޖޭގައި ރަޖިސްޓްރީކޮށްފައި ހުރީ 145 ރިސޯޓެވެ. އަދި އޮޕަރޭޓުކުރަމުން އައީ 130 ރިސޯޓެވެ.

މިދިޔަ އަހަރު (ކުރީ ސަރުކާރުގެ ދައުރު) ނިމުނުއިރު، ރަޖިސްޓްރީކޮށްފައި ހުރީ 180 ރިސޯޓެވެ. އަދި އޮޕަރޭޓުކުރަނީ 176 ރިސޯޓެވެ.

ހުސްވި އަހަރުގެ ނިޔަލަށް ރަޖިސްޓްރީކޮށްފައި ހުރި ރިސޯޓުތުތަކާއި އޮޕަރޭޓުކުރަމުން އައި ރިސޯޓުތަކުން ކުރީ ސަރުކާރުގެ ދައުރު ފެށުނު އަހަރު ހުރި ރިސޯޓުތަކުގެ އަދަދު ގެއްލުމުން، ނިމުނު ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި 35 ރިސޯޓު ރަޖިސްޓްރީކޮށް، 46 ރިސޯޓެއްގެ އޮޕަރޭޝަން ފަށާފައިވާކަމަށް ދައްކަ އެވެ.

2018 އާއި 2023 އާ ދެމެދު ހުޅުވި ބައެއް ރިސޯޓުތައް

  • ޕަޓީނާ މޯލްޑިވްސް (2021)
  • ޖާވާކަރަ މޯލްޑިވްސް (2023)
  • ދެ ޗެޑީ ކުޑަ ވިލިނގިލި (2021)
  • ހިލްޓަން އަމީންގިރި (2022)
  • އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށި އަދި ލޯބިގިލި (2022)
  • ރިޓްޒް ކާލްޓަން ފަރި އައިލެންޑްސް (2021)
  • އިފުރު އައިލެންޑް މޯލްޑިވްސް (2023)
  • އަވާނީ ފަރެސް (2023)
  • އަމާރީ ރާޔާ މޯލްޑިވްސް (2023)
  • ބްރެނިއާ ކޮއްޓަފަރު (2020)
  • ޔޫ އެންޑް މީ ބައި ކޮކޫން މޯލްޑިވްސް (2019)
  • އެމެރަލްޑް މޯލްޑިވްސް (2019)
  • ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް (2019)

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ހުޅުވި ރިސޯޓުތަކުގެ އަދަދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދުވަސްވަރު ރަޖިސްޓްރީ ކުރި އަދަދުތައް އަޅާބަލާއިރު، ރަޖިސްޓްރީ ކުރި ރިސޯޓުތަކުގެ އަދަދު (35) އެއްވަރެވެ.

މިހެން ނަމަވެސް އޮޕަރޭޓުކުރަން ފެށި ރިސޯޓުތަކުގެ އަދަދު ގިނައީ ސޯލިހު ސަރުކާރުގަ އެވެ. އެ ފަސް އަހަރުގެ ތެރޭގައި މުޅިން އަލަށް 46 ރިސޯޓު އޮޕަރޭޓުކުރަން ފެށިއިރު، ޔާމީންގެ ސަރުކާރުގައި އޮޕަރޭޓުކުރަން ފެށީ 29 ރިސޯޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox