ހަތަރު ބުރީގެ ފުޓްސަލް ދަނޑެއް އަޅަން ހާއްސަކުރި މާފަންނު ވެލި ދަނޑު ފުލުހުންގެ ޓޯޔާޑަކަށް ބަދަލުކޮށްފި

ކުރިއާލައި ހުއްދައެއް ނުހޯދައި މާލޭގައި ފުޓުބޯޅަ ކުޅެލެވެން އޮތް ހަމައެކަނި ވެލި ދަނޑު -- ފޮޓޯ: މިރާޝް އަދަދު / އަދަދު

ކުރިއާލައި ހުއްދައެއް ނުހޯދައި މާލޭގައި ފުޓުބޯޅަ ކުޅެލެވެން އޮތް ހަމައެކަނި ވެލި ދަނޑު -- ފޮޓޯ: މިރާޝް އަދަދު / އަދަދު

ހަތަރު ބުރީގެ ފުޓްސަލް ދަނޑެއް އެޅުމަށް ދެކުނު ކޮރެއާގެ ކުންފުންޏަކާ ހަވާލުކުރި މާފަންނު ވެލި ދަނޑު ބޭނުން ކުރަމުން ދަނީ ފުލުހުންގެ ޓޯ ޔާޑެއްގެ ގޮތުގައި ކަމަށް އެ މުއައްސަސާއިން ބުނެފި އެވެ.

ކުރިއާލައި ހުއްދަ ނުހޯދައި ގޮސް ފުޓުބޯޅަ ކުޅެލެވެން މާލޭގައި ހަމައެކަނި އޮތް މާފަންނު ބޯޅަ ދަނޑުގައި މިހާރު ހުރީ ހަތަރު ފުރޮޅުލީ އުޅަނދުތަކެއް ބަހައްޓައިފަ އެވެ. ޓާފް ސްޓޭޑިއަމްގެ ފަހަތުގައި އޮންނަ އެ ސަރަހައްދު ބަލަހައްޓަމުން ގެންދަނީ ވެސް ފުލުހުންނެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ފުލުހުންގެ ތަރުޖަމާނު، އަހުމަދު ޝިފާންއަށް ގުޅުމުން ވިދާޅުވީ އެ ސަރަހައްދު ބޭނުން ކުރަމުން ދަނީ ފުލުހުންގެ ޓޯ ޔާޑެއްގެ ގޮތުގައި ކަމަށާއި އެގޮތަށް އެ ސަރަހައްދު ބޭނުން ކުރަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

Advertisement

"މިހާރު ވަރަށް ގިނަ ދުވަސް ވެދާނެ އެތަން ބޭނުން ކުރާތާ، މިދިޔަ ރޯދަމަހުން ފެށިގެންހެން ހަނދާން ވަނީ،" ޝިފާން ވިދާޅުވި އެވެ.

މީގެ ކުރިން ގައުމީ ފުޓްސަލް ޓީމު ވެސް ފަރިތަކުރުންތައް ބޭއްވި ދަނޑު އޮތީ ވަރަށް ބޮޑަށް ވީރާނާވެފައި -- ފޮޓޯ: މިރާޝް ނާޝިމް
މީގެ ކުރިން ގައުމީ ފުޓްސަލް ޓީމު ވެސް ފަރިތަކުރުންތައް ބޭއްވި ދަނޑު އޮތީ ވަރަށް ބޮޑަށް ވީރާނާވެފައި -- ފޮޓޯ: މިރާޝް ނާޝިމް

މީގެ ކުރިން ގައުމީ ފުޓްސަލް ޓީމު ވެސް ފަރިތަކުރުންތައް ބޭއްވި ދަނޑު އޮތީ ވަރަށް ބޮޑަށް ވީރާނާވެފައި -- ފޮޓޯ: މިރާޝް ނާޝިމް

17،000 އަކަފޫޓުގެ އެ ބިމުގައި ހަތަރު ބުރީގެ ފުޓްސަލް ދަނޑެއް އަޅަން އެފްއޭމް އިން 2020 ވަނަ އަހަރު ހަވާލު ކުރީ ސްކައިވިންޑް ގްލޯބަލް ކިޔާ ކުންފުންޏަކާ އެވެ. އެ ކުންފުންޏާއެކު ވީ އެއްބަސްވުމުގެ ދަށުން އެފްއޭމް މިހާރު ހިންގަމުންދާ އިމާރާތް ތަޅާލައި އެތަނުގައި 20 ބުރީގެ އިމާރާތެއް އެޅުމަށް ވެސް ހިމެނި އެވެ. އެ ދެ އިމާރާތް ނިމުމުން އާމްދަނީގެ ގޮތުގައި 90 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެފްއޭއެމްއަށް ލިބޭނެ ކަމަށް އޭރު ލަފާކުރި އެވެ.

ނަމަވެސް އެއިން އެއްވެސް މަސައްކަތެއް ކުރިއަކަށް ނުގެންދެ އެވެ.

އޭގެފަހުން ވެލި ދަނޑުގައި ކުޅުންތެރިންގެ އެކޮމޮޑޭޝަން އިމާރާތެއް އަޅަން ފެށި އެވެ. އިމާރާތް އެޅި ފަޅި ނޫން އަނެއް ފަޅީގައި [ސިންތެޓިކް ސްޓޭޑިއަމް ފަޅީގައި] ބައެއް އެކަޑެމީތަކާއި ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިސްތައް ކުރިއަށް ގެންދަން ޓާފް ވެސް އެޅި އެވެ. ނަމަވެސް އެ ތަން ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ޓާފް މިހާރު އޮތީ ހަލާކުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox