ހައްޔަރުކުރަނިކޮށް ވެއްޓުނު މީހާގެ ފަރުވާ ލަސްވި ކަމަށް ފުލުހުން އިއުތިރާފްވެއްޖެ

މީގެ ކުރިން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: އަދަދު

މީގެ ކުރިން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: އަދަދު

ފުލުހުންގެ ބެލުމުގެ ދަށުން ޑްރަގު ކޯޓަށް މީހަކު ގެންދަން އުޅުނު މީހަކު އިމާރާތެއްގެ އެއްވަނަ ފަންގިފިލާއިން ވެއްޓި ބޮޑެތި އަނިޔާތަކެއްވުމުން ވެސް ހޮސްޕިޓަލަށް ގެންދިޔުމުގެ ބަދަލުގައި ކަސްޓޯޑިއަލަށް ގެންގޮސްފައިވާކަން ފުލުހުންގެ ބަޔާނުން ހާމަވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހުގެ 2:15 ހާއިރު ހިނގި އެ ހާދިސާގައި ޒަހަމުވީ މުހައްމަދު އަޒްމީލް ޖަލީލު 38އ. އަށެވެ. އެ ހާދިސާގައި އަޒްމީލުގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސް ސިކުނޑިއަށް ވަނީ ލޭ އެޅިފަ އެވެ. އަދި މަތިން ވެއްޓުމުގެ ސަބަބުން އަޒްމީލްގެ މައިބަދައިގެ ތިން ތަނަކުން ބިންދައިގެން ގޮސްފައިވެ އެވެ.

އޭނާއަށް މިހާރު ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގެ އައީސީޔޫގައި ވެންޓިލޭޓަރުގަ އެވެ. އަޒްމީލް ވެންޓިލޭޓަރަށް ލާންޖެހުނީ ހޮސްޕިޓަލަށް ނުގެންގޮސް ފުލުހުން ލަސް ކުރުމުން ކަމަށް އާއިލާއިން ތުހުމަތުކުރެ އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނުން އަޒްމީލް އާ މެދު އިހުމާލުވެފައިވާކަން ހާމަވެ އެވެ. ފުލުހުންގެ ބަޔާނުގައި ވަނީ އެ ހާދިސާ ހިނގިތާ ގަޑިއެއްގެއިރު ފާއިތުވިއިރު ވެސް އަޒްހީލް ހޮސްޕިޓަލަށް ނުގެންދާ ކަމަށް އިއުތިރާފުވެފަ އެވެ. ފުލުހުން ބުނެފައި ވާގޮތުން އަޒްހީލް ހޮސްޕިޓަލަށް ގެންދިޔައީ ހަވީރު 3:05 ގަ އެވެ.

އެ ބަޔާނުގައި ބުނީ އިމާރާތުގެ މަތިން ވެއްޓި އަނިޔާވުމުން ވެސް އަޒްމީލް ފުރަތަމަ ގެންދިޔައީ ފުލުހުންގެ ކަސްޓޯޑިއަލަށް ކަަމަށެވެ. ހޮސްޕިޓަލަށް އަޒްމީލް ގެންދިޔައީ ކަސްޓޯޑިއަލުގައި ހުންނަ މެޑިކަލް އޮފިސަރު އޭނާ ބެލުމަށްފަހު ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުންގެ ބަޔާނުގައި 3:05 ގައި އަޒްމީލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ބުނެފައިވީ ނަމަވެސް އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ހަވީރު 4:20 ހާއިރުކަން "އަދަދު" އަށް ލިބިފައިވާ ހޮސްޕިޓަލުގެ ލިޔެކިޔުންތަކުން އެނގެ އެވެ.

އަޒްމީލްގެ އާއިލާއިން ތުހުމަތު ކުރާ ގޮތުގައި އިމާރާތުގެ މަތިން ވެއްޓުމުން ވެސް ފުލުހުން އޭނާ ކޮޅަށް ނަގައި ވެހިކަލަށް އެރުވީ އެގޮތަށް އެކަން ނުކުރަން އާއިލާއިން އެދެމުން ދަނިކޮށެވެ.

"ވެއްޓުނުކަން އެނގުނީ އަވަށްޓެރިޔަކު އައިސް ބުނީމަ. ވަގުތުން ތިރިއަށް ގޮސް ބެލިއިރު އޮތީ ބިންމަތީ ތެޅިތެޅި. ފުލުހުން އޭނާ ނަގަން މަސައްކަތް ކުރުމުން ބުނިން ނުނަގައި ފުރަތަމަ އެމްބިއުލާންސަށް ގުޅަން. އޭރުވެސް އޭނާގެ ބޮލުން ލޭ އާދޭ،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"އެކަމަކު ފުލުހުން ބުނީ އޭނަ އޯކޭއޭ. ކިޔާފައި ކޮޅަށް ނަގައި ވެހިކަލްއަށް އަރުވައިގެން ގެންދިޔައީ،"

ބަޔާނުގައި ފުލުހުން ބުނީ އަޒްހީލް ވެއްޓުނީ ފުލުހުންނަށް ފިލަން އުޅުމުގެ ތެރޭގައި ކަމަށެވެ. ނަމަވެސް އަޒްމީލްގެ އާއިލާއިން ބުނީ އޭނާ ހައްޔަރު ކުރަން ފުލުހުން އައީ ކޯޓު އަމުރެއް ހިފައިގެން ނޫން ކަމަށެވެ.

ފުލުހުން އައިސް ދިޔައިރު ވެސް ކޯޓު އަމުރެއް ނުދައްކާ. ވަރަށް އާދައިގެކޮށް ފުލުހުން ކަން ކުރަމުންދިޔައީ އެވަގުތު ވެސް. އިންސާނިއްޔަތުކަން ހުރި ނަމަ އެގޮތަށް ކަން ނުކުރާނެ،" އާއިލާއިން ބުންޏެވެ.

އަޒްމީލުގެ އާއިލާއިން ވަނީ މި މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗުއާރުސީއެމް) އަށް ހުށަހަޅައިފަ އެވެ.

ފުލުހުންގެ އިހުމާލުން މީގެ ކުރިން ވެސް ފަރުވާ ލިބުން ލަސްވެ، ބަންދަށް ގެންދާ މީހުންގެ ހާލު ސީރިއަސްވެފައި އެބަ ހުއްޓެވެ. ނަމަވެސް އެ މައްސަލަތައް މިހާތަނަށް ވެސް އެދެވޭ ގޮތެއްގައި ބެލި، ފުލުހުންނަށް ފިޔަވަޅު އެޅިފައެއް ނުވާ މައްސަލައިގައި އާންމުންގެ ކަންބޮޑުވުން އެބަހުއްޓެވެ.

މީގެ ދެ އަހަރެއް ކުރިން ހިނގި މިކަހަލަ ހާދިސާއެއްގައި، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އަބްދުﷲ ރަޝީދު ވަނީ، ދޭން ޖެހޭ ފަރުވާ ދިނުން ލަސްވެގެން މަރުވެފަ އެވެ.

އަބްދުﷲ ރަޝީދުގެ މައްސަލައިގައި ޝާމިލުވާ ފުލުހުން އޭނާގެ މަރުގައި އިހުމާލުވެފައިވާ ކަމަށް ނިންމައި، އެންއައިސީން ވަނީ އެ މައްސަލައިގައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox