މާވިނާއި މޭރީއާ އެކީ އެޕާޓްމަންޓްގައި އުޅުނު ނަރުހަކު ހެކިބަސް ދީފި

މާވިނާއި މޭރީއާ އެކީ އެޕާޓްމަންޓްގައި އުޅުނު ނަރުހަކު ހެކިބަސް ދީފި

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ނަރުސް މޭރީ ގްރޭސްއާއި އޭނާގެ ފިރިމީހާ މާވިން ވާގަސް އަދި ދެމަފިރިންގެ ދަރިފުޅު އޮވިލިއާ އާ އެކީ އެއް އެޕާޓްމަންޓްގައި މީގެ ތިން އަހަރެއް ކުރިން ދިރިއުޅުނު ބިދޭސީ ނަރުހަކު ޝަރީއަތަށް މިއަދު ހެކިބަސް ދީފި އެވެ.

މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ، އައިޖީއެމްއެޗްގައި ނަރުހުންގެ ގޮތުގައި މަސައްކަތް ކުރި، އޭނާގެ ފިރިމީހާ މާވިނާއި، މާވިންގެ ސިއްރު ލޯބިވެރިޔާ ކަމަށް ބުނާ ހަލީމަތު ލަމްހާގެ މައްޗަށެވެ. މަރާލުމުގެ ދައުވާ ކުރަނީ މާވިނަށެވެ. ލަމްހާއަށް ކުރަނީ މަރާލުމުގައި ބައިވެރިވުމުގެ ދައުވާއާއި ހުއްދަ ނޫން ބޭސްތަކެއް ނެގި ކަމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދިނީ މާވިންގެ އާއިލާ އުޅުނު އެޕާޓްމަންޓްގައި ހުރި ކޮޓަރިއެއް ކުއްޔަށް ނަގައިގެން އުޅުނު މީހެއްގެ ހެކިބަހެވެ. އަދި އެ މީހަކީ ވެސް އޭރު އައިޖީއެމްއެޗްގައި މަސައްކަތް ކުރި އަދި ފިލިޕީންސަށް ނިސްބަތްވާ ނަރުހެކެވެ.

ހެކިބަސް ދެމުން އޭނާ ބުނި ގޮތުގައި އެ މީހުން ދިރިއުޅުނީ ދެ ކޮޓަރީގެ އެޕާޓްމަންޓެއްގަ އެވެ. އެއިން އެއް ކޮޓަރީގައި ދިރިއުޅުނީ މޭރީއާއި މާވިން އަދި ދަރިފުޅެވެ. އަނެއް ކޮޓަރިއަކީ ހެކިވެރިޔާ ދިރިއުޅެން ކުއްޔަށް ނަގާފައިވާ ކޮޓަރިއެކެވެ.

ކުއްޔަށް އުޅޭ މީހަކަށް ވާތީ، މާވިން އަދި މޭރީއާ މާ ގިނައިން ވާހަކަ ދައްކާ ނޫޅޭ ކަމަށް އޭނާ ބުންޏެވެ. މޭރީ މަރުވި ދުވަހު އޭނާއަށް މޭރީ ފެނުނީ އެ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ދެ މީހުން ވެސް މަސައްކަތަށް ނުކުންނަ ވަގުތަށް ވެފައި އޭރު މޭރީ އުޅުނީ އޭނާގެ ބޭބެ އަންނާތީ ކައްކަން ވެގެން ކަމަށް ބުންޏެވެ.

މޭރީ މަރުވިކަން ހެކިވެރިޔާއަށް އެނގުނީ އެ ދުވަހުގެ ހަވީރު ހަތަރެއް ޖެހި ފަހުން އެކީގައި މަސައްކަތްކުރާ އެހެން ނަރުހެއް ބުނުމުން ކަމަށް ހެކިވެރިޔާ ބުންޏެވެ. އަދި މޭރީގެ ހަށިގަނޑު ފެނުނީ މޯޗަރީން ކަމަށް އޭނާ ބުންޏެވެ.

މޭރީގެ ހަށިގަނޑާ އެކު ހޮސްޕިޓަލަށް މާވިން އެމްބިއުލާންސްގައި ދިޔަ އިރު އެކުގައި ދަތުރުކުރި ކަމަށް އޭނާ ބުންޏެވެ. ހެކިވެރިޔާ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށާއި އެކަމަކު އޭރު އެމްބިއުލާންސްގައި އިން ބޭބެ މާވިކްއާ މާވިން ވާހަކަ ދައްކަމުން ދިޔަ ކަމަށާއި ދެ މީހުން ދެއްކި ވާހަކަ އަޑުއެހި ކަމަށް ބުންޏެވެ.

މޭރީ މަރުވީ ދަންޖެހިގެން ކަމަށް ހަބަރު ލިބުނު ކަމަށާއި އެކަމަކު ދަން ޖެހެން ބޭނުންކުރި ބެޑްޝީޓް ނުފެންނަ ކަމަށް ހެކިވެރިޔާ ބުންޏެވެ.

---

މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. ފިލިޕީންސްގައި ވަރިކުރުމަކީ މަނާކަމެއް ގޮތުގައި އޮތް އިރު، ލަމްހާއާއި މާވިން އުޅުނީ ސިއްރު ލޯބީގެ ގުޅުމެއް ބާއްވައިގެން ކަމަށް ތުހުމަތު ކުރެ އެވެ.

އޮކްޓޯބަރު 19, 2021 ގައި ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު އިތުރަށް ހިންގަމުން ދިޔައީ އެވެ.

އަދި ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ އެ އަހަރުގެ އޮކްޓޯބަރު 27 ގަ އެވެ. ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން އެ އަހަރުގެ ޑިސެމްބަރު 16 ގަ އެވެ.

މާވިންގެ މައްޗަށް އެނގި ހުރެ މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އޭގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ. އެ ދައުވާތައް ލަމްހާގެ މައްޗަށް ކުރަނީ އައިޖީއެމްއެޗުން ހުއްދަ ނުނަގައި، ނުރައްކާތެރި ބައެއް ބޭސްތަކެއް ލަމްހާ ނެގި ކަމަށް ތުހުމަތުކޮށެވެ.

މި ދައުވާތަކަށް އިންކާރުކޮށް ލަމްހާއާއި މާވިން ވަނީ ދިފާއީ ހެކިން ވެސް ހުށަހަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox