ގއ މާމެންދޫ އަދި ނިލަންދޫއަށް ވިއްކި ތެލުގައި ފެން ހުރި ކަމަށް ބުނާ ވާހަކަ އެފްއެސްއެމް އިން ދޮގުކޮށްފި އެވެ.
އެފްއެސްއެމް އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނިން ވިއްކި ތެލުގައި ގިނަ އަދަދަކަށް ފެން ހުރި ކަމަށް މީސްމީޑިއާ ގައި ދައުރުވަމުންދާ ހަބަރަކީ ދޮގު ހަބަރެއްކަމަށެވެ. އެ ކުންފުނިން ވިއްކާ ތެލަކީ ފެންވަރު ރަނގަޅު ތެޔޮކަން ޔަގީން ކޮށްދިނުމަށް ފެނަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ވެސް އެ ކުންފުނީގެ ބާޖުތަކުގައި ހުންނާނެ ކަމަށް ވެސް ބަޔާނުގައި އެފްއެސްއެމް އިން ބުންޏެވެ.
ތެޔޮ ގަނެގެން ވިއްކާ ފަރާތްތަކުން ވެސް ގަވާއިދުތަކާއި އެއްގޮތަށް ތެޔޮ ރައްކާ ކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށާ ކަމާ ބެހޭ ފަރާތްތަކުގެ ލަފައާއި އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސްކުރާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.













