ސަރުކާރުން ހިންގާ މަޝްރޫއުތައް ފެންނަން ހުންނަ އައިލްސް ވެބްސައިޓްއަށް ނުވަދެވޭތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
އައިލްސް ވެބްސައިޓަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހިންގާ ވެބްސައިޓެކެވެ. އެ ވެބްސައިޓުން ކޮންމެ އަތޮޅެއް އަދި ރަށެއްގައި ހިންގާ ހުރިހާ ޕްރޮޖެކްޓުތަކެއް ބަލައިލެވެ އެވެ. އެ ޕްރޮޖެކްޓުތައް އޮތް ހިސާބު ވެސް އެ ވެބްސައިޓުން ފެނެ އެވެ.
އެ ވެބްސައިޓުއަށް މިހާރު ނުވަދެވޭތާ 4 މަސް ވަނީ އެވެ. ވެބްސައިޓު އަޕްޑޭޓު ކުރަން ކަމަށް ބުނެ ޑައުން ކުރީ މާޗް 18، ގަ އެވެ.
އައިލްސް ވެބްސައިޓް އަޕްޑޭޓުކުރަން ކަމަށްބުނެ ޑައުންކޮށްފައި ވާއިރު، ރަށްރަށުގައި ފަށައިފައިވާ ތަރައްގީގެ ގިނަ މަޝްރޫއުތައް ވެސް ހުރީ ހުއްޓިފަ އެވެ.













