އެއްބަސްވުމުގައި އެކްސްކްރޯ އެޖެންޓެއް ނެތް، ޔާމީނުގެ ފައިސާ ދެވޭނީ އޭސީސީއަށް: ބީއެމްއެލް

ރައީސް އަބްދުﷲ ޔާމީން: އެމަނިކުފާނުގެ އެކައުންޓުގައިވާ އެއް މިލިއަން ޑޮލަރު ބީއެމްއެލް އިން ހިފެހެއްޓި މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ހައި ކޯޓަށް ގޮސްފި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައީސް އަބްދުﷲ ޔާމީން: އެމަނިކުފާނުގެ އެކައުންޓުގައިވާ އެއް މިލިއަން ޑޮލަރު ބީއެމްއެލް އިން ހިފެހެއްޓި މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ހައި ކޯޓަށް ގޮސްފި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސޮއިކުރެއްވި އެކްސްކްރޯ އެއްބަސްވުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް އެކްސްކްރޯ އެޖެންޓެއްގެ ދައުރު ދީފައި ނެތް ކަމަށް ގައުމީ ބޭންކުގެ ވަކީލުން ހައި ކޯޓުގެ ޝަރީއަތުގައި މިއަދު ވިދާޅުވެއްޖެ އެވެ.

އެކްސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާނުކޮށްދީ ހިފެހެއްޓި މައްސަލާގައި، ބީއެމްއެލާއި އޭސީސީއަށް ޔާމީނުގެ ފަރާތުން ދައުވާކޮށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވެ އެވެ. ބީއެމްއެލް ވެސް ޝާމިލުވާ ގޮތަށް މައްސަލަ ބެލުމަށް ސިވިލް ކޯޓުން ނިންމުމުން ބޭންކުން އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރީ އެވެ.

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ބީއެމްއެލްގެ ވަކީލު ވިދާޅުވީ ޔާމީނާއި އޭސީސީއާ ދެމެދު ހިންގި މުއާމަލާތާއި އެއްބަސްވުމުގައި "އެކްސްކްރޯ" ގެ ލަފުޒު ބޭނުންކޮށްފައި އޮތް ނަމަވެސް އެ މުއާމަލާތް ހިންގީ އެކްސްކްރޯގެ މުއާމަލާތްތައް ހިންގާ ގޮތަކަށް ނޫން ކަމަށެވެ.

އެފަދަ މުއާމާލާތްތަކުގައި ދެ ފަރާތުގެ ފައިސާގެ ކަންކަން ބަލަހައްޓަން "އެކްސްކްރޯ އެޖެންޓް" އަކަށް ހަވާލުކުރާ ކަން ބީއެމްއެލުން ވެސް ގަބޫލު ކުރާ ކަމަށް އެ ބޭންކުގެ ވަކީލު ވިދާޅުވި އެވެ. ނަމަވެސް މި މައްސަލާގައި ފައިސާ ޖަމާކޮށްފައިވަނީ އޭސީސީގެ ނަމުގައި ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް ކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެ ފައިސާ ދޫކުރެވޭނީ އޭސީސީއަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެސް އެއްބަސްވަން އެކްސްކްރޯގެ ލަފުޒު އެބަ ހުރި ބޭނުންކޮށްފަ، އެންމެ ފަހަރަކު ވެސް ނޫން، މި އެއްބަސްވުމުގައި، އެކަމަކު އެކްސްކްރޯ ނަން ކިޔަސް އެފަދަ ކަމެއް މިއަކު ނެތް،" އޭނާ ވިދާޅުވި އެވެ.

"އެއީ އެކްސްކްރޯގެ މުއާމަލާތުގައި ފައިސާ ޖަމާކުރާނީ އެކްސްކްރޯ އެޖެންޓުގެ އެކައުންޓަކަށް، އެކަމަކު މި އެކައުންޓަކީ އޭސީސީގެ ނަމުގައި ހުޅުވާފައިވާ އޭސީސީގެ ބާރު ހިނގާ ގޮތަށް އޮތް އެކައުންޓެއް،" ވަކީލު ވިދާޅުވި އެވެ.

ބޭންކުން ދެކެނީ ކަސްޓަމަރެއްގެ އެކައުންޓުގައި ހިމެނޭ ފައިސާއެއް އެ ބޭންކަށް ތިންވަނަ ފަރާތަކަށް ދޫކުރެވޭނީ ކަސްޓަމަރު އެ ގޮތަށް އެންގުމުންނެވެ. އަދި އެ ކަސްޓަމަރަކާއި ތިންވަނަ ފަރާތާ ދެމެދު އެއްބަސްވުމެއް އޮތް ނަމަ އޭގެ ޒިންމާ ފުރިހަމައަށް ނަގަން ޖެހޭނީ ކަސްޓަމަރެވެ. އެހެންވެ، މި މައްސަލާގައި ފައިސާ އަނބުރާ ޔާމީނަށް ނުލިބޭނަމަ އޭގެ ޒިންމާ ނަގަން ޖެހޭނީ އޭސީސީ ކަމަށް ބޭންކުގެ ވަކީލު ވިދާޅުވި އެވެ.

ޔާމީންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެދިވަޑައިގެންފައިވަނީ އެ ފައިސާ ބޭންކުން ހިފަހައްޓާފައިވަނީ އެކްސްކްރޯ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި އޭގެ ސަބަބުން ލިބުނު ގެއްލުމަށް އަދުލުވެރި ބަދަލެއްގެ ގޮތުގައި އެ ފައިސާއާއެކު، އެ ފައިސާ އިންވެސްޓްމަންޓް އެކައުންޓުގައި ބެހެއްޓިނަމަ ޔާމީނަށް ލިބިވަޑައިގަންނަވާނެ ކަމަށް އަންދާޒާ ކުރެވޭ އަދަދުގެ ފައިސާ ދިނުމަށް އެންގުމަށެވެ.

ޔާމީނުގެ ވެރިކަމުގައި މި އެއްބަސްވުން އެކުލަވާލީ، ޔާމީނުގެ އެކައުންޓަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރަކީ އޭރު ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ހިމެނޭ ފައިސާއެއް ކަމަށް ބެލެވޭތީ އެ ކަން ސާފު ކުރެވެން ދެން ޝައްކު ކުރެވޭ ފައިސާ ބޭނުން ނުކޮށް ހިފަހައްޓާފައި ބޭއްވުމުގެ ބޭނުމުގަ އެވެ.

ކުރީގެ ރިޔާސީ ދައުރުގައި ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެ ހިޔާނާތުގައި ހިމެނޭ ކަމަށް ބުނާ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޔާމީން ރިޝްވަތު ނެންގެވި ކަމަށް ބުނާ މައްސަލާގަ އެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ހައި ކޯޓުން ހުކުމް ކޮށްފައިވެ އެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިނގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ވެސް ޔާމީނުގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އެ މައްސަލަ ވެސް ދަށު ކޯޓުގައި އަދި ނުނިމެ އެވެ. ކްރިމިނަލް ކޯޓުގެ ޖާގައިގެ މައްސަލަ ބޮޑުއިރު، މި ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ވެސް ނުބާއްވަ އެވެ. ހުޅުމާލޭން ކްރިމިނަލް ކޯޓަށް އިމާރާތެއް މި ފަހުން ހަމަޖެއްސި އިރު އޭގެ ފަހުން ވެސް މި މައްސަލައިގެ އަޑުއެހުމެއް ނުބާއްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox