މާރާމާރީއެއްގައި ޒުވާނަކަށް ބޮޑެތި އަނިޔާ، އާއިލާގެ ކަންބޮޑުވުން!

ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި ޒުވާނަކަށް އަނިޠާވުން -- ފޮޓޯ؛ އަދަދު

ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި ޒުވާނަކަށް އަނިޠާވުން -- ފޮޓޯ؛ އަދަދު

ހުޅުމާލެ ފޭސް 1 ގައި ޖުލައި، 8 ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީއެއްގައި ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް ދިނުމާ ގުޅިގެން، އެ ޒުވާނާގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އެ މާރާމާރީގައި އަނިޔާވީ މ. ރަތްމަންދޫއަށް ނިސްބަތްވާ އަހުމަދު ނަޒީފް، 26 އެވެ. އޭނާ މަސައްކަތް ކުރަނީ ހުޅުމާލޭގައި ހުންނަ އެސްޓީއޯ ފިހާރައެއްގަ އެވެ.

ނަޒީފްގެ އާއިލާއިން އޭނާގެ ބޮޑުބޭބެ "އަދަދު" އާ ވާހަކަދަމުން ބުނީ ގްރޫޕަކުން ނަޒީފަށް ހަމަލާދިނީ ސައިކަލުގައި ގޮސް ރެޑްވޭވް ފިހާރައާ ދިމާލުގައި އޮންނަ ޕާކެއް ކައިރީ މަޑުކޮށްލި ވަގުތު ކަމަށެވެ.

ހަމަލާދިނީ ކީއްވެގެންކަން މިހައިތަނަށް ވެސް އެނގިފައިނުވާ ކަމަށާއި ނަޒީފްއަކީ ވަރަށް މަޑުމައިތިރިކޮށް އުޅޭ ކުއްޖެއް ކަމަށާއި އެ ހަމަލާއާއެކު އާއިލާއަށް ބޮޑު ސިހުމަކާއި ހިތާމައެއް ލިބިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ނަޒީފްގެ ފުށްކިބައިން ބޮޑުތަނެއް ފަޅައިލި. ނިއްކުރި މަތިން ދެތަން ފަޅައިލި. ސިކުނޑިއަށް ލޭ އެޅުނު. ތުންފަތްވެސް ފަޅާލާފައި ވަނީ. އެއް ލޯ ވެސް ހުރީ ވަރަށް ބޮޑަށް ދުޅަވެފައި،" ނަޒީފްގެ ބޮޑުބޭބެ ބުންޏެވެ.

ހާދިސާއާ ގުޅިގެން ފުލުހުންގެ ފަރާތުން މިހައިތަނަށް ވެސް އެދެވޭ ކަހަލަ ޖަވާބެއް ލިބިފައި ނުވާކަން ފާހަގަކޮށް ،މިކަމަށް އިންސާފު ލިބޭނެ ކަމާމެދު ނަޒީފްގެ ބޮޑުބޭބެ ސުވާލު އުފެއްދި އެވެ.

"އާއިލާގެ ވަރަށް ބޮޑެތި ކަންބޮޑުވުންތައް މިކަމާ ގުޅިގެން އެބަހުރި. ކޭސްއަށް އެޓެންޑުވީ އެތައް ދުވަހެއް ފަހުން. ވަރަށް ބޮޑަށް އެދެން ފުލުހުން މިކަން ސީރިއަސްކޮށް ބެލުމަށް. ނަޒީފްއަށް ވަނީ ނަފްސާނީ ގޮތުން ވަރަށް އަސަރުކޮށްފައި،" އޭނާ ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށާއި އެހެން ނަމަވެސް އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

"ނަޒީފްގެ މަންމަ އަބަދު ރޮނީ. ދަރިފުޅަށް އެފަދަ ބޮޑެތި ޒަހަމްތައް ލިބިފައި ހުރުމުން ދެރަަވާނެތާ. ނަޒީފްގެ އަންހެނުން ވެސް ހުރީ ވާނުވާގައި. އެއްވެސް މީހަކާ މައްސަލައެއް ޖެހިފައި އޮތްކަން ނޭގޭ ކަމަށް ބުނި،" ނަޒީފްގެ ބޮޑުބޭބެ ބުންޏެވެ.

މިފަދަ އާންމު ނިކަމެތި މީހުންނާ ގުޅޭ މައްސަލަތަކުގައި ފުލުހުން އަމަލުކުރާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް އޭނާ ބުނީ ހައިޕްރޮފައިލް މީހުންގެ ކަންކަމުގައި ފުލުހުން އަވަދިނެތި މަސައްކަތްކޮށް، ކުށްވެރިން ވެސް ފަސޭއިން ހޯދާ ކަމަށެވެ.

ކައިވެނިކޮށްގެން އުޅޭ ނަޒީފްގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅަކީ އޭނާ އެވެ. ނަޒީފްގެ ބައްޕަ ވަނީ މަރުވެެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox