ވަޒަން އެރީ ޓްރަމްޕުގެ ކަނާއަތު ކަންފަތަށް، އަނެއް ވަޒަން ދިޔައީ ބޮލާ އިންޗިއެއްހާ ކައިރިން

ޓްރަމްޕް ޒަހަމްވެފައި: އޭނާގެ ހާލު ރަނގަޅު ކަމަށް ވަނީ ވިދާޅުވެފައި -- ފޮޓޯ: އެންޑް ވޯކްނަސް / ޓުވިޓާ

ޓްރަމްޕް ޒަހަމްވެފައި: އޭނާގެ ހާލު ރަނގަޅު ކަމަށް ވަނީ ވިދާޅުވެފައި -- ފޮޓޯ: އެންޑް ވޯކްނަސް / ޓުވިޓާ

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ދިން ބަޑީގެ ހަމަލާގައި ވަޒަން އެރީ އޭނާގެ ކަނާއަތު ކަންފަތަށް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ގަޑިން ފަތިހު 4:00 ހާއިރު ބަޓްލާ، ޕެންސިލްވޭނިއާގައި ކުރިއަށް ގެންދިޔަ ކެމްޕެއިނުގެ ރެލީއެއްގެ ތެރެއިން ޖުމުލަ ތިން ފަހަރު ޓްރަމްޕަށް އަމާޒުކޮށް ބަޑި ޖެހި އެވެ. އޭގެ ތެރެއިން އެއް ވަޒަން ކަންފަތަށް އަމާޒުވިއިރު، އަނެއް ވަޒަން ދިޔައީ އޭނާގެ ބޯ ކައިރިން އިންޗިއެއްހާ ދުރުންނެވެ.

"އަހަރެން ގަޔަށް ޖެހި ވަޒަން ކަނާއަތު ކަންފަތުގެ މަތީ ބައި ފޫއަޅުވާލި،" ޓްރުތު ސޯޝަލްގައި ޓްރަމްޕު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ޓްރަމްޕު އަވަހާރަކޮށްލަން އުޅުނު މީހާ ހުރީ ގާތްގަނޑަކަށް 450 ފޫޓު ދުރުގައި ހުރި ފުރާޅެއްގަ އެވެ. ޓްރަމްޕުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ސްނައިޕަރުން ވަނީ ހަމަ އެ ވަގުތު އޭނާއަށް ހަމަލާދީ މަރާލައިފަ އެވެ.

ޓްރަމްޕަށް ހަމަލާދިން މީހާ ހުރި ތަނާއި ޓްރަމްޕު ސްޓޭޖް ހުރި ތަން
ޓްރަމްޕަށް ހަމަލާދިން މީހާ ހުރި ތަނާއި ޓްރަމްޕު ސްޓޭޖް ހުރި ތަން

ޓްރަމްޕަށް ހަމަލާދިން މީހާ ހުރި ތަނާއި ޓްރަމްޕު ސްޓޭޖް ހުރި ތަން

ގާތްގަނޑަކަށް ތިން ފަހަރު ޓްރަމްޕު ގަޔަށް ބަޑި ޖެހި އަޑު ވީޑިއޯއަކުން އިވެ އެވެ. ބަޑި ޖެހި އިރު ޓްރަމްޕު ކަންފަތުގައި އަތް އަޅުއްވާ މަންޒަރު ވެސް ފެނެ އެވެ. ޕޯޑިއަމުން ކައިރިއަށް ތިރިވުމަށްފަހު ތެދުވެވަޑައިގެން އަތުގެ އިޝާރާތުން ގަދަކޮށް ހުންނެވިކަން ޓްރަމްޕު ދެއްކެވި އެވެ.

މީގެ ކުރިން 2017 ވަނަ އަހަރުން ފެށިގެން ހަތަރު އަހަރު އެމެރިކާގެ ރައީސްގެ މަގާމުގައި ހުންނެވި ޓްރަމްޕުގެ ހާލުކޮޅު ރަނގަޅު ކަމަށް އޭނާގެ ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށް ވެސް ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕަށް ހަމަލާދިނުމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ޓްރަމްޕަށް ގުޅައި ވާހަކަ ދައްކަވައިފަ އެވެ. އަދި އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ބައިޑެން ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕަށް ހަމަލާދީފައި ވަނީ ބަޓްލާ، ޕެންސިލްވޭނިއާގައި ކުރިއަށް ގެންދިޔަ ރެލީއެއްގެ ތެރެއިންނެވެ. ޓްރަމްޕު ގަޔަށް ބަޑި ޖެހި މީހާ މަރާލީ އެމެރިކާ ސީކްރެޓް ސާވިސްގެ ސްނައިޕަރުން ކަމަށް ބެލެވެ އެވެ. ޕޯޑިއަމްއާ ދިމާލުން މަތީގައި ހުރި ފުރާޅެއްގައި ހުރެ ސްނައިޕަރަކު ރައްދުގައި ހަމަލާ ދޭ މަންޒަރު ވީޑިއޯއަކުން ފެނެ އެވެ.

އެ ހާދިސާ ހިނގި އިރު ރައީސް ޖޯ ބައިޑެން ހުންނެވީ ޗުއްޓީގަ އެވެ. ނަމަވެސް މިހާރު ޗުއްޓީ ކުރުކޮށްލެއްވުމަށްފަހު އެނބުރި ވައިޓް ހައުސްއަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް ބައެއް ރިޕޯޓުތަކުން ބުނެ އެވެ. އަދި މިހާރު އެ ހާދިސާގެ ދެ ބްރީފިންއެއް ވެސް ސީކްރެޓް ސާވިސް އިން ބައިޑެންއަށް އަރުވާފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox