އެމްއެމްޕީއާރުސީގެ ޑީއެމްޑީ އާއި އެންމެ ގިނަ ދުވަސްވީ މުވައްޒަފު ވަކިކޮށްފި

ޖެން ހޮޓެލްގައި ބޭއްވި ބައްދަލުވުމެއްގައި، ބައްސާމް އާއި އާސިމް (ވ)، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އާއެކު.

ޖެން ހޮޓެލްގައި ބޭއްވި ބައްދަލުވުމެއްގައި، ބައްސާމް އާއި އާސިމް (ވ)، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އާއެކު.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމު އާދަމް އާއި އެ ކުންފުނީގައި އެންމެ ގިނަ ދުވަސްވީ މުވައްޒަފު އިބްރާހިމް އާސިމް ވަކިކޮށްފި އެވެ.

"އިއްޔެ އަޅުގަނޑަށް އަދި ބައްސާމަށް ވެސް ވަނީ ވަޒީފާއިން ވަކިކުރާނެކަން އަންގާފައި. ރަސްމީކޮށް ލިޔުން ހަވާލު ކުރާނީ މިއަދު" އެމްއެމްޕީއާރުސީ ބޯޑުގައި ތަމްސީލު ކުރައްވާ ހުންނެވި އާސިމް "އަދަދު ނޫހަށް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގައި 20 އަހަރު ހިދުމަތް ކުރެއްވި އާސިމް އަކީ އެ ކުންފުނީގެ އިދާރީ މަސައްކަތްތަކާއި، ޕްރޮކިއުމެންޓު ބައި އިސްކޮށް ބަލަހައްޓާ މުވައްޒަފެވެ.

ސަރުކާރުގެ ހިދުމަތުގައި އޭނާ ހޭދަކުރެއްވި 31 އަހަރުގެ ތެރެއިން 22 އަހަރު އުޅުއްވީ ޓޫރިޒަމްގެ ދާއިރާގަ އެވެ. ޓޫރިޒަމް މިނިސްޓްރީގައި ހިދުމަތް ކުރެއްވުމަށް ފަހު، 2004 ވަނަ އަހަރުން ފެށިގެން އެމްއެމްޕީއާރުސީ އުފައްދަން ދެން އުޅުއްވީ ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގަ އެވެ. އެމްއެމްޕީއާރުސީ އެފެއްދުމަށް ފަހު މިހާތަނަށް އެ ކުންފުނީގެ އެކި މަގާމުތައް އޭނާ އަދާކުރައްވާފައިވެ އެވެ.

ޓޫރިޒަމް ދާއިރާގައި ދެވޭ ގިނަ އެވޯޑުތަކެއްގެ ފަނޑިޔާރުންގެ ޕެނަލްގައި އާސިމް ހިމެނި އެވެ. އޭގެތެރޭގައި، ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމާ ގުޅިގެން މަޓީން ދިން އެވޯޑުގެ ފަނޑިޔާރުންގެ ޕެނަލްގައި ވެސް އޭނާ އިންނެވި އެވެ.

ބައްސާމް އާއި އާސިމް ވަކިކުރި ސަބަބެއް އެމްއެމްޕީއާރުސީން ހާމައެއް ނުކުރެ އެވެ.

ބައްސާމް އާއި އާސިމް ވަކިކުރީ ރައީސް އޮފީހުގެ އެންގުމަށް، ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް އަދަދު ނޫހަށް މައުލޫމާތު ދެއްވި އިތުބާރު ކުރެވޭ މަސްދަރުން ވިދާޅުވި އެވެ.

"އެމްއެމްޕީއާރުސީގެ ބޯޑުގައި އާސިމް ތަމްސީލްކުރާ މަގާމު ވެސް އުވާލީ. އެހާ ދުވަސްވި މުވައްޒަފަކު ވަކިކުރަނީ އެ މަގާމު ބޭނުމެއް ނުވާ ކަމަށް ބުނެ. އޭނާ އެދުނު އެހެން މަގާމަކަށް ވެސް ބަދަލުކޮށްދޭން. އެ ފުރުސަތެއް ވެސް ނުދިން،" އަދަދު ނޫހާ ވާހަކަ ދެއްވި ބޭފުޅާ ވިދާޅުވި އެވެ.

ހަރަދު ކުޑަކުރުމަށް ކަމަށް ބުނެ، ދާއިރާގެ ތަޖުރިބާހުރި މުވައްޒަފަކު ވަކިކުރުމަކީ ކަންބޮޑުވުމެއް ކަމެއް ކަމަށް ޓޫރިޒަމް ދާއިރާގެ ބައެއް ބޭފުޅުން އަދަދު ނޫހަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox