ކޮންމެހެން ކުރަންޖެހޭ ހަރަދެއް ނޫނީ ނުކުރަން ކައުންސިލުތަކަށް އަންގައިފި

ލޯކަލް ގަވަމެންޓު މިނިސްޓަރު، އާދަމް ޝަރީފް -- ފޮޓޯ: ރައީސް އޮފީސް

ލޯކަލް ގަވަމެންޓު މިނިސްޓަރު، އާދަމް ޝަރީފް -- ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ރިކަރަންޓު ހަރަދު ކުޑަ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ކަންކަން ތަންފީޒު ކުރުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ހަރަދެއް ނޫނީ ނުކުރުމަށް ލޯކަލް ގަވަމެންޓު މިނިސްޓަރީން ކައުންސިލުތަކަށް އަންގައިފި އެވެ.

ލޯކަލް ގަވަމެންޓު މިނިސްޓަރު، އާދަމް ޝަރީފް ސޮއި ކުރައްވައި މިއަދު ނެރުއްވި ސާކިއުލާގައި ބުނެފައި ވަނީ ރާއްޖޭގެ ދަރަނި ބޮޑުވުމުގެ ސަބަބުން މިވަގުތު އިގުތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅުތަކާ އެއްގޮތަށް ކައުންސިލުތަކުގެ ރިކަރަންޓު ހަރަދު ވެސް ހާއްސަ އިސްކަމެއް ދިނުމަށް އެދޭ ކަމަށެވެ.

"އަދި މިވަގުތު ކޮންމެހެން ކުރައްވަންޖެހޭ ހަރަދުތައް ނޫނީ ނުކުރެއްވުމަށާއި ކޮންމެހެން ކުރައްވަންޖެހޭ ދަތުރުތައް ނޫނީ ނުކުރެއްވުމަށާއި މުނާސަބަތަކާ ގުޅިގެން ކޮންމެހެން ބާއްވަންޖެހޭ ޖަލްސާއެއް ފިޔަވައި އެއްވެސް ހަރަކާތެއް ނުބޭއްވުމަށާއި އެއްވެސް ހަފުލާއެއް ނުވަތަ ކުޅިވަރު މުބާރާތެއް މިދުވަސްވަރު ނުވޭއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދެންނެވިން،" އެ ސާކިއުލާގައި ބުނެފައިވެ އެވެ.

އެކަންކަމުގެ އިތުރުން ލޯކަލް ގަވަމެންޓު މިނިސްޓަރީން ނެރުނު ސާކިއުލާގައި އެދިފައި ވަނީ ސަރުކާރުގެ ވުޒާރާތަކާ ބައްދަލު ކުރުމަށް މި ދުވަސްވަރު މާލެ އައުމުގެ ބަދަލުގައި ޓެކްނޮލޮޖީގެ ބޭނުން ހިފައި އޮންލައިންކޮށް ބައްދަލުވުންތައް ރޭވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ.

އެ ސާކިއުލާގައި ވަނީ ސަރުކާރު ވުޒާރާތަކާއި ކުންފުނިތަކުގެ ފޯކަލްޕޮއިންޓުތަކުގެ ފޯކަލް ޕޮއިންޓުންގެ ލިސްޓު ވެސް ހިމަނައިފަ އެވެ.

ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމުގެ އިތުރުން މިނިވަން ދުވަހުގެ ކުޅިވަރުތައް ވެސް މިއަހަރު ނުބޭއްވުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ނަމަވެސް ސިޔާސީ މުވައްޒަފުން މިހާރު ތިބި އަދަދެއް ހާމަ ކުރުމަށް ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ. އަދި ސިޔާސީ މުވައްޒަފުންގެ ތެރެއިން މިހައިތަނަށް މަދު ކުރީ ކިހައި މުވައްޒަފުންނެއް ކަމަށް ވެސް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

އެ ސަބަބާ ހުރެ އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox