ވޯލްޑް ކަޕް ކާމިޔާބުކޮށް، ވިރާތާއި ރޯހިތު އިންޑިއާގެ ޓީ20 ގައުމީ ޓީމުން ރިޓަޔާކޮށްފި

Jun 30, 2024, 2:29 AM
ވޯލްޑް ކަޕް ކާމިޔާބުކޮށް، ވިރާތާއި ރޯހިތު އިންޑިއާގެ ޓީ20 ގައުމީ ޓީމުން ރިޓަޔާކޮށްފި

ބްރިޖްޓައުން، ބާބަޑޯސް (ޖޫން 30) - ހަތް ލަނޑުން ދެކުނު އެފްރިކާ ބަލިކޮށް، އިންޑިއާ އިން 17 އަހަރަށް ފަހު ޓީ20 ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި މެޗަށް ފަހު، އިންޑިއާގެ ލެޖެންޑަރީ ދެ ތަރި، ވިރާތު ކޯލީ އާއި ރޯހިތު އިންޑިއާގެ ޓީ20 ގައުމީ ޓީމުން ރިޓަޔާކުރިކަން އިއުލާނުކޮށްފި އެވެ.

ވިރާތު، 35، ވަނީ ރޭގެ ފައިނަލުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ވިރާތު ވަނީ ރޭގެ މެޗުގައި، 59 ބޯޅައިން 76 ލަނޑު ހަދައިފަ އެވެ. މިއީ، މި ފަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޭނާގެ ކުޅުން އެންމެ ރަނގަޅު މެޗެވެ.

ރޯހިތު، 37، ރިޓަޔާކުރިކަން އިއުލާނުކުރީ، ފައިނަލް މެޗަށް ފަހު ބޭއްވި އުފާފާޅުކުރުންތަކަށް ފަހު އެވެ.

އިންޑިއާ އިން އައިސީސީ ވޯލްޑް ކަޕެއްގެ ތަށީގައި މި އަތްލީ 13 އަހަރަށް ފަހު އެވެ.

މެޗަށް ފަހު މޮޅު ކުޅުންތެރިޔާގެ ޓްރޮފީއާ ހަވާލުވުމަށް ފަހު، ދިން އިންޓަވިއުގައި ވިރާތު ވަނީ ޓީ20 ގައުމީ ޓީމުން ރިޓަޔާކުރިކަން އިއުލާނުކޮށްފަ އެވެ.

ވިރާތު ބުނީ މިއީ ވަރަށް ކުރިން ވެސް އޭނާ ނިންމާފައި އޮތް ނިންމުމެއް ކަމަށާއި މިއީ އެކަން ކުރަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

"މިއީ އިންޑިއާގެ ގައުމީ ޓީ20 ޓީމަށް އާ ޖީލެއް އަންނަންވީ ވަގުތު. ވަރަށް ހުނަރުވެރި މޮޅެތި ކުޅުންތެރިން އެބައާދޭ. މިއީ އެ މީހުންނަށް ފުރުސަތު ދޭންވީ ވަގުތު. ދެން އެ މީހުންގެ ޒިންމާއެއް މި ޓީމު އިތުރަށް ކުރިއަށް ގެންދިއުމަކީ، މިހާރު ވޯލްޑް ކަޕެއް މި ވަނީ ހޯދައިފައި އަނެއްކާ ވެސް،" ވިރާތު ބުންޏެވެ.

މި ފަަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އެންމެ ރަނގަޅު ކުޅުން ނުދެއްކޭ ކަމަށާއި އެކަމަކު، ފައިނަލް މެޗުގައި ޔަގީންކަމާ އެކު ކުޅެ، ޓީމަށް މި ކާމިޔާބީ ހޯދަން އެހީތެރިވެދެވުނީތީވެ، އުފާކުރާ ކަަމަށް ވިރާތު ވަނީ ބުނެފަ އެެވެ.

ވިރާތު ވަނީ 2014 ވަނަ އަހަރު އިންޑިއާ އިން ޓީ20 ވޯލްޑް ކަޕް ފައިނަލުގައި ސްރީ ލަންކާ އަތުން ބަލިވި މެޗުގައި ކުޅެފަ އެވެ. ވިރާތަށް ޓީ20 ވޯލްޑް ކަޕްގެ ޗެމްޕިއަންކަން މި ލިބުނީ ހަ ވަނަ މުބާރާތުގަ އެވެ.

އިންޑިއާގެ ޓީ20 ޓީމުން ރިޓަޔާކުރަން ނިންމިއިރު، ވިރާތު މި ވަނީ ޓީ20 ވޯލްޑް ކަޕާ އެކު، އައިސީސީގެ ތިން މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެ ގޮތުން، ވިރާތު ވަނީ މީގެ ކުރިން، 2011 ވަަނަ އަހަރު އައިސީސީ ކްރިކެޓް ވޯލްޑް ކަޕާއި 2013 ވަނަ އަހަރު އައިސީސީ ޗެމްޕިއަންސް ޓްރޮފީ ކާމިޔާބުކޮށްފަ އެވެ.

ރޯހިތު އަކީ 2007 ވަނަ އަހަރު އިންޑިއާ އިން އެންމެ ފުރަތަމަ ޓީ20 ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، ވެސް އެ ޓީމުގެ މެމްބަރެކެވެ. އެކަމަކު، މި ފަހަރުގެ ކާމިޔާބީ ހާއްސަވަނީ ކެޕްޓަންކަމުގައި ހޯދުމުންނެވެ. ރޯހިތު، އޭނާގެ ކެރިއަރުގައި، ކެޕްޓަންކަން ކުރި ޓީ20 މުބާރާތްތަކުގެ ހުރިހާ ފައިނަލަކުން މޮޅުވި އެވެ. އަށް ފައިނަލުގައި މި ގޮތަށް ކާމިޔާބު ހޯދި އެވެ.

ރިޓަޔާކުރަން އިއުލާނުކުރުމަށް ފަހު، ރޯހިތު ބުނީ، ވަންޑޭއިންޓަނޭޝަަނަލް (އޯޑީއައި) އާއި ޓެސްޓް ކްރިކެޓް ގައުމީ ޓީމަށް ކުޅޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox