އިންޑިއާ އިން 17 އަހަރަށް ފަހު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްފި

Jun 29, 2024, 7:05 PM
އިންޑިއާ އިން 17 އަހަރަށް ފަހު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްފި

ބްރިޖްޓައުން، ބާބަޑޯސް (ޖޫން 29) - ހަތް ލަނޑުން ދެކުނު އެފްރިކާ ބަލިކޮށް، އިންޑިއާ އިން 17 އަހަރަށް ފަހު ޓީ20 ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ވަނީ ހޯދައިފި އެވެ.

މިއީ، އިންޑިއާ އިން އައިސީސީގެ ކްރިކެޓް ވޯލްޑް ކަޕެއްގެ ޗެމްޕިއަންކަން 2011 ވަނަ އަހަރުގެ ފަހުން ހޯދި ފުރަތަމަ ފަހަރެވެ. އިންޑިއާ އިން އެންމެ ފުރަތަމަ ޓީ20 ވޯލްޑް ކަޕް ކާމިޔާބުުކުރީ 2007 ވަަނަ އަހަރު އެ ގައުމުގައި ބޭއްވިއިރު އެވެ. އޭގެ ފަހުން، 2014 ވަނަ އަހަރުގެ ޓީ20 ވޯލްޑް ކަޕް ފައިނަލުގައި އިންޑިއާ ވަނީ ސްރީ ލަންކާ އަތުން ބަލިވެފަ އެވެ.

އިންޑިއާގެ މި ފަހަރުގެ މި ކާމިޔާބީ ހާއްސަވާ ސަބަބަކީ، އެ ޓީމުން މި ފަހަރު ޗެމްޕިއަންކަން މި ހޯދީ ދެ ރެކޯޑާ އެކު އެވެ. އެއީ އެ ޓީމަކީ ހުރިހާ މެޗަކުން މޮޅުވެގެން ސައްތަ އިން ސައްތަ ރެކޯޑަކާ އެކު، އައިސީސީ ވޯލްޑް ކަޕެއް ކާމިޔާބުކުރި ފުރަތަމަ ގައުމެވެ. އަނެއްކޮޅުން، އިންޑިއާ އިން ފައިނަލް މެޗުން މޮޅުވީ، އިނިންގްސެއްގައި މިހާތަނަށް ޓީ20 ވޯލްޑް ކަޕެއްގެ ފައިނަލުގައި އެންމެ ގިނަ ލަނޑު ހަދައިގެންނެވެ.

Advertisement

ޓޮސް ދިމާވުމުން އިންޑިއާ އިން ނިންމީ ކުޅެން އަރާށެވެ. އިންޑިއާ އިން ވަނީ، 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން، 176 ލަނޑު ހަދައިފަ އެވެ. ޖަވާބުގައި ކުޅެން އަރައި، ދެކުނު އެފްރިކާ އަށް 20 އޯވަރުގެ ތެރޭގައި، އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ، 169 ލަނޑެވެ.

އިންޑިއާ އަށް މި މެޗުގައި ކުޅެން އަރައި، ތަފާތު ދެއްކީ ވިރާތު ކޯލީ އެވެ. މި ފަހަރުގެ ޓީ20 ވޯލްޑް ކަޕްގައި ވިރާތުގެ އަސްލު ލެވަލްގެ ކުޅުމެއް ނުފެނުނު ނަމަވެސް ފައިނަލުގައި އޭނާ ވަނީ ތަފާތު ދައްކައި، 59 ބޯޅައިން 76 ލަނޑު ހަދައިފަ އެވެ. ދެން، އިންޑިއާ ޓީމުން މޮޅު ކުޅުމެއް ދެއްކި، އާޒާރު ޕަޓޭލް ވަނީ 31 ބޯޅައިން 47 ލަނޑު ހަދައިފަ އެެވެ. އަދި ޝިވަމް ޑޫބޭ ވަނީ 16 ބޯޅައިން 27 ލަނޑު ހަދައިފަ އެވެ.

މި އިނިންސްގައި، ދެކުނު އެފްރިކާގެ، ކޭޝަވް މަހަރާޖް އާއި އަންރިޗް ނޯޓްޖޭ ވަނީ ކޮންމެ ކުޅުންތެރިއަކު، ދެ ވިކެޓް ނަގައިފަ އެވެ.

ދެކުނު އެފްރިކާ އިން ކުޅެން އެރި އިނިންގްސްގައި، އެ ޓީމުގެ، ހައިންރިޗް ކްލާސެން ވަނީ 27 ބޯޅައިން 52 ލަނޑު ހަދައިފަ އެވެ. ކުއިންޓަން ޑި ކޮކް، 31 ބޯޅައިން 39 ލަނޑު ހެދިއިރު، ޓްރިސްޓަން ސްޓަބްސް ވަނީ 21 ބޯޅައިން 31 ލަނޑު ހަދައިފަ އެވެ.

ވިކެޓެއް ނެގުމަށް ފަހު ބުމްރާ އުފާފާޅުކުރަނީ.

މި އިނިންގްސްގައި، އިންޑިއާ އަތުން މެޗު ގެއްލެން ދަނިކޮށް ތަފާތު ދެއްކީ، 16 ވަނަ އޯވަރުގައި ޖަސްޕްރީތު ބުމްރާ އަރަ އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ބުމްރާ ވަނީ ދެ ވިކެޓް ނަގައިފަ އެވެ. މެޗުގެ ފަހު އޯވަރުގައި، އިންޑިއާގެ ހާޑިކް ޕާންޑްޔާ އަރައި ތަފާތު ދެއްކިއިރު، އޭނާ ވަނީ ތިން ވިކެޓް ނަގައިފަ އެވެ.

މިއީ އިންޑިއާގެ ކޯޗު، ރާހުލް ޑްރާވިޑްގެ ފަހު މެޗެވެ. އޭނާ މި ވަނީ ފަހު މެޗުގައި، އިންޑިއާ އަށް ޓީ20 ވޯލްޑް ކަޕް ހޯދައިދީފަ އެވެ. ކެޕްޓަނެއްގެ ގޮތުގައި ހާސިލްނުކުރެވުނު ކާމިޔާބީ ކޯޗެއްގެ ގޮތުގައި ހާސިލްކޮށްފަ އެވެ.

އަނެއްކޮޅުން، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ، ވިރާތު ވަނީ އިންޑިއާގެ ޓީ20 ޓީމުން ރިޓަޔާކުރަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ.

އިންޑިއާގެ ކެޕްޓަން، ރޯހިތު ޝަރްމާ، އަކީ 2007 ވަނަ އަހަރު އިންޑިއާ އިން ޓީ20 ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ ވެސް މެމްބަރެކެވެ. އެކަމަކު، މި ފަހަރުގެ ތަށި މި ހޯދީ ކެޕްޓަނެއްގެ ގޮތުގަ އެވެ. އޭނާ ބުނީ އިންޑިއާ އިން މި ކާމިޔާބީ ހޯދީ މިިދިޔަ ހަތަރު ވަރަކަށް އަހަރުގެ މަސައްކަތުން ކަމަށެވެ.

ދެކުނު އެފްރިކާ އިން ވެސް ފައިނަލަށް ދަތުރުކުރީ މެޗަކުން ބަލިނުވެ އެވެ. އެހެންކަމުން، އެ ޓީމަށް ފުރަތަމަ ނާކާމިޔާބީ ކުރިމަތިވެފައި މި ވަނީ، ފައިނަލުގަ އެވެ.

ޓީ20 ވޯލްޑް ކަޕް ދެ ފަހަރު ހޯދުމުގެ ޝަރަފް ލިބިފައިވަނީ، ވެސްޓް އިންޑީސް އާއި އިންގްލެންޑްގެ އިތުރުން އިންޑިއާ އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox