އާއިލާގެ ރުހުމާ ދެކޮޅަށް ޖަމީލުގެ ހަށިގަނޑު ގެންދަން ފުލުހުން މަސައްކަތް ކުރުމަށްފަހު ވަޅުލާން ހުއްދަ ދީފި

ޖަމީލްގެ ހަށިގަނޑު ވަޅުލާން ފަހުން ފުލުހުން ވަނީ ހުއްދަ ދީފައި: އެ ސަރަހައްދަށް ހޯމް މިނިސްޓަރު ވެސް ވަނީ ވަޑައިގެންފައި -- ފޮޓޯ: އަދަދު

ޖަމީލްގެ ހަށިގަނޑު ވަޅުލާން ފަހުން ފުލުހުން ވަނީ ހުއްދަ ދީފައި: އެ ސަރަހައްދަށް ހޯމް މިނިސްޓަރު ވެސް ވަނީ ވަޑައިގެންފައި -- ފޮޓޯ: އަދަދު

މާފުށީ ޖަލުގައި އިއްޔެ މަރުވި ށ. ފުނަދޫ ޒަމާނީ ވިލާ މުހައްމަދު ޖަމީލް 45, ގެ ހަށިގަނޑު އާއިލާގެ ރުހުމާއި ދެކޮޅަށް، "އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް" ކަމަށް ބުނެ ހަށިގަނޑު ގެންދަން ފުލުހުން މަސައްކަތް ކުރުމަށްފަހު، ވަޅުލުމަށް ދާދި ދެންމެ ހުއްދަ ދީފި އެވެ.

ހުޅުމާލެ ސަހަރާ ހިމެނޭ ސަރަހައްދުގައި އެސްއޯ ފުލުހުން ހަރަކާތްތެރި ވަމުން އަންނައިރު، އާއިލާއިން ފުލުހުންނާ ހަށިގަނޑު ހަވާލުކުރަން ދެކޮޅު ހެދުމާ ގުޅިގެން ފުލުހުން ވަނީ ވަޅުލާން ފަހުން ފުރުސަތު ދީފަ އެވެ. އެ ފުރުސަތު ދިނީ ހޯމް މިނިސްޓަރު އަލީ އިހުސާން ސަހަރާއަށް ވަޑައިގަތުމަށް ފަހު އެވެ.

ފުލުހުން އަންގާފައިވާތީ މައްޔިތާގެ ޖަނާޒާގެ ކަންކަން ކުރިއަށް ނުގެންދެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ފުރަތަމަ ބުނި އެވެ. ނަމަވެސް ފަހުން ފުލުހުންގެ ހުއްދައާއެކު މިހާރު ޖަނާޒާގެ ކަންކަން އަންނަނީ ކުރަމުންނެވެ.

Advertisement

‎ޖަމީލުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހުޅުމާލޭ ސަހަރާގައި މިހާރު އޮތް އިރު އޭނާގެ މޫނުމަތީގައި ނޫފައިގެންފައިވާ ދެ ނަތަކާއި ކޮންމެވެސް ވަރަކަށް މަށައިގެން ގޮސްފައިވާ ތަނެއް ހުރުމުން، އޭނާ މަރުވީ އަނިޔާގެ ސަބަބުން ކަމަށް ބައެއް މީހުން ދަނީ ތުހުމަތުކުރަމުންނެވެ.

ހޯމް މިނިސްޓަރު ހުޅުމާލެ ސަހަރާގައި -- ފޮޓޯ: އަދަދު
ހޯމް މިނިސްޓަރު ހުޅުމާލެ ސަހަރާގައި -- ފޮޓޯ: އަދަދު

ހޯމް މިނިސްޓަރު ހުޅުމާލެ ސަހަރާގައި -- ފޮޓޯ: އަދަދު

‎ނަމަވެސް ޖަމީލްގެ އާއިލާއިން މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ހަށިގަނޑު ވީހާވެސް އަވަހަށް ވަޅުލުމަށެވެ. އެގޮތުން ރޭ 12:00 ޖެހިއިރު ވަޅުލާން ފުރަތަމަ ނިންމުމަށްފަހު، ފަހުން ފަތިސް ނަމާދަށްފަހު ވަޅުލާން ނިންމި އެވެ.

‎ސޯޝަލް މީޑިއާގައި އެތައް ބަޔަކު އެ ތުހުމަތުތައް ކުރަމުން ދަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރޭ އިހުސާން ވިދާޅުވީ އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރަން ފުލުހުންނަށް އަންގަވާފައިވާނެ ކަަމަށެވެ.

އާއިލާގެ ރުހުން އޮތް ނަމަ ޖަމީލުގެ ޕޯސްޓްމޯޓަމް ހަދަން ވެސް ފުލުހުންނަށް އަންގަވާފައިވާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

ޖަމީލުގެ މަރާ ގުޅިގެން ކަރެކްޝަނަލް ސާވިސް އިން މީޑިއާއަށް ކުރިން ބުނީ ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދީފައިވާ ކަމަށެވެ.

އޭނާ ބަންދުކޮށްފައި ހުރީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެނެވެ. އޭނާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެއް ވެސްމެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox