އަމިއްލަ ސަޕޯޓަރުންނާއި ޓްރެފިކް ޑިލޭއާ ހެދި ބެލްޖިއަމް ކޯޗު ހިތްހަމަނުޖެހިފައި

Jun 28, 2024, 8:40 AM
އަމިއްލަ ސަޕޯޓަރުންނާއި ޓްރެފިކް ޑިލޭއާ ހެދި ބެލްޖިއަމް ކޯޗު ހިތްހަމަނުޖެހިފައި

ސްޓުޓްގާޓް (ޖޫން 28) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މި ފަހަރު ބެލްޖިއަމުން ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި، ހިނގައިދިޔަ ކަންތައްތަކާ ހެދި ބެލްޖިއަމްގެ ކޯޗު ޑޮމެނިކޯ ޓެޑެސްކޯ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ޔޫކްރެއިނާ 0-0 އިން ބެލްޖިއަމް އެއްވަރުވި މެޗަށް ފަހު، ޓެޑެސްކީ ވަނީ ޓްރެފިކް ޑިލޭ އާއި އަމިއްލަ ސަޕޯޓަރުންގެ މައްސަލަތަކެއް ފާހަގަކޮށްފަ އެވެ.

ޓެޑެސްކޯ ބުނީ، މެޗު ކުޅެން ދަނޑަށް އާދެވުނީ ވަރަށް ލަހުން ކަމަށާއި ޓީމާ ވާހަކަ ދައްކާލަން ވެސް އެކަށީގެންވާ ވަގުތު ނުލިބުނު ކަމަށެވެ.

"އަހަރެމެންނަށް ދަނޑަށް އާދެވުނީ މީގެ ކުރިން ދުވަހަކު ވެސް އަހަރެން ތަޖުރިބާކުރަން ޖެހުނު ފަދަ ގޮތަކަށް ނޫން،" ކަންބޮޑުވުންތައް ހިއްސާކުރަން ފެށުމުގެ ގޮތުން ޓެޑެސްކޯ ބުންޏެވެ.

"ޕޮލިސް އެސްކޮޓްގައި ހޮޓަލުން ފެށިގެން ދަނޑަށް އަންނަން ގަޑިއިރެއް ނެގި. މަގު އޮތީ މުޅިން ހުސްކޮށް، ވަރަށް މަޑުން ދުއްވީ، ކޮންމެ ޓްރެފިކް ލައިޓެއް ހުރީ ރަތް ކުލައިގައި. މެޗުގެ ކުރިން ޓީމާ ވާހަކަ ދައްކާލަން ލިބުނީ ދެ މިނިޓް، ވޯމްއަޕަށް ދޭން ޖެހުނު ވަގުތު މަދުކުރަން ޖެހުނު، މިއީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން،"

ޓެޑެސްކޯ ބުނީ، ފުރަތަމަ މެޗުން ފެށިގެން ވެސް އެކި ދަތިތައް ކުރިމަތިވި ކަމަށާއި އެންމެ ފަހުން އަމިއްލަ ސަޕޯޓަރުންގެ ފާޑުކިޔުންތައް ވެސް އަމާޒުވި ކަމަށެވެ. އަދި ބެލްޖިއަމް ކުޅުންތެރިންގެ މޫނަށް ލޭޒާ އަޅުވައި، ސަޕޯޓަރުން ނުރުހިގެން އަޑުގަދަކޮށް ހެދުން އެއީ ޓީމަށް އަސަރުކުރި ކަމެއް ކަމަށް ޓެޑެސްކޯ ފާހަގަކުރި އެވެ.

"އެންމެ މުހިންމު ކަމަކީ މި ހުރިހާ ދަތިތަކާ އެކު ވެސް އަހަރެމެން ކޮލިފައިވެއްޖެ. ކުޅުން ދަށްވިއްޔާ ފާޑުކިޔަންވީ، އެކަމަކު ޓީމުގެ ހިތްވަރު އެލޭ ގޮތަށް ކަންތައް ނުކުރަންވީ،" ޓެޑެސްކޯ ބުންޏެވެ.

ޔޫކްރެއިނާ އެއްވަރުވި މެޗަށް ފަހު، ބެލްޖިއަމްގެ ކެޕްޓަން، ކެވިން ޑި ބްރޭނާ، ކުޅުންތެރިން ގޮވައިގެން ސަޕޯޓަރުންނަށް ތަރުހީބު ދޭން ދިޔަ ވަގުތު ސަޕޯޓަރުން ނުރުހިގެން އަޑުގަދަކުރަން ފެށުމުން ޑި ބްރޭނާ ވަނީ ކުޅުންތެރިން އަނބުރާލައިފައި، ޗޭންޖިން ރޫމަށް ދާން އިރުޝާދުދީފަ އެވެ.

މި ފަހަރުގެ ޔޫރޯ އަށް ފުރިހަަމަ ރެކޯޑަކާ އެކު ކުރިމަތިލި، ބެލްޖިއަމް ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުން 1-0 އިން ސްލޮވާކިއާ އަތުން ބަލިވިއިރު، ދެ ވަނަ މެޗުން ބެލްޖިއަމް ވަނީ 2-0 އިން ރުމޭނިއާ ބަލިކޮށްފަ އެެވެ. ތިން ވަނަ މެޗުގައި ބެލްޖިއަމް، 0-0 އިން ޔޫކްރެއިނާ އެއްވަރުވެ، ގަދަ 16 .ބުރަށް ބެލްޖިއަމް ދިޔައީ، ގްރޫޕްގެ ދެ ވަނައިގެ ގޮތުގަ އެވެ.

ގަދަ 16 ބުރުގައި ބެލްޖިއަމް ކުޅެން ޖެހުނީ ފްރާންސާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox