10 އަހަރަށް ފަހު އިންޑިއާ ޓީ20 ވޯލްޑް ކަޕް ފައިނަލަށް

Jun 27, 2024, 8:27 PM
މެޗުގައި މޮޅު ކުޅުމެއް ދެއްކި އިންޑިއާގެ އާޒާރު ޕަޓޭލް ވިކެޓެއް ނެގުމަށް ފަހު އުފާފާޅުކުރަނީ.---

މެޗުގައި މޮޅު ކުޅުމެއް ދެއްކި އިންޑިއާގެ އާޒާރު ޕަޓޭލް ވިކެޓެއް ނެގުމަށް ފަހު އުފާފާޅުކުރަނީ.---

ގުޔާނާ (ޖޫން 28) - އެންމެ ފަހުގެ ޗެމްޕިއަން، އިންގްލެންޑް 68 ލަނޑުން ބަލިކޮށް، އިންޑިއާ އިން 10 އަހަރަށް ފަހު ޓީ20 ކްރިކެޓް ވޯލްޑް ކަޕުން ވަނީ ޖާގަ ހޯދައިފި އެވެ.

ޓީ20 ވޯލްޑް ކަޕްގެ ޗެމްޕިއަންކަން، އެއް ފަހަރު ހޯދި އިންޑިއާ އެންމެ ފަހުން ފައިނަލް ކުޅުނީ 2014 ވަނަ އަހަރު އެވެ. ބަންގްލަދޭޝްގައި އެ ފަަހަރު ކުޅުނު މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިވީ ސްރީ ލަންކާ އަތުން ހަ ވިކެޓުންނެވެ.

އޮސްޓްރޭލިއާގައި، 2022 ވަނަ އަހަރު ބޭއްވި ޓީ20 ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އިންޑިއާ ވަނީ 10 ވިކެޓުން އިންގްލެންޑް އަތުން ބަލިވެފަ އެވެ. މި ފަހަރުގެ ސެމީގައި އިންޑިއާ އިން މި ވަނީ އިންގްލެންޑްގެ ކިބައިން ބަދަލުހިފައިފަ އެވެ.

ގުޔާނާގެ ޕްރޮވިޑެންސް ސްޓޭޑިއަމްގައި ކުޅުނު މިރޭގެ މެޗުގައި، އިންގްލެންޑުން ޓޮސް ދިމާވުމުން ނިންމީ ފީލްޑް ކުރާށެވެ. އިންޑިއާ އިން ކުޅެން އަރައި، ރަނގަޅަށް ފަށައިނުގަނެވިގެން އުޅެނިކޮށް ވިއްސާރަޔާ ހެދި މެޗު މެދުކަނޑާލަން ޖެހުނެވެ.

އިންޑިއާ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި، ހަތް ކުޅުންތެރިން ނުބައިވެެގެން، 171 ލަނޑު ހެދިއިރު، އެންމެ ރަނގަޅަށް ކުޅުނީ، 39 ބޯޅައިން 57 ލަނޑު ހެދި ޓީމުގެ ކެޕްޓަން، ރޯހިތު ޝަރްމާ އެވެ. ވިރާތު ކޯލީ ނުވަ ބޯޅައިން ނުވަ ލަނޑަށް ނުބައިވިއިރު، ދެން، އިންޑިއާ އަށް ތަފާތު ދެއްކީ، ސޫރްޔަކުމާރް ޔާދަވް އާއި ހާޑިކް ޕާންޑްޔާ އެވެ. ސޫރްޔާ ނުބައިވީ، 36 ބޯޅައިން 47 ލަނޑަށެވެ. އަދި ޕާންޑްޔާ ނުބައިވިއިރު ވަނީ 13 ބޯޅައިން 23 ލަނޑު ހަދައިފަ އެވެ.

މި އިނިންގްސްގައި އިންގްލެންޑްގެ ކްރިސް ޖޯޑަން ތިން ވިކެޓް ނެގި އެވެ.

ޖަވާބުގައި އިންގްލެންޑުން ކުޅެން އަރައި، 16.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވިއިރު، ހެދުނީ 103 ލަނޑެވެ. އިންގްލެންޑަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 15 ބޯޅައިން 23 ލަނޑު ހެދި ކެޕްޓަން، ޖޯޝް ބަޓްލާ އާއި 19 ބޯޅައިން 25 ލަނޑު ހެދި ހެރީ ބްރޫކް އަދި 15 ބޯޅައިން 21 ލަނޑު ހެދި ޖޯފްރާ އާޗާ އެވެ.

އިންޑިއާގެ ބޯލަރުން ތަފާތު ދެއްކި މި މެޗުގައި، އާޒާރު ޕަޓޭލް އާއި ކުލްދީޕް ޔާދަވް، ކޮންމެ ކުޅުންތެރިއަކު ތިން ވިކެޓް ނެގިއިރު، ޖަސްޕްރީތު ބުމްރާ ވަނީ ދެ ވިކެޓް ނަގައިފަ އެވެ.

ޓީ20 ވޯލްޑް ކަޕްގެ ޗެމްޕިއަންކަން، 2007 ވަނަ އަހަރު ހޯދި އިންޑިއާ އިން ހޮނިހިރު ދުވަހުގެ ފައިނަލުގައި ކުޅޭނީ ދެކުނު އެފްރިކާއާ އެވެ.

ފުރަތަމަ ފަަހަރަށް ފައިނަލުގައި ކުޅޭ ދެކުނު އެފްރިކާ ވަނީ ސެމީގައި އަފްގާނިސްތާން ބަލިކޮށްފަ އެވެ. އިންޑިއާ އާއި ދެކުނު އެފްރިކާ އަކީ މި ފަހަރުގެ ޓީ20 ވޯލްޑް ކަޕްގައި ބަލިނުވެ އޮތް ދެ ޓީމެވެ. އެހެންކަމުން، މި ފަހަރަކީ، ޓީ20 ވޯލްޑް ކަޕް ތާރީހުގައި ޗެމްޕިއަަނަކު ބަލިނުވެ، ތަށި އުފުލާލާނެ ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox