މާލީ ހާލަތާ ގުޅޭގޮތުން ވަޒީރުގެ ސީދާ ޖަވާބުތައް މަދު، ފިޔަވަޅުތަކުގެ ޓައިމްލައިނާ މެދު ހިތްހަމަނުޖެހުން

ފިނޭންސް މިނިސްޓަރު ޝަފީގާއި ޓީމު މިއަދުގެ މަޖިލިސް ކޮމިޓީގައި. ގިނަ ސުވާލުތަކަށް ސާފު ޖަވާބު ދެއްވުމުގެ ބަދަލުގައި މިނިސްޓްރީން ދީފައިވަނީ ސީދާ ނޫން ޖަވާބުތަކެއް -- ފޮޓޯ: މަޖިލިސް އިދާރާ

ފިނޭންސް މިނިސްޓަރު ޝަފީގާއި ޓީމު މިއަދުގެ މަޖިލިސް ކޮމިޓީގައި. ގިނަ ސުވާލުތަކަށް ސާފު ޖަވާބު ދެއްވުމުގެ ބަދަލުގައި މިނިސްޓްރީން ދީފައިވަނީ ސީދާ ނޫން ޖަވާބުތަކެއް -- ފޮޓޯ: މަޖިލިސް އިދާރާ

ރާއްޖޭގެ އިގުތިސޯދީ އަދި މާލީ ހާލަތު ބަޔާންކުރުމުގެ ގޮތުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ސާފު ސީދާކޮށް މަދު ޖަވާބުތަކެއް ދެއްވުމާއި އަދި ލިޔުމުން އޭނާ ހިއްސާކުރެއްވި އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ ޓައިމްލައިނާ މެދު މެންބަރުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެންދިޔަ ކޮމިޓީ ބައްދަލުވުމުގައި މެންބަރުންގެ މައިގަނޑު ކަންބޮޑުވުމަކަށް ވެފައި އޮތީ ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވީ ނަމަވެސް އެކަންކަން ތަންފީޒުވުމުގައި ލަސްތަކެއް ހުރުމުންނެވެ. ފިނޭންސް މިނިސްޓަރު ކޮމިޓީއަށް ލިޔުމުން ފޮނުއްވި ރިފޯމް އެޖެންޑާގައި އޮތީ 20 ކަމެކެވެ.

ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަނީ އެ ފިޔަޅުތައް އަޅަން ކަނޑައަޅާފައިވާ ތާރިހުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން, ކަންކަން ހުރީ ތަންފީޒުކުރަން ފަށާނެ ތާރީހު ކަމަށާއި ބޭނުންވަނީ ސުންގަޑިއެއް ކަނޑައެޅުމަށް ފަހު އެކަންކަން ފުރިހަމަވުން ކަމަށް ނާޒިމް ވިދާޅުވި އެވެ.

"މިގޮތަށް އޮތީމައި އަދިވެސް އަޅުގަނޑުމެން ބޭނުންވާ ހިތްހަމަޖެހޭ ކޮމިޓްމެންޓެއް ނުލިބޭ. އަޅުގަނޑުމެން ބޭނުންވަނީ މިވެނި ދުވަހެއްގެ ނިޔަލަށޭ ވިދާޅުވާން. މިގޮތަށް ފެށިގެންނޭ އޮތީމައި އަނެއްކާ ވެސް މިކަން ނުކުރެވިދާނޭ އަޅުގަނޑަށް ގަބޫލުކުރެވޭތީ. ނޫނީ އަނެއްކާ ވެސް ފަހަތު ފަޔަށް ބުރަވެ މިކަންކަން ނުކުރެވިދާނެތީ," ކަންބޮޑުވުން ފާޅުކުރައްވަމުން ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވަނީ ކެރިގެން ސުންގަޑިއެއް ދެންނެވުމަށް ޝަފީގުގެ އަރިހުން އެދިވަޑައިގެންފަ އެވެ. އެ ނޫން ގޮތަކަށް ހަރަދު ކުޑަ ނުކުރެވޭނެ ކަމަށް ނާޒިމް ފާހަގަކުރެއްވި އެވެ.

"ފަށާ ތާރީހަށް ވުރެ މިހާރު މުހިންމީ އެކަމެއް ކުރާނެ, ނިންމާނެ ތާރީހެއް ކަނޑައެޅުން. އެގޮތަށް މިހާރު ރޭވެމުންދާ ކަންކަން ބަދަލުކުރާނަން. މީގެ ގިނަ ކަންކަމަކީ ފައިނޭންސް މިނިސްޓްރީން ހަމައެކަނި ކުރާ ކަންކަމެއް ނޫން. އެ ޑެޑްލައިންތަކެއް ކަނޑައަޅައި ޓައިމްލައިން އަލުން އެކުލަވާލާނަން," ފިނޭންސް މިނިސްޓަރު ޝަފީގު ޔަގީންކަން ދެއްވި އެވެ.

ސަރުކާރުން ކަންކަން އަވަސް ކުރުމަށް ބޭނުންވާ ކަމަށާއި މި ރިފޯމް އެޖެންޑާ ތަންފީޒު ކުރުން ނޫން ގޮތެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

"ހަގީގަތުގައި ވަގުތުން ސްޓާޓް ކުރެވޭނެ [އިސްލާހީ ފިޔަވަޅުތައް އަޅަން ފެށުމުގެ] ޕްލޭނެއް ނެތް. މިހާރު މި ދަނީ ޑީޓެއިލްޑް އެކްޝަން ޕްލޭންތަކާ އެކު ދެން އޭރުން ފެށޭނީ. އެކަމު ފަށާއިރު ބައެއް ޕްރޮގްރާމްތައް ކަމާބެހޭ އިދާރާތަކާ ޕަބްލިކާ މަޝްވަރާ ކުރުމަށް ފަހުފީޑްބެކް އަލީގައި އިސްފަސް ކުރެވޭނެ," ސަރުކާރުން އަދިވެސް ކަންކަން ރާވަމުންދާކަން ހާމަކުރައްވަމުން ޝަފީގު ވިދާޅުވި އެވެ.

ކޮމިޓީގައި އިންނަވާ އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އަދި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވަނީ ސަރުކާރުން އައްޔަނުކުރި ސިޔާސީ މުވައްޒަފުންގެ އަދަދާއި އަމިއްލަ ފަރާތަކަށް ވިއްކި 157 މިލިއަން ރުފިޔާގެ ޓްރެޝަރީ ބޮންޑުގެ ތަފްސީލު ހޯދުމަށް ތަކުރާރުކޮށް އެދިފަ އެވެ.

އެ ދެ ސުވާލަށް ވެސް މިނިސްޓަރު ސާފު ޖަވާބެއް ނުދެއްވިއިރު އެ ޓްރެޝަރީ ބޮންޑު ވިއްކާފައިވަނީ ކުރިން ވިއްކި ބޮންޑުތަކަށް ވުރެ ހެޔޮ ރޭޓެއްގައި ކަމަށް ވިދާޅުވި އެވެ. ނަމަވެސް, ސާފުކޮށް ރޭޓެއް ވިދާޅެއް ނުވެ އެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު ވެސް މިއަދުގެ ޖަލްސާގައި މެންބަރުންނާ ހިއްސާ ނުކުރައްވަ އެވެ. ނަމަވެސް, ބައެއް މުވައްޒަފުން މަދުކުރާ ކަމުގެ އިޝާރާތެއް ދެއްވި އެވެ.

"މިނިސްޓަރުގެ ޕްރެޒެންޓޭޝަނުން އަދި ނަންބާސްތަކެއް, ފިގާސްތަކެއް, ނުއެއް ފެނޭ. އަދި ހިއެއް ނުވޭ އަޅުގަނޑުމެންނަށް ހަގީގީ ހާލަތު ދެނެގަނެވުނުހެނެއް. މައިގަނޑު ގޮތެއްގައި ދެކެވޭ ވާހަކައިން ފާހަގަކުރެވެނީ ބަޖެޓު ކުރިއަށްގެންދަން ދަތިތަކެއް ހުރިކަމާއި 2024, 2025, 2026 ގެ ލޯނުތަކެއްގެ ސަބަބުން ދަތިތަކެއް އަންނަ ކަމަށް," ޝަމްހީދު ވިދާޅުވި އެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ކުންފުނިތަކަށް ލާރި ނުލިބޭ ކަމަށާއި އަދި މަސްވެރިންނަށް ވެސް ފައިސާ ނުދެވޭކަން އެއީ އެންމެނަށް އެނގޭ ހަގީގަތެއް ކަމަށެވެ.

"ކުންފުނިތަކުން ބޭނުންވޭ ޓެކްސް ދައްކަން, ބޭނުންވާ އިރު ސަރުކާރުތަކުން ކުންފުނިތަކަށް ދައްކަން ޖެހޭ ލާރި ނުދިނުމުގެ ސަބަބުން ޓެކްސް ނުދެއްކޭ. ކުންފުނިތަކަށް ޓެކްސް ނުދެއްކޭ ކަމަށްވާނަމަ ސަރުކާރަށް އާމްދަނީ ނުލިބޭ," ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox