ރާއްޖޭގެ ސިއްހީ ދާއިރާ އާއި އެއާޕޯޓު ތަރައްގީ ކުރަން ޖުމުލަ 562.5 މިލިއަން ރިޔާލުގެ ދެ ލޯނު ސަރުކާރުން ނަގައިފި

މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު ތަރައްގީ ކުރުމަށާއި އެއާޕޯޓު ޕްރޮޖެކްޓަށް ޖުމުލަ 562.5 މިލިއަން ރިޔާލުގެ ދެ ލޯނު ސަރުކާރުން ނަގައިފި އެވެ.

އެ ދެ ލޯނުގެ ތަފުސީލުތައް ހާމަކުރީ މިއަދު އޮތް މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގަ އެވެ.

އޭގެތެރެއިން ފުރަތަމަ ލޯނަކީ ސައޫދީ ފަންޑު ފޯ ޑިވެލޮޕްމެންޓުގެ އެހީގައި ދިވެހިރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ނަގާފައިވާ 187.5 މިލިއަން ސައޫދީ ރިޔާލުގެ ލޯނެކެވެ.

އެ ލޯނުގެ އިންޓްރެސްޓު ރޭޓަކީ 2.5 ޕަސެންޓެވެ. އިންޓްރެސްޓު ރޭޓުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވެނީ މުޅި ޖުމުލަ 41.8 މިލިއަން ރުފިޔާ އެވެ. ލޯނު ސާވިސް ކުރުމުން ހިނގާނެ ކަމަށް ބެލެވެނީ 232.6 މިލިއަން ރުފިޔާ އެވެ. އަދި ލޯނުގެ ގްރޭސް ޕީރިއަޑަކީ ފަސް އަހަރެވެ.

ލޯނު ނެގި ބޭނުމުގެ ގޮތުގައި ފިނޭންސް މިނިސްޓަރީން ބުނެފައި ވަނީ ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ރައްޔިތުންގެ ރައްކާތެރިކަމާ އެއްގޮތަށް ހިދުމަތް ދޭކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ސިއްހީ ހިދުމަތް ދޭ އިމާރާތްތައް އެޅުމެވެ.

އެގޮތުން އެ ލޯނުން ރާއްޖޭގެ ތިން ރަށެއްގައި 50 އެނދުގެ ހޮސްޕިޓަލްތަކެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށް މާލިއްޔަތު ކޮމެޓީއާ މިއަދު ހިއްސާ ކުރި ކަރުދާހުގައި ބުނެފައިވެ އެވެ.

އެ ލޯނު އަނބުރާ ދައްކަންޖެހޭ އެންމެ ފަހު ތާރީހަކީ 2044 އެވެ.

ސަރުކާރުން ނަގާފައިވާ އަނެއް ލޯނަކީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުއަށް ސައޫދީ ފަންޑުން ނަގާފައިވާ 375 މިލިއަން ރިޔާލުގެ ލޯނެކެވެ.

އެ ލޯނުގެ އިންޓްރެސްޓު ރޭޓާއި އިތުރު ތަފުސީލެއް ކޮމެޓީގައި ހާމަކޮށްފައެއް ނުވެ އެވެ.

ސަރުކާރުން އިތުރު ދެ ލޯނެއް ނަގާފައި މިވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ. މާލިއްޔަތު ކޮމެޓީގައި މީގެ ކުރިން މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް ވެސް ވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅޭގޮތުން ކަންބޮޑުވާ ފަދަ ކަންތައްތަކެއް ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox