ފަހު ވަގުތު ކްރޮއޭޝިއާ ރޮއްވާލައި އިޓަލީ ގަދަ 16 އަށް

Jun 24, 2024, 9:05 PM
ފަހު ވަގުތު ކްރޮއޭޝިއާ ރޮއްވާލައި އިޓަލީ ގަދަ 16 އަށް

ލައިޕްޒިގު (ޖޫން 25) - އެންމެ ފަހުގެ ޗެމްޕިއަން އިޓަލީން ފަހު ވަގުތު ލަނޑު ޖަހައި 1-1 އިން ކްރޮއޭޝިއާއާ އެއްވަރުކޮށް، މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފި އެވެ.

ކްރޮއޭޝިއާ އަށް ދެން ކުރިއަށްދިއުމުގެ ފުރުސަތެއް އޮންނާނީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.

ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ނޮކައުޓަށް ދިޔައީ ތިން މެޗުން މޮޅުވެ، ނުވަ ޕޮއިންޓް ހޯދި ސްޕެއިން އެވެ. އިޓަލީ ދެ ވަނަ ހޯދީ ތިން މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ.

Advertisement

ތިން ވަނައިގައި ނިންމި ކްރޮއޭޝިއާ އަށް ދެ ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ނޮކައުޓް ބުރުގެ ފުރުސަތު ލިބޭކަން އެނގޭނީ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމޭއިރު، އެ ޓީމަށް އެންމެ ރަނގަޅު ނަތީޖާ ނެރުނު ތިން ވަނަ ޓީމުތަކުގެ ތެރެއިން ގަދަ ހަތަރެއްގައި ހިމެނޭނަމަ އެވެ. ޔޫރޯގެ ހަ ގްރޫޕްގެ ތިން ވަނަ ޓީމުތަކުގެ ރޭންކިންގެ ތެރެއިން ގަދަ ހަތަރަކަށް ވެސް ނޮކައުޓުން ފުރުސަތު ލިބޭނެ އެވެ.

މި ގްރޫޕްގެ ފުލަށް ދިޔަ އަލްބޭނިއާ އަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ނޮކައުޓް ބުރަށް ދިއުމަށްޓަކައި، އިޓަލީ އާއި ކްރޮއޭޝިއާ އަށް ވެސް ނަތީޖާ ނެރުން މަޖުބޫރު މެޗަކަށް މިރޭ ނުކުތްއިރު، ދެ ޓީމުން ވެސް މެޗު ފަށައިގެންދިޔައީ އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

އެ ގޮތުން، މެޗުގެ ފަސް ވަަނަ މިނިޓްގައި ކްރޮއޭޝިއާގެ ލޫކަ ސުކިޗް ޖެހި ބޯޅަ އިޓަލީގެ ކީޕަރު ޖިއަންލުއީޖީ ޑޮނަރުންމާ ވަނީ މަތަކޮށްފަ އެވެ.

އިޓަލީގެ ޕެލެގްރީނީ (މ) އާއި ބަރޭލާ (ވ) ކައިރިން ކްރޮއޭޝިއާގެ މޮޑްރިޗް ބޯޅަ ހިފައިގެންދަނީ.

މެޗުގެ 21 ވަނަ މިނިޓްގައި އިޓަލީގެ ފޯވާޑް، މަޓެއޯ ރެޓޭގީ، ހުސްކޮށް ޖާގައެއް ހޯދުމަށް ފަހު، ފޮނުވާލި ހަމަލާ ވަނީ ބްލޮކްވެފަ އެވެ. އޭގެ ހަ މިނިޓް ފަހުން، އިޓަލީގެ ޑިފެންޑަރު، އަލެސަންދްރޯ ބަސްޓޯނީ ބޮލުން ފޮނުވާލި ބޯޅަ ކްރޮއޭޝިއާގެ ކީޕަރު ޑޮމެނިކޯ ލިވާކޮވިޗް ވަނީ މަތަކޮށްފަ އެވެ.

ކްރޮއޭޝިއާ އިން ދެ ވަނަ ހާފުގައި ކުޅުން ފަށައި، ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ.

މެޗުގެ 52 ވަނަ މިނިޓްގައި އިޓަލީގެ އޭރިއާތެެރެއިން، ކްރޮއޭޝިއާގެ އަންޑްރޭ ކްރަމަރިޗް ޖެހި ޝޮޓެއް އިޓަލީގެ ޑާވިޑޭ ފްރަޓެސީ އަތުގައި ޖެހުމުން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިނީ ޕެނަލްޓީ އެކެވެ. ކްރޮއޭޝިއާގެ ކެޕްޓަން، މޮޑްރިޗް ޖެހި ޕެނަލްޓީ އިޓަލީ ކީޕަރު ޑޮނަރުންމާ ވަނީ މަތަކޮށްފަ އެވެ. އެ ޕެނަލްޓީ މަތަކުރިތާ ކުޑައިރުކޮޅެއް ފަހުން، ކްރޮއޭޝިއާ އިން ކުރި އެޓޭކެއްގައި، އެ ޓީމުގެ އަންޓޭ ބުޑިމީރު ޖެހި ބޯޅައިން ކީޕަރު ޑޮނަރުންމާ އަތުގައި ޖެހިފައި އައި ރީބައުންސެއް ގޯލަށް ވައްދާލައި، މޮޑްރިޗް ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އުމުރުން 38 އަހަރުގެ މޮޑްރިޗަކީ ޔޫރޯގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ.

ލަނޑު ޖެހުމަށް ފަހު މޮޑްރިޗް އުފާފާޅުކުރަނީ.

ކްރޮއޭޝިއާ އިން ލީޑުނެގުމާ އެކު އިޓަލީން ބަދަލުތަކެއް ގެނެސް އެޓޭކް ވަރުގަދަކުރި އެވެ. އެކަމަކު، ކްރޮއޭޝިއާގެ ޑިފެންޑަރުންނާއި ކީޕަރު، ލިވާކޮވިޗް ހުރީ ރަނގަޅަށް ވިސްނައިގެން، އެ ބޯޅަތައް ހުއްޓުވަން ހުށިޔާރުކަމާ އެކީގަ އެެވެ.

އިޓަލީ އަށް ނަތީޖާ ހަމަހަަމަ ކުރަން ވަނީ ރަނުގެ ފުރުސަތެއް ލިބިފަ އެެވެ. އެ ގޮތުން، 86 ވަނަ މިނިޓްގައި އިޓަލީގެ ފެޑެރީކޯ ކިއޭޒާ ގޯލު ކުރިމައްޗަށް ނަގައިިދިން ހުރަހަކަށް އެރި އެ ޓީމުގެ ޖިއަންލޫކާ ސްކަމާކާ ފައިގައި ބޯޅަ ލައްވާލާ ގޮތެއްނުވި އެވެ.

އިތުރު ވަގުތުގެ އަށް މިނިޓްގެ ތެރެއިން ފަހު މިނިޓްގެ ވެސް ފަހު ވަގުތުގައި އިޓަލީ އަށް އެއްވަރުކޮށްދިން ލަނޑު ޖެހީ މަޓެއާ ޒަކާނީ އެވެ. މިއީ ރިކާޑޯ ކަލަފިއޯރީ ބޯޅަ ހިފައިގެން އަރައި، ޒަކާނީ އަށް ދިން ބޯޅައަކުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން އޭނާ ޖެހި ގޯލެކެވެ. މިއީ، ލާޒިއޯ އަށް ކުޅޭ ޒަކާނީ އިޓަލީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ގަދަ 16 ބުރުގައި އިޓަލީ ކުޅޭނީ ގްރޫޕް އޭގެ ދެ ވަނަ ޓީމު ކަމަށްވާ ސްވިޒަލެންޑާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox