ގްރީން ސްޓްރީޓްސް ކަޓުވާލައި އީގަލްސް އިން ސެމީގެ ފަހު ޖާގަ ހޯދައިފި

Jun 24, 2024, 7:21 PM
މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެެރެއިން އީގަލްސް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު.--- ފޮޓޯ: އިމޭޖަސް،އެމްވީ

މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެެރެއިން އީގަލްސް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު.--- ފޮޓޯ: އިމޭޖަސް،އެމްވީ

މިހާރު ކުރިއަށްދާ އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން ފަހަތުން އަަަރައި 3-1 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް އީގަލްސް އިން ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

ގްރޫޕް ބީގެ އެއް ވަނަ ހޯދީ ތިން މެޗުން ހަތް ޕޮއިންޓް ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ. ދެ ވަނަ ހޯދި އީގަލްސް އަށް ތިން މެޗުން ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ގްރީން ސްޓްރީޓްސް އަށް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. މި ގްރޫޕްގެ ފުލުން ނިންމާލި ޔުނައިޓެޑް ވިކްޓަރީ އަށް ޕޮއިންޓެއް ނުލިބެ އެެވެ.

ސެމީ ފައިނަލް ދެ މެޗު ބުރާސްފަތި ދުވަހު ކުޅޭއިރު، ހަވީރު ފުރަތަމަ ސެމީގައި، ގްރޫޕް އޭގެ އެއް ވަނަ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކުޅޭނީ ބީގެ ދެ ވަނަ އީގަލްސްއާ އެވެ. މިއީ، 2022 ވަަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ދެ ޓީމެވެ. ދެ ވަނަ ސެމީ ފައިނަލުގައި، ބުރާސްފަތި ދުވަހުގެރޭ މާޒިޔާ ކުޅޭނީ ޓީސީއާ އެވެ.

އީގަލްސް އާއި ކްލަބް ގްރީން ސްޓްރީޓްސް މިރޭ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ގްރީން ސްޓްރީޓްސް އިން ލީޑުނެގީ، 18 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން އަބްދުﷲ އަނޫސް ޖެހި ގޯލުންނެވެ.

އީގަލްސް އިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ، 41 ވަނަ މިނިޓްގައި އަލީ ރިސްވާން ޖެހި ގޯލުން އެއްވަރުކޮށްފަ އެވެ.

ދެ ވަނަ ހާފުގެ ބޮޑުބައިގައި ދެ ޓީމު އެއްވަރުވެފައި އޮތްއިރު، އީގަލްސް މޮޅުވީ ފަހު 10 މިނިޓް ތެރޭގައި ޖެހި ދެ ލަނޑުންނެވެ. އީގަލްސް އިން ލީޑުނެގި ލަނޑު ޖެހީ މެޗުގެ 83 ވަަނަ މިނިޓްގަ އެެވެ. މި ލަނޑު ޖެހީ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން އަބްދުﷲ ޒުހާން ހަސަން މުހައްމަދު އެވެ.

އީގަލްސްގެ ފަހު ގޯލު ޕެނަލްޓީ އަކުން ކާމިޔާބުކުރީ އަހުމަދު އަފްލާޒް އެވެ. އަފްލާޒް އަކީ މި މެޗުގައި ބަދަލަކަށް ކުޅެން އެރި ކުޅުންތެރިއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox