ފުލުހުން މެދުވެރިވެ އައްޑޫގައި ހުންނަ މިފްކޯގެ ފެކްޓްރީއަށް އަލުން ކަރަންޓު ދީފި

މިފްކޯގެ މަސް ފެކްޓަރީއެއް: ފުލުހުން މެދުވެރިވެ އައްޑޫގައި ހުންނަ މިފްކޯގެ ފެކްޓްރީއަށް އަލުން ކަރަންޓު ދީފި - ފޮޓޯ: މިފްކޯ

މިފްކޯގެ މަސް ފެކްޓަރީއެއް: ފުލުހުން މެދުވެރިވެ އައްޑޫގައި ހުންނަ މިފްކޯގެ ފެކްޓްރީއަށް އަލުން ކަރަންޓު ދީފި - ފޮޓޯ: މިފްކޯ

އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ މަސް ފެކްޓްރީގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން އެ ފެކްޓްރީން ކަރަންޓު ކަނޑާލާފައިވަނިކޮށް، ފުލުހުން މެދުވެރިވެ އެ ފެކްޓަރީއަށް އަލުން ކަރަންޓު ދީފި އެވެ.

މަސްވެރިން ބާނާ، މިފްކޯއަށް ކިރާފައިވާ މަހަށް ލާރި ނުލިބޭ މައްސަލާގައި ކުރަމުންދާ މި އިހުތިޖާޖުގެ ތެރެއިން އައްޑޫ ފެކްޓަރީއިން ކަރަންޓު ކަނޑާލީ ހޮނިހިރު ދުވަހެވެ. މިކަމާ ގުޅިގެން އެ ފެކްޓްރީގެ މުވައްޒަފުން އެ ރޭ ނިދީ ވެސް ވަނީ ބޭރުގަ އެވެ.

މިކަމާ ގުޅިގެން މިފްކޯއިން މައުލޫމާތު ދިން ގޮތުގައި އޮފީސް އިމާރާތާއި އެކޮމޮޑޭޝަން ބްލޮކަށް ފުލުހުން މެދުވެރިވެގެން ކަރަންޓު ދިނުމަށް އިއްޔެ ހަވީރު މަސައްކަތް ކުރި ކަމަށާއި އެ ކަމުގެ ތެރެއިން "އެއްވެފައިވާ މީހުންގެ އަމަލުތައް ހުރިގޮތުން" ފުލުހުން ބާރުގެ ބޭނުން ކޮށްފައި ވާނެ ކަމަށެވެ.

މި މަސައްކަތުގެ ތެރެއިން ރޭ ކަރަންޓު ދިން ނަމަވެސް، މަސްވެރިންގެ އަމަލުތައް ހުރިގޮތުން ކަރަންޓު އަލުން ކަނޑާލާފައިވާ ކަމަށް ވެސް މިފްކޯއިން ރޭ ބުންޏެވެ.

ފެކްޓަރީއަށް ކަރަންޓު ދީފައިވާއިރު މަސްވެރިންގެ އިހުތިޖާޖު ދަނީ ކުރިއަށެވެ. އެ އިހުތިޖާޖުގެ ތެރެއިން ފެކްޓަރީ އާންމު ހާލަތަށް ގެންދިއުމަށް މުވައްޒަފުން ކުރަމުންދާ މަސައްކަތްތަކާއި, ފުލުހުންގެ ޒިންމާތަކަށް ހުރަސް އަޅާ ދޯނިފަހަރުތަކުން މަސްގަތުން ތިން މަސް ދުވަހަށް ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރު މިފްކޯއިން ހޮނިހިރު ދުވަހު ދީފައިވެ އެވެ.

ނަމަވެސް މަސްވެރިން ދަނީ ސަރުކާރުން ދޭ އިންޒާރަކަށް ނުސިހޭނެ ކަމަށާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިން މުޒާހަރާ ކުރަނީ އެ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ސަރުކާރުން ނުދޭތީ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox