ޔޫރޯ 2024; ފުރަތަމަ ދެ މެޗުޑޭގައި ގިނަ ރެކޯޑްތަކެއް

Jun 23, 2024, 5:06 AM
ޔޫރޯ 2024; ފުރަތަމަ ދެ މެޗުޑޭގައި ގިނަ ރެކޯޑްތަކެއް

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ 2024 ގެ ފުރަތަމަ ދެ ހަފުތާގެ ކުޅުން ނިމުނުއިރު, މި ދެ ހަފުތާ ފާހަގަވެގެން އައީ ގިނަ ރެކޯޑްތަކެއް ފެނިގެންދިޔަ ދެ ހަފުތާގެ ގޮތުގަ އެވެ. މި ފަހަރުގެ މުބާރާތް ފެށުމުގެ ކުރިންވެސް ބެލެވިފައި އޮތީ މިއީ ޔޫރޯގެ ތާރީހު ބަދަލުކޮށްލާނެ މުބާރާތެއްގެ ގޮތުގަ އެވެ.

މި ފަހަރުގެ ޔޫރޯގައި އެންމެ ފުރަތަމަ މުގުރާލި ރެކޯޑަކީ ޔޫރޯގެ ތާރީހުގައި ފެނިގެންދިޔަ އެންމެ އަވަސް ގޯލެވެ. ވަރުގަދަ އިޓަލީގެ ޑިފެންސް އަށް ހައިރާން ކަމެއް ދިނުމަށްފަހު 23 ސިކުންތުގެ ތެރޭގައި މި ގޯލު ކާމިޔާބު ކުރީ އަލްބޭނިއާގެ ނަދެމް ބައިރާމީ, 25 އެވެ. މީގެ ކުރިން މި ރެކޯޑް އޮތީ, ރަޝިޔާގެ ޑިމީޓްރީ ކިރީޗެންކޯ އަތުގަ އެވެ. އޭނާ މި ރެކޯޑް ހެދީ އެއް މިނެޓު ހަތް ސިކުންތުން ގޯލު ޖަހައިގެންނެވެ.

މި ފަހަރުގެ ޔޫރޯގައި މިހާތަނަށް އެންމެ ގިނަ ރެކޯޑުތަކެއް ފެނިގެންދިޔައީ ޕޯޗުގަލްގެ ކުޅުންތެރިންގެ ފަރާތުންނެވެ. އެގޮތުން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މިހާތަނަށް ދެ ރެކޯޑެއް ހަދާފައިވާއިރު, ޑިފެންޑަރު ޕެޕޭ ވެސް ވަނީ ރެކޯޑެއް ހަދާފަ އެވެ.

ރޮނާލްޑޯގެ ރެކޯޑުތަކަށް ބަލާއިރު, މި ފަހަރުގެ މުބާރާތާ އެކު, އޭނާ ވެގެންދިޔައީ ހަ ޔޫރޯ އެއްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާ އަށެވެ. އުމުރުން 39, އަހަރުގެ ރޮނާލްޑޯގެ ފުރަތަމަ ޔޫރޯ އަކީ 2004 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯ އެވެ. އެ ފަހުން ބޭއްވި ހުރިހާ ޔޫރޯ އެއްގައި ރޮނާލްޑޯ ކުޅެފައިވެ އެވެ. އަދި 2016 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދައިފައިވެ އެވެ.

ރޮނާލްޑޯގެ ދެ ވަނަ ރެކޯޑަކީ, ޔޫރޯގައި އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިޔާގެ ރެކޯޑެވެ. ތުރުކީ ކޮޅަށް ޕޯޗުގަލް އިން 3-0 ގެ ނަތީޖާ އަކުން ކުރިހޯދި މެޗުގެ ތިންވަނަ ގޯލު ބްރޫނޯ ފެނާންޑޭސް ޖެހިއިރު, މިއީ ރޮނާލްޑޯ ދިން ޕާހަކުން ބްރޫނޯ ފެނާންޑޭސް ޖެހި ގޯލެކެވެ. މިއާ އެކު ރޮނާލްޑޯ މި މުބާރާތުގައި ހެދި އެސިސްޓްގެ އަދަދު ނުވަ އަކަށް ވަނީ އަރައިފަ އެވެ. ރޮނާލްޑޯ އަކީ ޔޫރޯގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ވެސް މެއެވެ. އޭނާ ވަނީ މި މުބާރާތުގައި މިހާތަނަށް 14 ގޯލު ޖަހައިފަ އެވެ.

ޕެޕޭގެ ރެކޯޑަށް ބަލާއިރު, މި ފަހަރުގެ ޔޫރޯއާ އެކު, ޕެޕޭ ވެގެންދިޔައީ ޔޫރޯގައި މެޗެއް ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ. އުމުރުން 41 އަހަރުގެ ޕެޕޭ ވަނީ ޕޯޗުގަލުން ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކާފަ އެވެ. މީގެ ކުރިން މި ރެކޯޑް އޮތީ ހަންގޭރީގެ ކީޕަރު ގަބޫ ކިރާއީ އަތުގަ އެވެ. އޭނާ ރެކޯޑު ހެދީ 40 އަހަރުގައި ޔޫރޯ ކުޅެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox