ފްރޭންކްފާޓް ސްޓޭޑިއަމްގެ ޕިޗުގެ މައްސަލަތައް ޔުއޭފާ އިން ހައްލުކުރަނީ

Jun 22, 2024, 1:59 PM
ފްރޭންކްފާޓް ސްޓޭޑިއަމްގެ ޕިޗުގެ މައްސަލަތައް ޔުއޭފާ އިން ހައްލުކުރަނީ

ފްރޭންކްފަޓް (ޖޫން 22) - މިހާރު ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ބައެއް މެޗުތައް ކުޅެމުންދާ ފްރޭންކްފާޓް އެރީނާގެ ސްޓޭޑިއަމްގެ ޕިޗުގެ ބައެއް މައްސަލަތައް ފާހަގަވެ އެކަން ހައްލުކުރުމުގެ މަސައްކަތް ޔުއެފާ އިން ފަށައިފި އެވެ.

މި ދަނޑުގައި އެންމެ ފަހުން ކުޅުނު މެޗަކީ ގުރޫޕް ސީގައި އިންގްލެންޑާއި ޑެންމާކް ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗެވެ.

ޖަރުމަން ބުންޑަސްލީގާގެ އެއިންޓްރަކްޓް ފްރޭންކްފަޓްގެ ހޯމް ސްޓޭޑިއަމް ކަމަށްވާ ފްރޭންކްފަޓް އެރީނާގައި އިންގްލެންޑާއި ޑެންމާކް ކުޅުނު މެޗުގެ ކުރީކޮޅުގައިވެސް ވިނަ ގަނޑުތައް ނެއްޓެމުން ދިޔަތަން ފެނުނެވެ. އަދި މެޗަށްފަހު ޕިޗުގެ މެއިންޓަނަންސް އިން ވަނީ ގިނަ އަދަދެއްގެ ނެއްޓިފައިވާ ވިނަ ގަނޑުތައް ނަގައިފަ އެވެ.

އިންގްލެންޑާއި ޑެންމާކް ކުޅުނު މެޗުގެ ތެރެއިން ފްރޭންކްފާޓް ޕިޗް.

ޔުއޭފާ އިން ބުނީ ފްރޭންކްފަޓް ދަނޑުގެ ހާލަތު ރަނގަޅުކުރުމުގެ ގޮތުން މެއިންޓަންސްގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެ ދަނޑުގައި ދެން ކުޅޭ މެޗުތަކުގެ ކުރިން ޕިޗުގެ މައްސަލަތައް ހައްލުކުރާނެ ކަމަށެވެ.

"ޔުއެފާ އާއި ކޮންސަލްޓަންޓުންގެ ޓީމުން ދަނީ މުބާރާތުގެ ކުރިންވެސް ސްޓޭޑިއަމްގެ ގްރައުންޑް މެއިންޓަނަންސް ޓީމާއެކު ގުޅިގެން މި މައްސަލަ ހައްލުކުރަން މަސައްކަތްކުރަމުން. ކުރީގެ ހާލަތާ އަޅާބަލާއިރު މިހާރުވެސް ވަރަށް ބޮޑުތަނުން ޕިޗުގެ ހާލަތު ވަނީ ރަނގަޅުކުރެވިފައި،" ޔުއޭފާ އިން ނެރުނު ބަޔާނުގައި ބުނެފައިވެެއެވެ.

މި ދަނޑުގައި ކުޅެން އޮތް މެޗަކީ ގުރޫޕް އޭގައި މާދަމާ ރޭ ޖަރުމަނާއި ސްވިޓްޒަލޭންޑް ބައްދަލުކުރާ މެޗެވެ. އަދި ގުރޫޕް އީގައި މި މަހުގެ 26 ވަނަ ދުވަހު ރޫމޭނިއާ އާއި ސްލޮވާކިއާ ބައްދަލުކުރާ މެޗުވެސް ކުޅެނީ މި ދަނޑުގައެވެ.

ފްރޭންކްފަޓް އެރީނާގައި ކުޅޭ ފަހު މެޗަކީ ޖުލައި 1 ވަނަ ދުވަހު ކުޅޭ ގަދަ 16 ގެ މެޗެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox