ފަހު ވަގުތު ކްރޮއޭޝިއާ އަތުން އަލްބޭނިއާ ޕޮއިންޓެއް ހޯދައިފި

Jun 19, 2024, 3:35 PM
ފަހު ވަގުތު ކްރޮއޭޝިއާ އަތުން އަލްބޭނިއާ ޕޮއިންޓެއް ހޯދައިފި

ހެމްބާގް (ޖޫން 19) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީގައި މިރޭ ކްރޮއޭޝިއާ އިން ފަހަތުން އަރައި މޮޅުވަނިކޮށް، މެޗުގެ އިތުރު ވަގުތުގައި އަލްބޭނިއާ އިން ލަނޑެއް ޖަހައި 2-2 އިން މެޗު އެއްވަރުކޮށްފި އެވެ.

މި މެޗުގެ ނަތީޖާއާ އެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ރަނަރަޕްކަން ހޯދި ކްރޮއޭޝިއާ އަށް ވަނީ ދެ ވަނަ ބުރުގެ ޖާގައެއް ހޯދުމުގައި އުނދަގޫތަކާ ކުރިމަތިވެފަ އެވެ. ކްރޮއޭޝިއާ ވަނީ ފުރަތަމަ މެޗުގައި ސްޕެއިން އަތުން 3-0 އިން ބަލިވެފަ އެވެ.

ހެމްބާގްގެ ދަނޑުގައި ކުޅުނު މެޗުގެ 11 ވަނަ މިނިޓުގައި އަލްބޭނިއާ އިން ލީޑު ނެގީ ކިޒިމް ލާސީ ޖެހި ލަނޑުންނެވެ. ޕެނަލްޓީ އޭރިޔާ ތެރެއަށް އަލްބޭނިއާގެ ކުޅުންތެރިއެއް ހުރަސްކޮށްލި ބޯޅައެއް ލާސީ ބޮލުން ގޯލާ ދިމާލާށް ފޮނުވައިލިއިރު، އެ ބޯޅަ ގޯލަށް ވަނީ ކްރޮއޭޝިއާގެ ގޯލްކީޕަރު، ޑޮމިނިކް ލިވާކޮވިޗްގެ އަތުގައި ޖެހިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލީޑު ފުޅާކުރުމަށް އަލްބޭނިއާ އަށް އިތުރު ފުރުސަތުތަކެއް ލިބުނެވެ. އޭގެ ތެރެއިން އެއް ހަމަލާގެ ހުރަހަކަށްވީ ކީޕަރު ލިވާކޮވިޗް އެވެ.

އަލްބޭނިއާ އިން ލީޑު ހިފެހެއްޓުމަށް ޑިފެންސަށް ފައިބައިގެން ރަނގަޅު މަސައްކަތްތަކެއް ކުރަނިކޮށް، ދެ ވަނަ ހާފުގައި ކްރޮއޭޝިއާ އިން އެ ޓީމު ކޮޅަށް މެޗު އަނބުރާލީ ގާތްގާތުގައި ޖެހި ދެ ލަނޑުންނެވެ.

ކްރޮއޭޝިއާ އިން މެޗުގެ ނަތީޖާ އެއްވަރުކުރީ 74 ވަނަ މިނިޓުގައި އަންދްރޭ ކްރަމަރިޗް ޖެހި ލަނޑުންނެވެ. އަދި އޭގެ ދެ މިނިޓު ފަހުން ކްރޮއޭޝިއާއަށް ލީޑު ލިބުނީ އަލްބޭނިއާގެ ކްލައުސް ގުޖަސޫލާ އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ.

މެޗުން ކްރޮއޭޝިއާ މޮޅުވާނެ ކަމަށް ބެލެވިފައިވަނިކޮށް، އަލްބޭނިއާ އިން މެޗުގެ ނަތީޖާ އެއްވަރުކުރީ އިތުރު ވަގުތުގައި ގުޖަސޫލާ ޖެހި ލަނޑުންނެވެ.

މި ނަތީޖާއާ އެކު ކްރޮއޭޝިއާ އަށް ދެ ވަނަ ބުރުގެ ފުރުސަތެއް ދެން އޮންނާނީ ގުރޫޕްގެ ފަހު މެޗުގައި އިޓަލީ އަތުން މޮޅުވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox