47 އަހަރު ދައުލަތަށް ހިދުމަތް ކުރެެއްވި ޒަކީ ނިޔާވެއްޖެ

47 އަހަރު ދައުލަތަށް ހިދުމަތް ކުރެއްވި ޒަކީއަށް މިދިޔަ އަހަރު, ދިވެހި ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް

47 އަހަރު ދައުލަތަށް ހިދުމަތް ކުރެއްވި ޒަކީއަށް މިދިޔަ އަހަރު, ދިވެހި ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް

47 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ހިދުމަތް ކުރެއްވި މުހައްމަދު ޒަކީ ނިޔާވެއްޖެ އެވެ.

ޒަކީ ނިޔާވުމުން, އޭނާއަށް ހެޔޮ ރަހްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރައްވާ, ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޕޯސްޓު ކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ ޒަކީ އަކީ ދިވެހި ދައުލަތަށް 47 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވައި، އެކަމުގެ އަގު ދައުލަތުން ވަޒަންކުރައްވާ އިނާމު ދެއްވަވާފައިވާ ހިދުމަތްތެރިއެއް ކަމަށެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ޒަކީއަށް އެރުވީ މިދިޔަ އަހަރު ބޭއްވި ގައުމީ އިނާމު ދިނުމުގެ ހަފްލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޒަކީ، ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ، 1973, މާރިޗު 3ގަ އެވެ. އޭނާ 2020, އޮކްޓޯބަރު 28ގައި ރިޓަޔާ ކުރެއްވީ އުމުރުން 65 އަހަރުވެގެންނެވެ. އޭރު ހުންނެވީ, ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ސީނިއާ ޕްރިންޓިން ސުޕަވައިޒަރެއްގެ މަގާމުގަ އެވެ.

މުޙައްމަދު ޒަކީ ވަޒީފާ އަދާކުރެއްވިއިރު، އެ ޑިޕާޓްމަންޓުން ހިންގާ ބައިނަލްއަގުވާމީ އިމްތިހާނުތައް ކަމަށްވާ ޖީސީއީ އޯ-ލެވެލް އިމްތިހާނާއި, ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނާއި، ހަޔާ ސެކަންޑަރީ ސްކޫލްގެ ސެޓުފިކެޓު އިމްތިހާނުތަކުގެ ސުވާލު ކަރުދާސްތަކުގެ އެންމެހައި މަސައްކަތް އަމާނާތްތެރިކަމާއި ފަރުވާތެރިކަމާއެކު އޭނާ ކުރެއްވި އެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސުން، އޯ-ލެވެލް އާއި، އޭ-ލެވެލްގެ ސެންޓަރުތަކަށް، އިމްތިހާނުގެ ސުވާލު ކަރުދާސްތައް ގެންދިޔުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށްތަކަށް ކުރަންޖެހޭ ދަތުރުތަކުގައި ވެސް ޒަކީ އަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވެ އެވެ.

ދިގު މުއްދަތެއްގައި މި މަސައްކަތް ކުރެއްވިއިރު، އެއްވެސް އިރެއްގައި މައްސަލައެއް ޖެހިގެން ސުވާލެއް ކުރަން ޖެހިފައި ނުވާކަން އޭނާއަށް އިނާމު އެރުވިއިރު ފާހަގަކޮށްފައިވެ އެވެ. އަދި މިފަދަ ޒިންމާދާރު މަސައްކަތްތަކެއް ކުރައްވަމުން، ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި ތަނުގެ ސިއްރު ހިފެހެއްޓުމުގައި ޒަކީއަކީ، އެހެން މުވައްޒަފުންނަށް ނަމޫނާ ދެއްކެވި ވަރަށް އިހުލާސްތެރި ތެދުވެރި ބޭފުޅެއްކަން ވެސް ފާހަގަ ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox