ރުމޭނިއާ އަށް މި މުބާރާތުގައި އެންމެން ހައިރާން ކޮށްލެވިދާނެ

Jun 17, 2024, 5:06 AM
ރުމޭނިއާ އަށް މި މުބާރާތުގައި އެންމެން ހައިރާން ކޮށްލެވިދާނެ

މިއުނިކް (17 ޖޫން) - ރުމޭނިއާ އަށް މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެންމެން ހައިރާން ކޮށްލެވިދާނެ ފަދަ ނަތީޖާތަކެއް ނެރެވިދާނެ ކަމަށް ދެކޭ ކަމަށް އެ ޓީމުގެ ކޯޗު އެޑްވާޑް އިއޮޑަނެސްކޫ ބުނެފި އެވެ.

މި ފަހަރުގެ ޔޫރޯގައި އެންމެ ދަށް ނަތީޖާއެއް ނެރޭނެ އެއް ޓީމު ކަމަށް ގިނަ ބަޔަކު ބަލަމުން އަންނަ ރުމޭނިއާ އިން މި އަހަރުގެ މުބާރާތައް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަަށް އިއޮޑަނެސްކޫ ވަނީ ބުނެފަ އެވެ.

ރުމޭނިއާ އަކީ މި ފަހަރުގެ މުބާރާތައް ކޮލިފައިވި އެންމެ "ސަޕްރައިޒިންގް ޓީމް" ކަމަށް ވެސް ގިނަ ބަޔަކު ދެކެ އެވެ.

އިއޮޑަނެސްކޫ ބުނީ މި މުބާރާތައް ކޮލިފައިވެ، ރުމޭނިއާ ކުޅުންތެރިން ތިބީ އެ ފޯމުގައި ޔޫރޯގައި ވެސް ކުޅެން ކަމަށެވެ. އަދި މި ފަހަރުގެ ޔޫރޯގައި އެ ފޯމުގައި ކުޅުންތެރިން ކުޅެފިނަމަ، ޔޫރަޕްގެ އެހެން ޓީމުތައް ހައިރާން ކޮށްލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިއޮޑަނެސްކޫ ބުނެފައިވެ އެވެ.

"މި މުބާރާތައް އަހަރެންގެ ޓީމު ކޮލިފައިވީ ވެސް ގިނަ ބަޔަކު ހައިރާން ކޮށްލާފަ. ކޮލިފިކޭޝަންގައި ދެއްކި ކުޅުން އަހަރެންގެ ޓީމުން ތަކުރާރުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް" އިއޮޑަނެސްކޫ ބުންޏެވެ.

ޔޫކްރެއިންއާ އަޅާބަލާއިރު، ރުމޭނިއާގެ ކުޅުންތެރިންގެ ތަޖުރިބާ ބޮޑުތަނުން މަދު ކަމަށާއި, އެކަމަކު އެއީ ރުމޭނިއާ އަށް އޮތް އެޑުވާންޓޭޖެއްގެ ގޮތުގައި އިއޮޑަނެސްކޫ ދެކެ އެވެ.

"އަހަރެން ދެކެނީ އަހަރެންގެ ޓީމުގައި ތަޖުރިބާ މަދު ކުޅުންތެރިން ތިބުން އެއީ އެޑުވާންޓޭޖެއް ކަމަށް. ނަތީޖާ ނެރެން ބޭނުންވާނަމަ ކުޅުންތެރިންގެ ތަޖުރިބާ ހުރުން އެއީ މުހިންމު ކަމެއް އެކަމަކު ނަތީޖާ އަކީ ކުޅުންތެރިން ކުރާ ބުރަ މަސައްކަތުން ލިބޭ އެއްޗެއް" އިއޮޑަނެސްކޫ ބުންޏެވެ.

އިއޮޑަނެސްކޫގެ ބައްޕަ އެންޖެލް އިއޮޑަނެސްކޫ ވަނީ 1996 ވަނަ އަހަރުގެ ޔޫރޯގައި ވާދަކުރި ރުމޭނިއާ ޓީމަށް ކޯޗުކޮށްދީފަ އެވެ. މި ފަހަރު އިއޮޑަނެސްކޫ ކޯޗުކޮށްދޭއިރު، މިއީ ތާރީހީ ކަމެކެވެ. އެއީ، ޔޫރޯއެއްގައި ބައްޕަ އާއި ދަރިއަކު އެއް ޓީމެއްގައި ކޯޗުކޮށްދޭ ފުރަތަމަ ފަހަރު ކަމަށް ވުމެވެ.

ރުމޭނިއާ އިން ވަނީ މީގެ ކުރިން ޔޫކްރެއިނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ހަ މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފަ އެވެ. މިރޭގެ މެޗު ފަށާނީ 6 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox