ފަހު ވަގުތު ވެގްހޯސްޓް ޖަހައިދިން ގޯލުން ނެދަލަންޑްސް އަށް މޮޅެއް

Jun 16, 2024, 2:59 PM
މެޗުން މޮޅުވި ލަނޑު ޖެހުމަށް ފަހު ވެގްހޯސްޓް އުފާ ފާޅުކުރަނީ. އޭނާއަކީ ނެދަލޭންޑްސްއަށް ފަހު ވަގުތު މުހިންމު ލަނޑުތަކެއް ޖަހައިދީފައިވާ ކުޅުންތެރިޔެއް ---

މެޗުން މޮޅުވި ލަނޑު ޖެހުމަށް ފަހު ވެގްހޯސްޓް އުފާ ފާޅުކުރަނީ. އޭނާއަކީ ނެދަލޭންޑްސްއަށް ފަހު ވަގުތު މުހިންމު ލަނޑުތަކެއް ޖަހައިދީފައިވާ ކުޅުންތެރިޔެއް ---

ހެމްބާގް (ޖޫން 16) - ޔޫރޯ ފުޓުބޯޅަ މުބާރާތުގައި, ވައުޓް ވެގްހޯސްޓް ފަހު ވަގުތު ޖަހައިދިން ގޯލުން ޕޮލެންޑްގެ މައްޗަށް، 2-1 އިން ކުރިހޯދައި ނެދަލެންޑްސް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

މި މެޗު ފަށައިގެން ނެދަލަންޑްސް އިން ވަނީ ފުލުފުލުގައި ޕޮލަންޑްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. އެގޮތުން މެޗުގެ ހަތަރު ވަނަ މިނެޓުގައި ނެދަލަންޑްސްގެ ކޯޑީ ގަކްޕޯ ފޮނުވަލި ބާރު ހަމަލާގެ ހުރަހަކަށްވީ ޕޮލެންޑްގެ ކީޕަރު، ވޮޒްޝިއޭ ޝެޒްނީ އެވެ. އޭގެ ފަހުން މެޗުގެ ނުވަވަނަ މިނެޓުގައި ނެދަލަންޑްސްގެ ޖޭޑީ ޝައުޓަން އޭރިއާ ތެރެއަށް ނަގާދިން ހުރަސް މުޅިން ހުސްކޮށްހުރެ ޓިޖާނީ ރައިންޑަސް ފޮނުވާލި ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

އެކަމަކު މެޗުގެ 16 ވަނަ މިނެޓުގައި ލިބުނު ކޯނަރެއްގެ ފައިދާ ނަގާ ޕޮލެންޑުން ވަނީ ގޯލު ޖަހާ ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ އެޑަމް ބަކްސާ އެވެ. އޭގެ ފަހުން، މެޗުގެ 20 ވަނަ މިނެޓުގައި ޕޮލެންޑްގެ އޭރިއާ ތެރެއިން ނެދަލަންޑްސްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ވެސް ޕޮލެންޑްގެ ކީޕަރު ޝެޒްނީ އެވެ.

އެކަމަކު މެޗުގެ 29 ވަނަ މިނެޓުގައި ނެދަލަންޑްސް އިން ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އޭރިއާ ބޭރުން ގަކްޕޯ ފޮނުވާލި ބާރު ހަމަލާ ޕޮލެންޑްގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ވަނީ ގޯލު ތެރެއަށެވެ.

ނެދަލަންޑްސް އާއި ޕޯލަންޑް ބައްދަލުކުރި މެޗުގެ ތެރެއިން
ނެދަލަންޑްސް އާއި ޕޯލަންޑް ބައްދަލުކުރި މެޗުގެ ތެރެއިން

ނެދަލަންޑްސް އާއި ޕޯލަންޑް ބައްދަލުކުރި މެޗުގެ ތެރެއިން

ދެ ވަނަ ހާފުގައި ވެސް ނެދަލަންޑްސް އިން ވަނީ ޕޮލެންޑްގެ ހާފަށް ބާރުބޮޑު ކޮށް ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ.

އެކަމަކު, ނެދަލަންޑްސް އަށް ގޯލެއް ޖެހޭ ވަރުވީ މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށެވެ. މިއީ އޭރިއާ ތެރެއަށް ނެދަލަންޑްސްގެ ޑިފެންޑަރު ނޭތަން އަކޭ ދިން ޕާހަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވޯޓް ވެގްހޯސްޓް ކާމިޔާބު ކޮށްދިން ގޯލެކެވެ.

ގްރޫޕް ޑީގައި ހިމެނޭ ނެދަލަންޑްސް އިން މުބާރާތުގައި ކުޅޭ ދެ ވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ފްރާންސްއާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މި މަހުގެ 25 ވަނަ ދުވަހު ނުކުންނާނީ އޮސްޓްރިއާ އާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox