ކާވަހާލް ގައުމީ ޓީމަށް ފުރަތަމަ ގޯލު ޖެހި ޖޯޒީ އެކުވެރިޔާ އަށް

Jun 16, 2024, 2:09 PM
ކާވަހާލް ގައުމީ ޓީމަށް ފުރަތަމަ ގޯލު ޖެހި ޖޯޒީ އެކުވެރިޔާ އަށް

ބާލިން (ޖޫން 16) - ސްޕެއިންގެ ޑިފެންޑަރު ޑެނީ ކާވަހާލް ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލު ޖެހިއިރު، ބޭނުންކުރި ޖޯޒީ، އޭނާއާ އެކު ކްލަބް ލެވަލްގައި އެ ޓީމަށް ކުޅޭ ކްރޮއޭޝިއާގެ ކެޕްޓަން، ލޫކަ މޮޑްރިޗަށް ދީފި އެވެ.

ކްލަބް ލެވަލްގައި މި ދެ ކުޅުންތެރިންނަކީ ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ދެ ކުޅުންތެރިންނެވެ. އެ ޓީމުގެ ކެޕްޓަނުންގެ ލިސްޓުގައި ވެސް މި ދެ ކުޅުންތެރިން ހިމެނެ އެވެ.

މި ދެ ކުޅުންތެރިން ވަނީ ކުލަބް ލެވަލްގައި އެއްކޮށް ގިނަ މެޗުތަކެއް ކުޅެފަ އެވެ. އިއްޔެ، ޔޫރޯ ފުޓްބޯޅަ މުބާރާތުގައި، ސްޕެއިނުން ކްރޮއޭޝިއާގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކުރިހޯދި މެޗުގައި ކާވަހާލް ޖެހި ގޯލަކީ އޭނާ ގައުމީ ޓީމަށް ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

އެހެންވެ, ކާވަހާލް ބޭނުންވީ އޭނާގެ ޖާޒީ އޭނާގެ އަތުގައި ހަނދާނަކަށް ބޭއްވުމަށެވެ. އެކަމަކު، މެޗު ނިމުމުން މޮޑްރިޗް ވަނީ ކާވަހާލްގެ ޖާޒީ ބޭނުންވާ ކަމަށް އޭނާގެ ގާތު ބުނެފަ އެވެ. އެއާއެކު ކާވަހާލް ވަނީ އޭނާގެ ޖާޒީ މޮޑްރިޗަށް ދީފަ އެވެ.

"އަހަރެން ބޭނުންވީ ގައުމީ ޓީމަށް ފުރަތަމަ ގޯލު ޖެހެ ޖާޒީ އަހަރެންގެ އަތުގައި ބައިންދަން. އެކަމަކު މޮޑްރިޗް އަހަރެން ގާތު ޖާޒީ ދޭން ބުނުމުން އެއްވެސް ވިސްނުމެއް ނެތި އަހަރެން މޮޑްރިޗަށް އެ ޖާޒީ ހަދިޔާ ކުރީ. މޮޑްރިޗަކީ އަހަރެންގެ ވަރަށް ގާތް އެކުވެރި އެއް އަދި އަހަރެންގެ ޓީމް މޭޓް." ކާވަހާލް ބުންޏެވެ.

ކާވަހާލް އަކީ މި ފަހަރުގެ ޔޫރޯގައި ސްޕެއިން ޓީމަށް މުހިންމު ރޯލެއް ކުޅޭނެ ކުޅުންތެރިއެއް ކަމަށް އެ ޓީމުގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox