އެންމެ އަވަސް ގޯލު ޖެހި އަލްބޭނިއާ އަށް ޗެމްޕިއަން އިޓަލީ ހާސްނުކޮށްނުލެވުނު

Jun 15, 2024, 8:55 PM
އެންމެ އަވަސް ގޯލު ޖެހި އަލްބޭނިއާ އަށް ޗެމްޕިއަން އިޓަލީ ހާސްނުކޮށްނުލެވުނު

ހެމްބާގް (ޖޫން 16) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި ޖެހި އެންމެ އަވަސް ގޯލު ކާމިޔާބުކުރި އަލްބޭނިއާ އަތުން ފަހަތުން އަރައި، އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ 2-1 އިން މޮޅުވެއްޖެ އެވެ.

މިރޭގެ މެޗު ފަށައިގެން، 22 ސިކުންތު ތެރޭގައި އަލްބޭނިއާ އިން ވަނީ ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ، އިޓަލީގެ ފުލްބެކް، ފެޑެރީކޯ ޑި މާކޯ ފަހަތަށް އެއްލި އެއްލުމެއް ހޯދައި، އަލްބޭނިއާގެ ނަދީމް ބައިރާމީ އެވެ. އޭނާ ފޮނުވާލި ބޯޅަ ވަނީ އިޓަލީގެ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ އަތްކައިރިން ގޯލުގެ މަތީ ދާގަނޑަށެވެ.

މިއީ، ޔޫރޯގެ ތާރީހުގައި ފެނިގެންދިޔަ އެންމެ އަވަސް ގޯލެވެެ. މީގެ ކުރިން، ޔޫރޯގައި އެންމެ އަވަސް ގޯލެއް ޖެހުމުގެ ރެކޯޑް އޮތީ 2004 ވަނަ އަހަރުގެ މުބާރާތުގައި، ގްރީސް ކޮޅަށް ރަޝިއާ އިން 1 މިނިޓް ފަސް ސިކުންތު ތެރޭގައި ލަނޑު ޖެހި، ޑިމިޓްރީ ކިރިޗެންކޯ އަތުގަ އެވެ.

މިއީ، އިޓަލީ ކޮޅަށް ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ވަން އެންމެ އަވަސް ގޯލެވެ. އިޓަލީ ކޮޅަށް މީގެ ކުރިން ބައިނަލްއަގުވާމީ މުބާރާތެއްގެ ފުރަތަމަ މިނިޓްގައި ލަނޑެއް ވަދެފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ، 1978 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ފްރާންސްގެ ބާނާޑް ލަކޯމްބް ޖެހި ގޯލެކެވެ.

އަލްބޭނިއާގެ ބައިރާމީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އިޓަލީން، 1988 އަށް ފަހު، ޔޫރޯގެ މެޗެއްގައި ނެރުނު އެންމެ ޒުވާން ފުރަތަމަ އެގާރައާ އެކު ނުކުތްއިރު، އެ ޓީމުން، މިނިޓެއް ފަހުން ނަތީޖާ ހަަމަހަމަކުރުމާ ގާތަށް ޖެހިލި އެވެ. އެ ގޮތުން، އޭރިއާތެރެެއިން ލޮރެންޒޯ ޕެލެގްރީނީ ފޮނުވާލި ޝޮޓް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

މެޗުގެ 11 ވަނަ މިނިޓްގައި އިޓަލީން އެއްވަރުކުރީ އަލެސަންދްރޯ ބަސްޓޯނީ ޖެހި ލަނޑުންނެވެ. އޭނާ މި ލަނޑު ޖެހީ ޕެލެގްރީނީ ނެގި ހުރަހަކުން ބޮލުންނެވެ. ނަތީޖާ ހަމަހަމަ ކުރިތާ ފަސް މިިނިޓް ތެރޭ އިޓަލީން ލީޑުނެގި ލަނޑު ޖެހި އެވެ. އެ ލަނޑު ކާމިޔާބުކުރީ ނިކޯޯލޯ ބަރޭލާ އެވެ. އޭރިއާ ރޮނގުކައިރީގައި ހުއްޓައި، ބަރޭލާ އަށް ލިބުނު ބޯޅަ ވަނީ އެއް ފަހަރުން ގޯލަށް ފޮނުވާލައިފަ އެވެ. މި ގޯލު ބަލައިގަަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ފައުލެއް ހިނގިތޯ ކަށަވަރުކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، އިޓަލީ އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން ޖިއަންލޫކާ ޝްކަމާކާ އަށް ލިބުނު ހުސް ފުރުސަތުން އޭނާ ޖެހި ބޯޅަ އަލްބޭނިއާގެ ކީޕަރު، ތޯމަސް ސްޓްރަކޯޝާ ވަނީ މަތަކޮށްފަ އެވެ.

އިޓަލީން ދެ ވަނަ ހާފުގައި ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ވެސް ވެސް ކީޕަރު ސްޓްރަކޯޝާ އެވެ. އޭނާ ވަނީ ފެޑެރީކޯ ކިއޭޒާ އާއި ޑި މާކޯ ފޮނުވާލި ބޯޅަތައް ހުއްޓުވައިފަ އެވެ.

ބަދަލުތަކެއް ގެނެސްގެން، އަލްބޭނިއާ އިން ވެސް އިތުރު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރެވޭތޯ ބެލި އެވެ. އެކަމަކު، އެކަން ކާމިޔާބުނުވީ އިޓަލީގެ ޑިފެންޑަރުންގެ ހުށިޔާރުކަމުންނެވެ. އެކަމަކު، މެޗުގެ 89 ވަަނަ މިނިޓްގައި އަލްބޭނިއާގެ ފޯވާޑް، ރޭ މަނާއި އަށް ލިބުނު ފުރުސަތެއްގައި ޖެހި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.

ގްރޫޕް ބީގެ ފުރަތަމަ މެޗުގައި މިރޭ ސްޕެއިނުން ވަނީ 3-0 އިން ކްރޮއޭޝިއާ ބަލިކޮށްފަ އެވެ. މި ގްރޫޕްގެ މެޗުތައް ދެން އޮތީ، 19 ވަނަ ދުވަހު އެވެ. ކްރޮއޭޝިއާ އިން އަލްބޭނިއާއާ ކުޅޭއިރު، އިޓަލީން ބައްދަލުކުރާނީ ސްޕެއިންއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox