ގިނަބަޔަކު ވިސްނާނީ އިޓަލީއާ މެދު، އަލްބޭނިއާ އަށް ފައިދާނެގިދާނެ

Jun 15, 2024, 10:09 AM
ގިނަބަޔަކު ވިސްނާނީ އިޓަލީއާ މެދު، އަލްބޭނިއާ އަށް ފައިދާނެގިދާނެ

ޑޯޓްމަންޑް (ޖޫން 15) - ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިރޭ އަލްބޭނިއާ އިން އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއާ ދެކޮޅަށް ނުކުންނައިރު, ހުރިހާ ގޮތަކުންވެސް ޕްރެޝަރު އޮތީ އިޓަލީ އަށް ކަމަށާއި އޭގެ ފައިދާ އަލްބޭނިއާ އަށް ނެގިދާނެ ކަމަށް އެ ޓީމުގެ ކޯޗު ސިލްވީނިއޯ ބުނެފި އެވެ.

އަލްބޭނިއާ ހިމެނިފައި އޮތީ މި ފަހަރު ޔޫރޯގެ މަރުގެ ގްރޫޕް ކަމަށް ގިނަބަޔަކު ބަލާ ގްރޫޕް ބީ ގަ އެވެ. މި ގްރޫޕްގައި އަލްބީނިއާގެ އިތުރުން ދެން ހިމެނެނީ, ސްޕެއިން, ކްރޮއޭޝިއާ އަދި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އެވެ.

ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަނުން އިޓަލީއާ ދެކޮޅަށް އަލްބޭނިއާ ނުކުންނަން ޖެހުމަކީ އެ ޓީމަށް އޮތް ޕްރެޝަރެއްގެ ގޮތުގައި ނުދެކޭކަމަށް އެ ޓީމުގެ ކޯޗު ސިލްވީނިއޯ ވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ބުނެފަ އެވެ.

"ޔޫރޯ މުބާރާތުގައި ކުޅެލަން ލިބުން އެއީ އަލްބީނިއާ އަށް ލިބުން އުފަލެއް. މިއީ ފަސޭހައިން އާދެވުނު ހިސާބެއް ނޫން. ކޮލިފިކޭޝަން ވެސް ދިޔައީ ވަރަށް އުނދަގޫކޮށް" ސިލްވީނިއޯ ބުންޏެވެ.

ސިލްވީނިއޯ ބުނީ މި މެޗަށް ނުކުންނައިރު, އަލްބޭނިއާ އަށް މިއީ ޕްރެޝަރަކަށް ނުވުން, އެއީ އެ ޓީމަށް ލިބޭ އެޑުވާންޓޭޖެއް ކަމަށެވެ.

އަދި އިޓަލީން މި މެޗަށް ނުކުންނައިރުވެސް އެ ޓީމުގެ ސަޕޯޓަރުން އަދި ކޯޗު ލޫޝިއާނޯ ސްޕަލެއްޓީ ވެސް މެޗުން ބަލިވާން ނޭދޭނެ ކަމަށާއި, އެހެންވެ އިޓަލީން މުޅި މެޗުގައި ވެސް ފެންނާނީ ޕްރެޝަރުގައި ތިބެ ކުޅޭ މަންޒަރު ކަމަށް ސިލްވީނިއޯ ބުނެފައިވެ އެވެ.

އިޓަލީގެ ފުޓްބޯޅައިގައި ވެސް ތަޖުރިބާތަކެއް ކޮށްފައިވާ ސިލްވީނިއޯ ބުނީ އަލްބޭނިއާ އަށް މި މުބާރާތުގައި ޖެހިފައި މި އޮތީ އެންމެ ވަރުގަދަ ގްރޫޕް ކަމަށާއި, އެ ޓީމުގެ އަމާޒަކީ މެޗުތަކުގައި ރަނގަޅު ޕާފޯމެއް ދައްކާ ނަތީޖާ ރަނގަޅު ކުރުން ކަމަށެވެ.

އިޓަލީ އާއި އަލްބޭނިއާ ކުޅޭ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox