ޔޫރޯ 2024: ޓެކްނޮލޮޖީއާ ރަށްޓެހި މުބާރާތެއް

Jun 15, 2024, 5:53 AM
ޔޫރޯ 2024: ޓެކްނޮލޮޖީއާ ރަށްޓެހި މުބާރާތެއް

ޖަރުމަނުގައި ރޭ ފެށި މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަކީ، އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށް ވުރެ ޓެކްނޮލޮޖީގެ ގޮތުން މާ ރަނގަޅު މުބާރާތަކަށް ވާނެ އެވެ. އެ ގޮތުން، ކުރިން ބޭނުންކުރަމުން އައި ޓެކްނޮލޮޖީގެ ކަންކަމަށް އިތުރު ފުރިހަމަ ކަމެއް ގެނައުމަށް ފަހު، އާ އީޖާދުތައް ވެސް މި ފަހަރުގެ މުބާރާތުގައި ޓެސްޓް ކުރުމަށް ވަނީ ނިންމައިފަ އެވެ.

އެ ގޮތުން، މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާާރާތުގައި ޓެކްނޮލޮޖީގެ ގޮތުގައި މައިގަނޑުކޮށް ބޭނުންކުރަނީ، ހަތަރު ޓެކްނޮލޮޖީ އެކެވެ. އެއީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)، ކަނެކްޓެޑް ބޯލް ޓެކްނޮލޮޖީ (ސީބީޓީ)، ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީ (އެސްއޭއޯޓީ) އަދި ގޯލް ލައިން ޓެކްނޮލޮޖީ (ޖީއެލްޓީ) އެވެ.

މި ފަހަރުގެ ޓެކްނޮލޮޖީގެ ކަންކަން ބަލަހައްޓަން، ޔޫރޯގެ އޮގަނައިޒިން ކޮމިޓީން ވަނީ ޔުއެފާއާ އެކު މަޝްވަރާ ކުރުމަށް ފަހު ބަދަލެއް ގެނެސްފަ އެވެ. އެންމެ ފަހުން، ޔޫރޯގައި ޓެކްނޮލޮޖީގެ ކަންކަން ބަލަހައްޓަމުން ދިޔައީ، ޔުއެފާގެ ހެޑްކުއާޓަރުގައި ގާއިމްކޮށްފައިވާ ރޫމެއްގަ އެވެ. އެކަމަކު، މި ފަހަރުގެ ޔޫރޯއާ ގުޅޭ ޓެކްނޮލޮޖީގެ ކަންކަން ނިންމާނީ، ލައިޕްޒިގުގައި ގާއިމްކޮށްފައިވާ، ޔޫރޯގެ ދި ފުޓްބޯލް ޓެކްނޮލޮޖީސް ހަބް (އެފްޓެކް ހަބް)ގަ އެވެ.

ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)

ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ކަންކަން ބެލެހެއްޓުމަށް ދެ ވީޑިއޯ އެސިސްޓަންޓް ރެފްރީންނާއި ތިން ވީޑިއޯ އޮޕަރޭޓަރުން ކޮންމެ މެޗެއްގައި ވެސް ހަރަކާތްތެރިވާނެ އެވެ. ވީއޭއާރް މެދުވެރިކޮށް މައިގަނޑު ގޮތެއްގައި ބަލަނީ، ހަތަރު ކަމެކެވެ. އެއީ ގޯލެއްތޯ ކަށަވަރުކުރުމާއި އޭރިއާތެރެއިން ހިނގާ ފައުލުތައް ޔަގީންކުރުުމާއި ރަތް ކާޑާއި ދިމާވާ ހާލަތެއްގެ ތެރެއިން ކުޅުންތެރިއަކު ކަށަވަރުކުރަން ޖެހޭ ދަނޑިވަޅުތަކުގަ އެވެ.

ކަނެކްޓެޑް ބޯލް ޓެކްނޮލޮޖީ (ސީބީޓީ)

މިއީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މުޅިން އަލަށް ބޭނުންކުރާ ޓެކްނޮލޮޖީ އެކެވެ. އެ ގޮތުން، މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބޭނުންކުރާ ބޯޅައިގައި، ހާއްސަ ޗިޕެއް، އެ ބޯޅަ އުފެއްދި ކުންފުނި، އެޑިޑާސް އިން ވަނީ ހިމަނައިފަ އެވެ. މި ޗިޕް މެދުވެރިކޮށް، އޭއައި އިން ކުޅުންތެރިން ހުރި މަގާމުތަކުގެ މައުލޫމާތު ފޯރުކޮށްދޭނެ އެވެ. މިއީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ދެން ޓެސްޓް ކުރަން ނިންމާފައިވާ އަނެއް ޓެކްނޮލޮޖީގެ ވަސީލަތް، ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީ އަށް ފަސޭހަ ކޮށްދޭނެ އީޖާދެކެވެ.

ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީ (އެސްއޭއޯޓީ)

މި ޓެކްނޮލޮޖީ އަކީ މެޗުތަކުގައި ހިނގާ އޮފްސައިޑްގެ ކަންކަން މިހާރަށް ވުރެ އަވަހަށް ކަށަވަރުކުރަން ބޭނުންކުރާނެ ޓެކްނޮލޮޖީ އެކެވެ. މީގެ ކުރިން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް، އޮފްސައިޑް ބަލަން ޖެހުމުން، އެ ދިގުލައިގެންދާ ދިއުމަށް، މި ޓެކްނޮލޮޖީ އިން ލުޔެއް ލިބޭނެ އެވެ. އެއީ، ކުޅުންތެރިން އޮފްސައިޑްތޯ ޔަގީންކުރަން ޖެހޭ ހާލަތެއްގައި، އަވަހަށް އެ ނިންމުން ކަށަވަރުކޮށްދޭން މި ޓެކްނޮލޮޖީ މެދުވެރިކޮށް އެހީހޯދޭނެ އެވެ. މި ޓެކްނޮލޮޖީ އަށް ހާއްސަކޮށް، ކެމެރާ އިން، ކޮންމެ ކުޅުންތެރިއެއްގެ 29 ބޮޑީ ޕޮއިންޓް ޓްރެކްކުރާނެ އެވެ.

ގޯލް ލައިން ޓެކްނޮލޮޖީ (ޖީއެލްޓީ)

ޓެކްނޮލޮޖީ އަށް ބަލާއިރު، ޔުއެފާ އިން 2016 ވަނަ އަހަރުން ފެށިގެން އަންނަނީ ގޯލްލައިން ޓެކްނޮލޮޖީ ބޭނުންކުރަމުންނެވެ. އެ ގޮތުން، ކޮންމެ ގޯލެއްގައި ހަތް އޭންގަލުން ކެމެރާ ހަރުކޮށްގެން، ގޯލް ލައިން ޓެކްނޮލޮޖީ މެެދުވެރިކޮށް ކަންކަން އޮޕަރޭޓް ކުރާއިރު، ގޯލް ލައިން ޓެކްނޮލޮޖީގެ އެހީ ހޯދަން ޖެހޭ ދަނޑިވަޅެއްގައި، މަދު ސިކުންތު ކޮޅެއްގެ ތެރޭގައި، ރެފްރީގެ ގަނޑިއަށް ބޭނުންވާ ޑާޓާ ފޮނުވާލައިދެ އެވެ. މިއީ، ޓެކްނޮލޮޖީތަކުގެ ތެރެއިން އެންމެ ގިނަ ބަޔެއްގެ އިތުބާރު ހޯދާފައިވާ ޓެކްނޮލޮޖީ އެވެ.

މީގެ އިތުރުން، މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޓެކްނޮލޮޖީގެ ކަންކަން ބޭނުންކުރުމަށް ފަހު ނިންމާ ނިންމުން، ދަނޑުގެ ސްކްރީނަށް އަރުވާނެ އެވެ. އަދި ރެފްރީން އެ ނިންމުންތަކުގެ ތަފްސީލް ދެ ޓީމުގެ ކެޕްޓަނުންނަށް ބުނެދޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox