އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ "މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް" އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމައިފި އެވެ.
މީގެ ހަތް އަހަރު ކުރިން 2017 ވަނަ އަހަރުން ފެށިގެން އެ ހޮސްޕިޓަލުން ބާއްވަމުން އަންނަ މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 9، އިން ފެށިގެން ސެޕްޓެމްބަރު 12، ގެ ނިޔަލަށެވެ.
ކޮންފަރެންސްގެ ވެނިއު ޕާޓްނަރަކަށް ވިލާ ނޯޓިކާއެކު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފައިވާއިރު، މެއިން ސްޕޮންސަރަކަށް ސޮއިކުރީ ވޯލްޑިވްސްއާއެކުގަ އެވެ.

އޭޑިކޭގެ "ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް" އަށް ރަޖިސްޓާވާން ހުޅުވާލުން
ކޮންފަރެންސްގައި ރަޖިސްޓްރޭޝަންއަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން އޭޑީކޭ ހޮސްޕިޓަލުގެ ވެބްސައިޓު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
ކޮންފަރެންސްގެ ފުރަތަމަ ދެ ދުވަސް އޭޑީކޭގައި ވޯކްޝޮޕްތަކުގެ އިތުރުން ޝަފިއްޔާ އިންސްޓިޓިއުޓް އޮފް ހެލްތުއާ ގުޅިގެން ލައިވްކޮށް ސާޖަރީއެއް ކުރާތަން ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ކޮންފަރެންސްގެ ފަހު ދެ ދުވަސް ވިލާ ނޯޓިކާގައި ބާއްވާއިރު، ސިއްހީ ދާއިރާއިން ކިޔަވާ ދަރިވަރުން އަދި އެކި ހޮސްޕިޓަލުތަކުގެ މުވައްޒަފުންނަށް ހުށަހެޅުންތައް ދައްކާލާން ފުރުސަތު ލިބޭނެ އެވެ.











