ހުލާސާކޮށް އިއްޔެ: ފާޑުކިޔުން އަމާޒުވުމުން، މޯދީ ހުވާކުރުން ޕީއެސްއެމުން ލައިވް ނުކުރުން

ހުލާސާކޮށް އިއްޔެ: ފާޑުކިޔުން އަމާޒުވުމުން، މޯދީ ހުވާކުރުން ޕީއެސްއެމުން ލައިވް ނުކުރުން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ލައިވް ކުރަން ނިންމުމުން, އެކަމަށް ފާޑުކިޔުން އަމާޒުވި ފަހުން އެ ކަވަރޭޖު ނުގެނެސްދޭން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިއްޔެ ނިންމި އެވެ.

މައުލޫމާތު ލިބިފައި ވާގޮތުގައި ޕީއެސްއެމްގެ މުވައްޒަފުން އިންޑިއާއަށް ގޮސްފައި ވަނީ ވެސް ލައިވް ކުރަން ބޭނުންވާ އިކުއިޕްމެންޓުތައް ހިފައިގެންނެވެ. އިއްޔެ ހެނދުނު 10 ގެ ހަބަރުގައި ވެސް ވަނީ ޕީއެސްއެމްގެ ލައިވް އިންޑިއާއިން ގެނެސްދީފަ އެވެ.

މޯދީގެ ރަސްމިއްޔާތު ޕީއެސްއެމުން ލައިވް ކުރަން ނިންމި ހަބަރު މި ނޫހުން ގެނެސްދިނުމުން އާންމުން ވަނީ ސޯޝަލްމީޑިއާގައި ޕީއެސްއެމްއަށް ނަފުރަތުގެ ބަސްތައް އޮއްސާލައިފަ އެވެ.

Advertisement

މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ލައިވް ކުރަން ނިންމިކަން ޕީއެސްއެމްގެ ތިން މުވައްޒަފަކު މި ނޫހަށް ކަށަވަރުކޮށްދިނެވެ. ނަމަވެސް އާންމުންގެ ފާޑުކިޔުންތައް އިންތިހާއަށް އަމާޒުވުމުން އެ ކަވަރޭޖު ކެންސަލް ކުރިކަން އެތަނުގެ މުވައްޒަފުންނަށް އެންގި އެވެ.

ލައިވް ކެންސަލް ކުރި ސަބަބާ ގުޅޭ ގޮތުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، ޔާމީން ރަޝީދުއާ ސުވާލު ކުރުމުން އިއްޔެ ވިދާޅުވީ މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތު ލައިވް ކުރަން އެއް އިރަކު ވެސް ނުނިންމާ ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް އިރެއްގައި ލައިވް ކުރާކަށް ނުނިންމަން، އެއީ ކަނޑައެޅިގެން ދޮގު ހަބަރެއް،" ޔާމީން ވިދާޅުވި އެވެ.

ނަމަވެސް "އަދަދު" އަށް ވަނީ ޕީއެސްއެމް ޕްރޮގްރާމްތަކުގެ ޝޫޓިން ތާވަލު ލިބިފަ އެވެ. މޯދީގެ ރަސްމިއްޔާތުގެ ލައިވް ކަވަރޭޖު ގެނެސްދިނުމަށް ޕީއެސްއެމް ޕްރޮގުރާމްތަކުގެ ޝޫޓިން ތާވަލުގައި ހިމަނާފައި އޮތީ އިއްޔެ އިރުއޮއްސި 6:00 އިން 8:00 އާ އަށެވެ.

އެ ކަވަރޭޖު ގެނެސްދިނުމަށް އެގަޑިއަށް ތާވަލުކޮށް ޕްރެޒެންޓަރުންނާއި ޓެކްނީޝަނުންގެ އިތުރުން ސައުންޑް އަދި ލައިޓްްސްއަށް ވެސް މުވައްޒަފުން ހަމަޖައްސާފައިވެ އެވެ.

އިންޑިއާގެ ބޮޑުވަޒީރަކު ހުވާ ކުރައްވާ ރަސްމިއްޔާތު މީގެ ކުރިން ދުވަހަކު ވެސް ރާއްޖޭގެ މީޑިއާއަކުން ލައިވްކޮށްފައެއް ނުވެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox