ޝަހީމް ވިދާޅުވީ ފަގީރަކަސް، ފަގީރަކަށް ނުވިޔަސް ސަރުކާރުގެ ހަރަދުގައިވާ ހައްޖު ސައްހަ ވާނެ ކަމަށް

އިސްލާމިކް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެން، ޝަހީމް ފުރަތަމަ ދެއްވި އިންޓަވިއު -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އިސްލާމިކް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެން، ޝަހީމް ފުރަތަމަ ދެއްވި އިންޓަވިއު -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ސަރުކަރުގެ ހަރަދުގައި ހައްޖަށް މީހުން ފޮނުވުމަކީ ސައްހަކަމެއް ކަމަށާއި ސަރުކާރުގެ އެހީގައި ހައްޖަށް ދާ މީހާއަކީ ފަގީރަކަށްވިޔަސް ފަގީރަކަށް ނުވިޔަސް އެމީހެއްގެ ހައްޖު 100 ޕަސެންޓު ރަނގަޅު ވާނެ ކަމަށް އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި ޝަހީމް ކުރެއްވި ޕޯސްޓެެއްގައި ވިދާޅުވީ ސަރުކާރުގެ އެހީގައި ހައްޖަށް ދިޔަ މީހުންގެ ހައްޖު ﷲގެ ވާގިފުޅާއެކު 100 އިންސައްތަ ރަނގަޅުވާނެ ކަމަށާއި ސަރުކާރަކީ ރައްޔިތުންގެ ބެލެނިވެރި ފަރާތް ކަމަށެވެ.

"ސަރުކާރުގައި ހުންނާނީ ރައްޔިތުންގެ ލާރި، ރައްޔިތުންގެ ހައްގު ހިމެނޭ ލާރި، ފަގީރަކަށްވިޔަސް އަދި ފަގީރަކަށް ނުވިޔަސް ސަރުކާރުން ނުވަތަ އެހެން މީހެއްގެ އެހީގައި ކުރާ ހައްޖަކީ 100 ޕަސެންޓު ރަނގަޅު ހައްޖެއް،" ޝަހީމް ވިދާޅުވެފައިވެ އެވެ.

Advertisement

މިފަދަ ޕޯސްޓެއް ޝަހީމް ލިޔުއްވާފައި މިވަނީ ސަރުކާރުގެ އެހީގައި ފަގީރުންގެ ތެރޭގައި ހިމެނޭ ވަރަށް ވުރެ ތަނަވަސް ބަޔަކު ހައްޖަށް ފޮނުވާފައިވާ ކަމުގެ އަޑުތައް ފެތުރި މީހުންގެ ކަންބޮޑުވުން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. ރައްޔިތުންގެ އެ ކަންބޮޑުވުންތަކާ ގުޅިގެން މައުލޫމާތު ސާފު ކުރުމަށް ގުޅުމުން މީޑިއާއަކަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.

މިނިސްޓަރު ޝަހީމް މިރޭ ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވާ ވާހަކަތަކަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި އެއީ ދީނީ ވާހަކަތަކެއް ކަމަށް ވެސް މިނިސްޓަރު، ޝަހީމްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

އެގޮތުން މިސާލެއްގެ ގޮތުގައި ޝަހީމް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ކޮންމެ އަހަރަކު 40 މީހުން ހިލޭ ހައްޖަށް ފޮނުވި ކަމަށް ވިދާޅުވެފަ އެވެ.

"ބައްލަވާ ރައީސް މައުމޫންގެ ވެރިކަމުގައި އަހަރަކު 40 މީހުން ހައްޖަށް ފޮނުވާ ސަރުކާރުން، އަދި ސައޫދީ ސަރުކާރުން ކޮންމެ ގައުމަކުން މީހުން ގެންދޭ، ސައޫދީ ސަރުކާރުގެ ހަރަދުގައި މިއަހަރު ރާއްޖެއިން ވެސް މީހުން ދޭ، ސައޫދީ ސަރުކާރުގެ ހަރަދުގައި ފަލަސްތީނުން ވެސް 1000 މީހުން ދޭ މިއަހަރު ހައްޖަށް،" ޝަހީމްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ސަރުކާރުގެ އެހީގައި ނިކަމެތިން ހައްޖަށް ގެންދަން ނުޖެހޭނެ ކަމަށް ފުރަތަމަ ބުނީ ދީނީ އިލްމުވެރިޔާ، ޑރ. އިޔާޒް މުހައްމަދު ލަތީފު އެވެ. އެކްސްގައި އިޔާޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހައްޖަކީ ކެރި ކުޅާދަވެގެންވާ މީހާގެ މައްޗަށް އޮންނަ ވާޖިބެއް ކަމަށާއި ހައްޖުވުމަށް ކުޅަދާނަކަން ލިބިގެންނުވާ މީހާ ބައިތުލްމާލުގެ ހަރަދުގައި ނުވަތަ ޒަކާތު ފަންޑުން ހަރަދުކޮށްގެން ހައްޖަށް ގެންދަން ނުޖެހޭނެ ކަމަށެވެ.

ނަމަވެސް ތަނަވަސްކަން ހުރި ބޭފުޅަކު ހެޔޮހިތުން އޭނާގެ ހަރަދުގައި ނިކަމެއްޗަކު ހައްޖަށް ނުވަތަ އުމްރާއަށް ފޮނުވުމުގައި މައްސަލައެއް ނެތް ކަމަށް ވެސް އިޔާޒު ވިދާޅުވެފައިވެ އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ޝަހީމްގެ ޕޯސްޓުގައި ލިޔުއްވާފައި ވަނީ އެ ފަތުވާގެ އެއްވެސް އަސާސެއް ނެތްކަން ހާމަވަނީ އަމިއްލަ މީހެއްގެ އެހީގައި ހައްޖު ރަނގަޅު ވާނެ ކަމަށް ބުނެފައި ސަރުކާރުގެ އެހީގައި ހައްޖު ވީމާ ރަނގަޅު ނުވާނެ ކަމަށް ބުނާތީ ކަމަށެވެ.

"އެމީހުން އެދޭ ފަތުވާގެ އަސާސެއް ނެތް ކަމަކީ، އެބުނަނީ އަމިއްލަ މީހަކުގެ އެހީގައި ވެއްޖެއްޔާ ހައްޖު ހަލާލުވާނެޔޯ، ސަރުކާރުގެ އެހީވެއްޖެއްޔާ ހައްޖު ކަމަކު ނުދާނެޔޯ، އެކަމަކު ބައިތުލްމާލުގައި ރައްޔިތުންގެ ހައްގު އޮތީ، އަމިއްލަ މީހާގެ މުދަލުގައެއް ނޫން" ސަރުކާރުގެ ހަރަދުގައި ނިކަމެތިން ހައްޖަށް ގެންދަން ނުޖެހޭކަމަށް ބުނާ ވާހަކައަކީ އިލްމީ އެއްވެސް ހުއްޖަތެއް ނެތް ވާހަކަތަކެއް ކަމަށް ސިފަކުރައްވައި ޝަހީމްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ސަރުކާރުގެ ހަރަދުގައި ކުރާ ހައްޖު ސައްޖަ ވާނެ ކަމަށް ސައުދީ އަރަބިއްޔާގެ ދަންނަބޭކަލުންގެ ފަތުވާއެއް ވެސް އޮންނަކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ ސަރުކާރުން ނިކަމެތިން ހައްޖަށް ފޮނުވަން ނިންމުމަކީ ރައީސް ޑރ. މުހައްމަދު މުއއްިޒު ކުރެއްވި ވަރަށް ބޮޑު ހެޔޮ ކަމެއް ކަމަށެވެ.

އަދި ހައްޖަށް ދިޔަ މީހުންގެ ހައްޖާމެދު ޝައްކު އުފައްދައި އެމީހުންގެ އަނބިދަރިންނަށް އަނިޔާ ދިނުމަކީ ނާއިންސާފު ކަމަށް ވެސް ޝަހީމް ލިޔުއްވާފައިވެ އެވެ.

ހައްޖު ކޯޕަރޭޝަން ހަރުދަނާކޮށް ހައްޖަށް ދިޔުމުގެ އަގު ހެޔޮކުރުމުގެ އިތުރުން، މި ފަސް އަހަރުގެ ތެރޭގައި 1،000 ފަގީރުން ހިލޭ ހައްޖުގެ އަޅުކަމަށް ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެ ވައުދުގެ ދަށުން ރައީސް މުއިއްޒު ނިންމެވީ މި އަހަރު ހައްޖަށް 50 މީހުން ހައްޖަށް ފޮނުވުމަށެވެ. އެކަން ރައީސް އިއުލާނުކުރެއްވީ ޑިސެމްބަރު 5، 2023 ގައި އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދަނީ ހަމައެކަނި ހައްޖު ކޯޕަރޭޝަނުންނެވެ. އިސްލާމިކް މިނިސްޓްރީ ބުނެފައިވާ ގޮތުގައި އެހީތެރިން ފިޔަވާ މި އަހަރު ރާއްޖެއިން 980 މީހަކު ހައްޖަށް ދާނެ އެވެ. ސައުދީން ރާއްޖެއަށް ދޫކުރާ ހައްޖު ކޯޓާގެ އަދަދަކީ 1000 އެވެ.

ރައީސްގެ ވައުދުގެ ދަށުން މި އަހަރު ހައްޖަށް ފޮނުވާ ފަގީރުންގެ އަދަދަކީ 60 ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ފަހުން ނިންމި ނަމަވެސް އޭގެ ތެރެއިން 10 މީހުން ވަނީ އެ ފުރުސަތު ދޫކޮށްލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox