ފިޒާންގެ ގޯލުން އޮޑި ބަލިކޮށް ޓީސީ އަށް ފުރަތަމަ މޮޅު

Jun 9, 2024, 6:02 AM
ޓީސީ ޓީމުގެ ފިޒާން ބޯޅަ ހިފައިގެން ދަނީ.-- ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

ޓީސީ ޓީމުގެ ފިޒާން ބޯޅަ ހިފައިގެން ދަނީ.-- ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި އަބްދުﷲ ފިޒާން ޖެހި ގޯލުން ޓީސީ ސްޕޯޓްސް ކްލަބުން 1-0 އިން އޮޑި ސްޕޯޓްސް ކްލަބް ބަލިކޮށް މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ގަލޮޅު ދަނޑުގެ ލައިޓްތަކުގެ މައްސަލަ އަށް ހައްލެއް ނުލިބޭތީވެ، ޔޫތު ޗެމްޕިއަންޝިޕްގެ މެޗުތައް ކުޅެނީ ހެނދުނު 8 ޖަހާއިރު އާއި ހަވީރު 4 ޖަހާއިރު އެވެ. މެޗުތައް ހެނދުނު ކުޅެން ޖެހޭތީ ޓީމުތަކުގެ ކޯޗުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މުބާރާތުގެ ފުރަތަމަ މެޗު މިއަދު ހެނދުނު ކުޅުނުއިރު، ކޮންމެ ހާފެއްގައި ވެސް ވަނީ 25 މިނިޓަށް ފަހު ވޯޓާ ބްރޭކެއް ނަގައިފަ އެވެ.

އެ ގޮތުން، މެޗުގައި ފެނިގެންިދޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 25 ވަނަ މިނިޓްގައި ޓީސީ އަށް ކާމިޔާބުކޮށްދިނީ ފިޒާން އެވެ. އޭރިއާބޭރުން އޭނާ ޖެހި ބޯޅަ ގޯލަށް ވަނީ އޮޑިގެ ކީޕަރު، ޒަހުރާން ހަސަން ޒިޔާދު އަތްކައިރިންނެވެ.

ޓީސީ އާއި އޮޑި ކުޅުނު މެޗުގެ ތެރެއިން: އޮޑި ޓީމުގެ ޖައުޝަން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: ނައުޝަމް ވަހީދު / އަދަދު

މި މެޗުގައި އޮޑި އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ގޯލެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް، ޓީސީން ވަނީ ރަނގަޅަށް ޑިފެންސްކޮށް، ސްކޯ ހިފަހައްޓައި މެޗުން މޮޅުވެފަ އެވެ.

މި ފަަހަރުގެ މުބާރާތުގައި ޓީސީގެ ކޯޗަކީ އެންމެ ފަހުން، މި މުބާރާތް 2022 ވަނަ އަހަރު ބޭއްވިއިރު، އީގަލްސް އަށް ތަށި ހޯދައިދިން ކޯޗު އަހުމަދު ނިމާދު (ނިމާ) އެވެ. ޓީސީގެ ޔޫތު ޓީމަކީ، މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސް މޭޓްސް)އާ ގުޅިގެން ހިންގާ ޓީމެކެވެ.

މިއީ މިދިޔަ ސީޒަނުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި އޮޑި ސްޕޯޓްސް ކްލަބުން ޔޫތު ޗެމްޕިއަންޝިޕެއްގައި ކުޅުނު ފުރަތަމަ މެޗެެވެ. އޮޑި ސްޕޯޓްސް ކްލަބް، ފުރަަތަމަ ޑިވިޝަނަށް ޕްރޮމޯޓްވުމުގެ ކުރިން، އެ ޓީމު ކުޅުނީ މަސް އޮޑި ސްޕޯޓްސް ކްލަބްގެ ނަމުގަ އެެވެ.

އޮޑި ޓީމުގެ ކޯޗުންނަކީ، ހެޑް ކޯޗު ޔޫސުފް އަޒީމް (ޔޫއްޓޭ)ގެ އިތުރުން، ކޯޗިން ސްޓާފުންގެ ތެރޭގައި އިސްމާއިލް އާސިފް (ކުޑަހީނާ) އެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅޭ މެޗުގައި، ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ އެވެ. މެޗު ފަށާނީ 21:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox