އެންޑްރިކް، އިތުރު ވަގުތުގައި ލަނޑު ޖަހައި ބްރެޒިލް މޮޅުކޮށްދީފި

Jun 9, 2024, 4:06 AM
އެންޑްރިކް، އިތުރު ވަގުތުގައި ލަނޑު ޖަހައި ބްރެޒިލް މޮޅުކޮށްދީފި

ޓެކްސަސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 9) - ސަތާރަ އަހަރުގެ ފޯވާޑް، އެންރިކް، އިތުރު ވަގުތުގެ ތެރޭގައި ޖެހި ލަނޑުން 3-2 އިން މެކްސިކޯ އަތުން ބްރެޒިލް މޮޅުވެއްޖެ އެވެ.

އެންޑްރިކް އަންނަނީ ލިބޭ ކޮންމެ ފުރުސަތެއްގައި ތަފާތު ދައްކަމުންނެވެ. މިދިޔަ މާޗް މަހު އެންޑްރިކް ވަނީ ވެމްބްލީގައި ގޯލު ޖަހައި، އިންގްލެންޑް އަތުން ބްރެޒިލް މޮޅުކޮށްދީފަ އެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން، ސަންޓިއާގޯ ބާނަބައުގައި ގޯލު ޖަހައި، އެންޑްރިކް ވަނީ ބްރެޒިލާއި ސްޕެއިން އެއްވަރުކޮށްދީފަ އެވެ.

ރޭގެ މެޗުގައި، އަންޑްރެއަސް ޕެރެއިރާ ފަސް ވަނަ މިނިޓްގައި ލަނޑު ޖަހައި، ބްރެޒިލަށް ލީޑުނަގައިދިނެވެ. ފުރަތަމަ ހާފު މި ނަތީޖާގައި އޮވެގެން ނިމުނުއިރު، ދެ ވަނަ ހާފު ފަށައިގެން ނުވަ މިނިޓް ތެރޭގައި ބްރެޒިލުން ދެ ވަނަ ލަނޑު ޖެހި އެވެ. މި ލަނޑު ޖެހީ ގަބްރިއެލް މާޓިނެލީ އެވެ.

މެކްސިކޯ އިން ވަނީ ހިތްވަރު ދައްކައި ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ ގޮތުން މެކްސިކޯ އިން ފުރަތަމަ ލަނޑު ޖެހީ، 73 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ޖޫލިއަން ކީނޯނޯސް އެވެ.

އިތުރު ވަގުތުގެ ދެ މިނިިޓް ތެރޭ ގިލެރްމޯ މާޓީނޭޒް ވަނީ ލަނޑު ޖަހައި މެކްސިކޯ އަށް އެއްވަރުކޮށްދީފަ އެވެ. އެކަމަކު، އޭގެ ހަތަރު މިނިޓް ފަހުން އެންޑްރިކް ވަނީ ލަނޑު ޖަހައި ބްރެޒިލް މޮޅުކޮށްދީފަ އެވެ.

ބްރެޒިލުން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ ބުދަ ދުވަހު އެމެރިކާއާ ބައްދަލުކުރާނެ އެވެ. ކޮޕަ އެމެރިކާގައި ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި މި މަހު 24 ގައި ކުޅޭނީ ކޮސްޓަ ރިކާއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox