ހަމަވި ކަމަށް އެޑިއުކޭޝަނުން ބުނި ނަމަވެސް ސްކޫލްތަކަށް ބޭނުންވާ ފޮތްތައް އަދިވެސް ހަމައެއް ނުވޭ!

އަމީނިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް ކިޔަވަން ވަންނަނީ -- ފޮޓޯ: އަދަދު

އަމީނިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް ކިޔަވަން ވަންނަނީ -- ފޮޓޯ: އަދަދު

ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ބޭނުންވާ ފޮތްތައް ފޮނުވާފައިވާ ކަމަށް އެޑިއުކޭޝަނުން ބުނި ނަމަވެސް ބައެއް ސްކޫލްތަކަށް ބޭނުންވާ ފޮތްތައް އެއްކޮށް ހަމައަށް ލިބިފައި ނުވާކަން އެނގިއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓަރީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ބޭނުންވާ ފޮތްތައް ފޮނުވައި ނިމިފައިވާ ކަމަށެވެ.

ނަމަވެސް އެކަމުގެ މައުލޫމާތު އެނގޭ، މިނިސްޓަރީގެ އޮފިޝަލެއް "އަދަދު" އަށް ބުނީ އިންޓަނޭޝަނަލް ސްކޫލްތަކުން ސަރުކާރު ސްކޫލްތަކަށް ބަދަލުވި ކުދިންނަށާއި ފޮތް އިތުރަށް ބޭނުންވާ ސްކޫލްތަަކަށް ބޭނުންވާ ފޮތްތައް ރަށްރަށަށް ފޮނުވާފައިވީ ނަމަވެސް އެ ކުދިންނަށް ފޮތްތައް ލިބޭނީ މާދަމާ ކަމަށެވެ.

އަދި އަރަބި ލޭންގުއޭޖު ކިޔަވާ ދަރިވަރުންގެ ފޮތްތައް ހަމަވާނެ ދުވަހެއް ނުވެސް އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަތޮޅު ތެރޭގެ ރަށްރަށަށް ވެސް އަދި ބޯޓުތައް ފޮތް ހިފައިގެން އެ ވަންނަނީ، އަރަބިކް ލޭންގުއޭޖު ކިޔަވާ ދަރިވަރުންނަށް ފޮތް ހަމަވާނެ ދުވަހެއް އަދިވެސް ނޭނގޭ،" ނަން ނުޖެހުމަށް ޝަރުތުކޮށް އެޑިއުކޭޝަނުން ވާހަކަދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.

އެޑިއުކޭޝަނުން މިއަދު ބުނީ އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުވުމުގެ ސަބަބުން ބައެއް ސްކޫލްތަކަށް ފޮތް ގިނަވެ މަދު އަދަދެއްގެ ފޮތްތައް ބައެއް ސްކޫލްތަކުން މަދުވުމަކީ އާންމުކޮށް ހިނގާކަމެއް ކަމަށެވެ.

"މިފަހަރު ވެސް މިފަދަ ސިޗުއޭޝަންތައް މަދުން ނަމަވެސް ހުރުން އެކަށީގެންވޭ، ނަމަވެސް ޖުމުލަކޮށް ބަލާނަމަ، ފޮތް ރަނގަޅަށް ޑިސްޓްރިބިއުޓް ކުރެވިފައި ވަނީ،" އެޑިއުކޭޝަނުގެ މެސެޖުގައި ބުނެފައިވެ އެވެ.

އެޑިއުކޭޝަނުން އެހެން ބުނި ނަމަވެސް މާލޭގެ ސްކޫލްތަކުގައި ކިޔަވާ ކުދީންނަށް ވެސް ބައެއް ފޮތްތައް އަދި ނުލިބޭ ކަމަށް އެކުދީންގެ ބެލެނިވެރިން ވަނީ "އަދަދު" އަށް ކިޔައިދީފަ އެވެ.

އެގޮތުން ހުރަވީ ސްކޫލުގައި ކިޔަވާ ކުއްޖެއްގެ ބެލެނިވެރިޔަކު ބުނީ އަދިވެސް ބައެއް ފޮތްތައް ސްކޫލުން ނުދޭ ކަމަށެވެ. އަދި ފޮތް ލިބޭނެ ވަކި ދުވަހެއް ވެސް ނާންގާ ކަމަށް އޭނާ ބުންޏެވެ.

މިއަހަރުގެ ކިޔެވުން ފެށީ 96،000 އަށްވުރެ ގިނަ ދަރިވަރުންނާ އެކު އެވެ. އެއީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނެވެ. އޭގެތެރެއިން 83،000 އެއްހައި ދަރިވަރުން ތައުލީމު ހާސިލު ކުރަމުންދަނީ ސަރުކާރުގެ ސްކޫލްތަކުގަ އެވެ.

އެޑިއުކޭޝަން މިނިސްޓަރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ސަރުކާރު ސްކޫލްތަކުގައި ތައުލީމު ހާސިލު ކުރާ ދަރިވަރުންގެ ތެރެއިން 17،000 އެއްހައި ދަރިވަރުންނަކީ މާލޭ ސަރަހައްދުގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނެވެ.

މުޅި ރާއްޖެއަށް ބަލާއިރު، އެލްކޭޖީއިން ފެށިގެން ގުރޭޑު 12 އާ ހަމައަށް ޕްރައިވެޓް ސްކޫލްތަކުގައި ތައުލީމު ހާސިލު ކުރަމުންދާ 13،000 ދަރިވަރުން ތިބިއިރު، އޭގެތެރެއިން 9000 ދަރިވަރުން ކިޔަވަނީ މާލޭ ސަރަހައްދުގައި ހުންނަ ސްކޫލްތަކުންނެވެ.

ކިޔަވާ ކުދީންގެ ފޮތްތައް ހަމަނުވާ މައްސަލައިގައި އިދިކޮޅު އެމްޑީޕީންނާއި ޕީއެންއެފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox