އޭއައި ބޭނުންކޮށްގެން ކިޔަވައިދޭން ޓީޗަރުން އަހުލުވެރިކުރަން ފަށަނީ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުނގެނުމާއި އުނގަންނައި ދިނުމަށް ޓީޗަރުން އަހުލުވެރިކުރުމަށް މި ދިރާސީ އަހަރުގައި ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ބޮޑު ޗުއްޓީއަށް ފަހު ސްކޫލުތަކުގެ ކިޔެވުން މިއަދު ފަށާފައި ވާއިރު، މި މުނާސަބަތާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ ޓެކްނޮލޮޖީގެ ބޮޑު ބަދަލަކަށް ދުނިޔެ މިސްރާބު ޖަހާފައި ވާއިރު ތަރައްގީގެ މައިދާނުގައި ދިވެހިރާއްޖޭގެ މުސްތަގުބަލުގެ ޖީލު ބައްޓަން ކުރަން ވާނީ ޓެކްނޮލޮޖީއަށް އަހުލުވެރި، ކުރިއެރުމަށް ލޯބިކުރާ، އިސްލާމީ މަތިވެރި އަގުތައް އަށަގަނެފައިވާ ބައެއްގެ ގޮތުގައި ކަމަށެވެ. އެކަން ކާމިޔާބު ކުރަން ޓީޗަރުން ބިނާކުރަންޖެހޭ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގެނުމާއި އުނގަންނައި ދިނުން ހަރުދަނާ ކުރުމާއި މުދައްރިސުން އަހުލުވެރިކުރުވުމާއި ޝާމިލުކޮށްގެން އުނގަންނައި ދިނުމުގައި އެސިސްޓިވް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގަންނައި ދިނުމަށް މުދައްރިސުން އަހުލުވެރި ކުރުވުމަށް ހާއްސަ އިސްކަމެއް މި ދިރާސީ އަހުރުގެ ތެރޭގައި ދެވިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ތައުލީމީ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފެންވަރު ރަނގަޅު މުދައްރިސުން މަދުވުމުގެ މައްސަލަ ކަމަށާއި މިކަން ހައްލުކުރުމަށް މުދައްރިސުން ސްކޫލުގައި ހޭދަކުރާ މަސައްކަތުގެ ވަގުތު ވަކި މިންގަނޑެއްގައި ހިފެހެއްޓުމުގެ އިތުރަށް ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ މުދައްރިސުންނަކީ ދޭސީ މުދައްރިސުންނަށް ހެދުމަށް ގައުމީ ފެންވަރުގައި މުދައްރިސުން ތަމްރީނުކުރުރުމުގެ ޕްރޮގްރާމެއް މި ދިރާސީ އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ފެންވަރު ރަނގަޅު ތައުލީމަކާއި ތަރުބިއްޔަތެއް ދަރިވަރުންނަށް ފޯރުކޮށްދެވޭނީ ފެންވަރު ރަނގަޅު އުފެއްދުންތެރި ވިސްނުމުގެ މުދައްރިސުން ދާއިރާގެ ހިދުމަތުގައި ތިބެގެން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭލެވެލްގައި ބައިވެރިކުރާ ދަރިވަރުން އިތުރު ކުރަނީ

ގްރޭޑު 10 ނިންމުމަށް ފަހު، ގްރޭޑު 11 އަދި 12 ގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ އަދަދު ދަށްވަމުން ދާއިރު އެކަމަށް ހައްލެއް ގެނައުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މިނިސްޓަރު ހިތާބުގައި ވިދާޅުވި އެވެ.

ދަރިވަރުންނަށް އުނގެނުމުގެ މައިދާނުގެ ތަފާތު ރޮނގުތަކުން، - އިލްމީ، ކުޅިވަރު ނުވަތަ މަސައްކަތްތެރިކަމުގެ ރޮގުން - ކުރިއަށް ދެވޭނެ މަގުތައް ތަނަވަސް ވެފައި ވުމަކީ ގައުމުގެ ތަރައްގީއަށް ބޭނުންތެރި ކަމެއް ކަށާއި އެ މަގަށް ކަންތައްތައް ތަރުތީބު ކުރުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އޭލެވެލް މަރުހަލާގައި ދަރިވަރުން ބައިވެރިވުން އިތުރުކޮށް ފަންނީ ތަފާތު ދާއިރާތަކުން މަސައްކަތްތެރިކަމުގެ ތަމްރީނު ލިބޭނެ ޕްރޮގްރާމުތަކެއް ކައިރި މުސްތަގުބަލެއްގައި ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އިލްމީ ފަންނުވެރި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ވަނީ އަޅުގަނޑުމެން އެންމެން ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ގުޅިގެން ކުރާ މަސައްކަތުން،" މިނިސްޓަރު ވިދާޅުވި އެވެ.

އެކަން ކާމިޔާބުކުރަން އެންމެ މުހިއްމު ކަމަކީ ސްކޫލުތަކާއި ބެލެނިވެރިންގެ ގުޅުން ވަރުގަދަވެ ހަރުދަނާވުން ކަމަށާއި މި ފެށޭ ދިރާސީ އަހަރަކީ އެ ގުޅުން އިތުރަށް ތަރައްގީވެ ދަރިވަރުންގެ ކުރިއެރުމަށް އެންމެންގެ ވިސްނުމާއި ފިކުރު ސީދާވެގެން ދާނެ އަހަރަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ދަރިވަރުން އެންމެ ބޮޑު އިސްކަމެއް ދޭންވީ އިސްލާމް ދީނަށް ލޯބިކުރާ، މައިންބަފައިންނަށް ކިޔަމަންތެރި، މުދައްރިސުންނަށް ގަދަރާއި އިހުތިރާމުކުރާ އަދި ހިތްމަތާއެކު އުނގެނުމަށް މަސައްކަތްކުރާ ޒިންމާދާރު ދަރިވަރަކަށް ވުމަށް ކަމަށެވެ. އަދި އެކަކު އަނެކަކަށް އިހުތިރާމުކުރުމާއެކު ތިމާ އާއި ތިމާ ވަށައިގެންވާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ދަރިވަރަކަށް ވުމަށް ކަމަށް ވެސް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.

"އުނގެނުމަށް ލިބިފައިވާ ރަނުގެ ފުރުސަތު އެންމެ ހެޔޮ ގޮތުގައި ބޭނުންކުރުމަށް ތިޔަ ހުރިހާ ދަރިވަރުންނަށް ނަސޭހަތްތެރިވަން،" މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލުތައް ފިނިކުރުމުގެ މަޝްރޫއު

އުނގެނުމަށާއި އުނގަންނައިދިނުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި އުފާވެރި ހިތްފަސޭހަ މާހައުލެއް ސްކޫލުތަކުގައި ގާއިމު ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާނެ ކަމެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވުމަށް ފަހު ވިދާޅުވީ ކްލާސްރޫމުތަކުގައި އެއާ ކަންޑިޝަން ހަރުކުރުމުގެ މަޝްރޫއުގެ ވާހަކަ އެވެ.

"ކްލާސްތަކުގައި ދަރިވަރުން ތިބޭއިރު އިހުސާސް ކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ އެކަމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުން ތަހައްމަލުކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ސްކޫލުތައް އޭސީ ކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ދާދި އަވަހަށް ފެށިގެން ކުރިއަށް ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިދުވަސްވަރު މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހޭއިރު ފުރަތަމަ ތިން ދުވަހުގެ ކިޔެވުމުގެ ވަގުތު ކުޑަކުރަން ސްކޫލުތަކަށް ވަނީ އަންގައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox