އުތުރުގެ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނި ގޮތުގައި އެކަން ހިނގީ ނ، ރ، ބ، އަދި ޅ، އަތޮޅު ހިމެނޭ ނޯތު ޕޮލިސްގެ ބެލުމުގެ ދަށުގައި އޮތް ރަށެއްގަ އެވެ. ފުލުހުންނަށް އެ މައްސަލަ ރިޕޯޓުކުރީ މި މަހުގެ 19 ގައި ކަަމަށް ވެސް ބުންޏެެވެ.
ނަމަވެސް މިހައިތަނަށް އެ މައްސަލާގައި ފުލުހުން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ނޫސްތަކާ ހިއްސާކުރި މެސެޖުގައި ބުންޏެެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ތަރުޖަމާނު ވިދާޅުވި އެވެ.
މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ އަދަދެއް ނުވަތަ އެ ބަޔަކާ ގުޅޭ އެއްވެސް މައުލޫމާތެއްވެސް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.
ފުލުހުން މިފަދަ މައްސަލަތަކުގައި ގެންގުޅޭ އާންމު އުސޫލުގެ ދަށުން މައްސަލާގައި ހިމެނޭ ކުޑަކުއްޖާގެ ތަފުސީލު އަދި ނިސްބަތްވާ ރަށް ހާމައެއް ނުކުރެ އެެވެ.













