އައިޕީއެލް ފައިނަލުގެ ފުރަތަަމަ ޖާގަ ކަލްކަތާ އަށް

May 22, 2024, 5:58 AM
އައިޕީއެލް ފައިނަލުގެ ފުރަތަަމަ ޖާގަ ކަލްކަތާ އަށް

އަހުމަދުއާބާދު، އިންޑިއާ (މެއި 22) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަލްކަތާ ނައިޓް ރައިޑާސް އިން ވަނީ ހޯދައިފި އެވެ.

މިއީ، ކަލްކަތާ އިން މުބާރާތުގެ ފައިނަލަށް ދަތުރުކުރި ހަތަރު ވަނަ ފަހަރެވެ. އައިޕީއެލްގެ ޗެމްޕިއަންކަން، 2012 އާއި 2014 ވަނަ އަހަރު ހޯދި ކަލްކަތާ އިން އެންމެ ފަހުން ފައިނަލުގައި ކުޅެފައިވަނީ، 2021 ވަނަ އަހަރު ދުބާއީގައި މުބާރާތް ކުޅުނުއިރު އެވެ. އެ ފަހަރު، ޗެންނާއި ސުޕަ ކިންގްސް އަތުން ވަނީ ބަލިވެފަ އެވެ.

ކަލަކްތާ އިން ވަނީ ފުރަތަމަ ކޮލިފަޔާ މެޗުން، ސަންރައިޒާސް ހައިދަރުއާބާދުގެ މައްޗަށް އަށް ވިކެޓުން ކުރިހޯދައިފަ އެވެ.

ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، ޓޮސް ދިމާވުމުން ހައިދަރުއާބާދުން ނިންމީ ކުޅެން އަރާށެެވެ. އެކަމަކު، އެ ނިންމުމާ އެއްވަރުގެ ކުޅުމެއް އެ ޓީމަށް ނުދެއްކުނެވެ. ފުރަތަމަ އޯވަރުގެ ތެރޭގައި، ހައިދަރުއާބާދުގެ ޓްރަވިސް ހެޑް އާއި އަބިޝޭކް ޝަރްމާ ވަނީ ނުބައިވެފަ އެވެ. ހެޑް ނުބައިވީ ފުރަތަމަ ބޯޅައިންނެވެ. އަބިޝޭކް ނުބައިވީ، ހަތަރު ބޯޅައިން ތިން ލަނޑު ހަދާފައި އޮއްވަ އެވެ.

ހައިދަރުއާބާދުގެ ހުރިހާ ކުޅުންތެރިން، 19.3 އޯވަރުގެ ތެރޭގައި ނުބައިވިއިރު، އެ ޓީމަށް ހެދުނީ، 159 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ، 55 ލަނޑު ހެދި ރާހުލް ތުރިޕަތީ އާއި 32 ލަނޑު ހެދި ހެއިންރިޗް ކްލާސެން އެވެ.

މި އިނިންގްސްގައި ކަލްކަތާގެ މިޗެލް ސްޓާކް ވަނީ ތިން ވިކެޓް ނަގައިފަ އެވެ. އަދި ވަރުން ޗަކުރަވަތީ ވެސް ދެ ވިކެޓް ނެގި އެވެ.

ޖަވާބުގައި ކުޅެން އަރައި، ކަލްކަތާ އިން ވަނީ، 13.4 އޯވަރުގެ ތެރޭގައި، ދެ ކުޅުންތެރިން ނުބައިވެގެން، 164 ލަނޑު ހަދައި މެޗުން މޮޅުވެފަ އެވެ. ކަލްކަތާ އިން ފުރަތަމަ ކުޅެން އެރި، ރަހުމާނުﷲ ގުރްބާޒް އާއި ސުނިލް ނާރައިން އަށް މާ ރަނގަޅު ޕާޓްނާޝިޕެއް ނުހެދި ނުބައިވި އެވެ. އެ ގޮތުން، ރަހުމާނުﷲ ނުބައިވީ، 23 ލަނޑު ހަދާފައި ވަނިކޮށެވެ. ނާރައިން ނުބައިވިއިރު، ހެދުނީ 21 ލަނޑެވެ.

އޭގެ ފަހުން ކުޅެން އެރި، ވެންކަޓޭޝް އައްޔަރު (ވެންކީ) އާއި ޝްރޭޔަސް އައްޔަރުގެ ޕާޓްނަޝިޕުން ވަނީ މެޗުން މޮޅުވާ ސްކޯ ނެރެފަ އެވެ. ވެންކީ، 51 ލަނޑު ހެދިއިރު، ޝްރޭޔަސް ވަނީ 58 ލަނޑު ހަދައިފަ އެވެ.

މި މެޗުން ބަލިވިޔަސް، ހައިދަރުއާބާދަށް އަދި ފުރުސަތު އެބައޮތެވެ. އެ ޓީމުން، ކޮލިފަޔާ ދޭއްގައި ކުޅޭނީ، މިރޭ ކުޅޭ އެލިމިނޭޓާ މެޗުން މޮޅުވާ ޓީމަކާ އެވެ. އެލިމިނޭޓާ މެޗުގައި ކުޅެނީ، ރޯޔަލް ޗެލެންޖާސް ބެންގަލޫރު އާއި ރާޖަސްތާން ރޯޔަލްސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox