އައިޕީއެލް: މެޗު ނުކުޅެވުނަސް ހައިދަރުއާބާދު ޕްލޭއޮފަށް

May 17, 2024, 8:50 AM
އައިޕީއެލް: މެޗު ނުކުޅެވުނަސް ހައިދަރުއާބާދު ޕްލޭއޮފަށް

ހައިދަރުއާބާދު (މެއި 17) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ރޭ ގުޖުރާތު ޓައިޓަންސްއާ ދެކޮޅަށް ކުޅެން އޮތް މެޗު ވިއްސާރައިގެ ސަބަބުން ސަންރައިޒާސް ހައިދަރުއާބާދަށް މެޗު ނުކުޅެވުނު ނަމަވެސް، ލިބުނު ޕޮއިންޓާ އެކު ޕްލޭއޮފަށް ދަތުރުކޮށްފި އެވެ.

އައިޕީއެލްގެ ގަވާއިދުގައިވާ ގޮތުން، ޝެޑިއުލްގައިވާ މެޗެއް ވިއްސާރައިގެ ސަބަބުން ނުކުޅެވިއްޖެނަަމަ، ދެ ޓީމަށް ޕޮއިންޓެއް ލިބޭ ގޮތަށް ނިންމައިލަނީ އެވެ. އެ ގޮތުން، ރޭ ގުޖުރާތާއި ހައިދަރުއާބާދުގެ މެޗު ވެސް އެ ގޮތަށް ނިންމަން ޖެހުނީ އެވެ. ލިބުނު ޕޮއިންޓާ އެކު، ހައިދަރުއާބާދުން ވަނީ ގަދަ ހަތަރެއް ޔަގީންކޮށްފަ އެވެ.

ހައިދަރުއާބާދަކީ މި ފަހަރުގެ، އައިޕީއެލްގެ ގަދަ ހަތަރަކުން ފުރުސަތު ހޯދި ތިން ވަނަ ޓީމެވެ. މީގެ ކުރިން، ކަލްކަތާ ނައިޓް ރައިޑާސް އާއި ރާޖަސްތާން ރޯޔަލްސް ވެސް ވަނީ ޕްލޭއޮފަށް ދަތުރުކޮށްފަ އެވެ.

ރޭގެ ނަތީޖާއާ އެކު، ލަކްނައު ސުޕަ ޖަޔަންޓްސް އާއި ދިއްލީ ކެޕިޓަލްސް އަށް ޕްލޭއޮފްގެ ދޮރު ވަނީ ބަންދުވެފަ އެވެ. މިހާރު އޮތްގޮތުން، ގަދަ ހަތަރެއްގެ ފަހު ޖާގަ ހޯދައި، ޕްލޭއޮފަށް ދިއުމުގެ ފުރުސަތު އޮތީ ދެ ޓީމަކަށެވެ. އެއީ ރޯޔަލް ޗެލެންޖާސް ބެންގަލޫރު އާއި ޗެންނާއި ސުޕަކިންގްސް އަށެވެ.

ތާވަލުގެ ކުރީގައި، ކަލްކަތާ އޮތީ، 13 މެޗުން 19 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރާޖަސްތާން ރޯޔަލްސް އަށް 12 މެޗުން ވަނީ 16 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް، ސަންރައިޒާސް ހައިދަރުއާބާދަށް ވަނީ 13 މެޗުން 15 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް، ޗެންނާއި ސުޕަ ކިންގްސް އަށް 13 މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް، ދިއްލީ ކެޕިޓަލްސް އިން ހުރިހާ މެޗެއް ހަމަވެފައިވާއިރު، 14 މެޗުން ހަމަކުރެވުނީ 14 ޕޮއިންޓެވެ. ހަ ވަނައިގައި އޮތީ، 13 މެޗުން 12 ޕޮއިންޓާ އެކު، ރޯޔަލް ޗެލެންޖާސް ބެންގަލޫރު އެވެ.

ފުލުގައި އޮތް ހަތަރު ޓީމު ވަނީ މުބާރާތުން ކަޓައިފަ އެވެ. އެއީ، ލަކްނައު، ގުޖުރާތު، ޕަންޖާބް އަދި މުމްބައި އެވެ.

އެ ގޮތުން، ހަތް ވަނައިގައި އޮތް ލަކްނައު އަށް 13 މެޗުން 12 ޕޮއިންޓް ލިބިފައިވެ އެވެ. އަށް ވަނައިގައި 14 މެޗުން 12 ޕޮއިންޓާ އެކު އޮތް ގުޖުރާތު ޓައިޓަންސް އޮތްއިރު، ނުވަ ވަނައިގައި އޮތް ޕަންޖާބަށް ވަނީ 13 މެޗުން 10 ޕޮއިންޓް ލިބިފަ އެވެ. އަދި ފުލުގައި، އޮތް މުމްބައި އަށް ވަނީ 13 މެޗުން އަށް ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox