ސުއޫދު ވިދާޅުވަނީ މުޅި ރާއްޖެ ދިރާސާކޮށް، ހިއްކޭނެ ތަންތަން ކަނޑައަޅަން ޖެހޭ ކަަަމަށް

ހުޅުމާލޭގެ ބިން ހިއްކުމުގެ މަސައްކަތްކުރިއަށް ދަނީ: ބިން ހިއްކުމަކީ ތިމާވެއްޓަށް ނުހަނު ގެއްލުން ބޮޑު ކަމެއް -- ފޮޓޯ: ރައީސް އޮފީސް

ހުޅުމާލޭގެ ބިން ހިއްކުމުގެ މަސައްކަތްކުރިއަށް ދަނީ: ބިން ހިއްކުމަކީ ތިމާވެއްޓަށް ނުހަނު ގެއްލުން ބޮޑު ކަމެއް -- ފޮޓޯ: ރައީސް އޮފީސް

މުޅި ދައުލަތުގެ ސަރަހައްދުގައިވާ އެންމެހައި ބިންތަކާއި ފަޅުތައް ދިރާސާކޮށް، އަންނަން އޮތް ޖީލުތަކަށް ދެމި އޮންނާނެ ގޮތަކަށް ހިމާޔަތްކުރަން ޖެހޭ ތަންތަނާއި ބިންހިއްކާނެ ތަންތަން ކަނޑައަޅައި ނިންމަން ޖެހޭ ކަަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

ގުޅީފަޅު ހިއްކާތީ ތިމާވެއްޓަށް ގެއްލުން ލިބޭ މައްސަލަ ކޯޓަށް ވެއްދީ ތިމާވެއްޓާ ވަކާލާތު ކުރައްވާ ހުމައިދާ އަބްދުލްޣަފޫރެވެ. އެ މައްސަލައިގައި ބިން ހިއްކުން ވަގުތީ ގޮތުން ހުއްޓަން އަމުރު ނެރުނީ ހައި ކޯޓުންނެވެ.

ބިން ހިއްކުން މަޑުޖައްސާލަން ކުރި އަމުރު ބާތިލު ކުރަން ކުރި ހުކުމުގެ ތެރެއިން ފަނޑިޔާރު ސުއޫދު ދެއްވި ރައުޔުގައި ވިދާޅުވީ ހިމާޔަތްކުރަން ޖެހޭ ތަންތަނާއި ހިއްކާއްނެ ތަންތަނުގެ އިތުރުން، ތިމާވެށްޓަށް އަސަރުކުރާނެ ގޮތަށް މަޝްރޫއުތައް ހިންގާނެ ތަންތަން ވެސް ކަނޑައަޅަން ޖެހެ އެެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގެ 22 ވަނަ މާއްދާއަށް ދިރުން ދިނުމަށް ޓަކައި ވެސް ކުރަން ޖެހޭ ކަމެކެވެ.

އެއީ އޭނާ ވިދާޅުވި ގޮތުގައި ބިންހިއްކުމުގެ ސަބަބުން ތިމާވެށްޓަށް ގެއްލުން ލިބުމުގެ މައްސަލަތައް ތަކުރާރު ނުވާ ގޮތަށް ދައުލަތުގެ ސިޔާސަތުތައް ތަންފީޒުކުރަން ދައުލަތަށް ދެއްވި އިރުޝާދެކެވެ.

"...މުޅި ދައުލަތުގެ ހުރިހާ ފަރާތެއް ޝާމިލުވެގެން، ގައުމީ ސްޓްރެޓެޖިކް އެންވައިރްމެންޓަލް އެސެސްމެންޓެއް ވީހާ އަވަހަކަށް އެކުލަވާލަން ޖެހޭ ކަމަށް ދެކެމެވެ. މިފަދަ ގައުމީ ސްޓްރެޓެޖިކް އެންވައިރްމެންޓަލް އެސެސްމެންޓް ހެދުމުގެ ބޭނުމަކީ މުޅި ދައުލަތުގެ ސަރަހައްދުގައިވާ އެންމެހައި ބިންތަކާއި ފަޅުތަކާއި ދިރުންތައް ދިރާސާކޮށް އަންނާން އޮތް ޖީލުތަކަށް ދެމިއޮންނާނެ ގޮތަކަށް ހިމާޔަތްކުރަން ޖެހޭ ތަންތަނާއި، ތިމާވެށްޓަށް އަަސަރުކުރާނޭ ގޮތަށް ދައުލަތުން ހިންގާނޭ މައިމަޝްރޫއުތައް ހިންގާނޭ ތަންތަން ކަނޑައަޅައި އައްޔަންކޮށް އެސެސްމެންޓް ގަރާރުކޮށް އެއަށް ތަޝްރީއީ ހިމޭންކަމެއް ދިނުމެވެ،" ރައުޔުގައި ސުއޫދު ވިދާޅުވި އެވެ.

ސައިންސްވެރިންނާއި ސައިންސުގެ އަލީގައި ކުރާ ދިރާސާތައް ރާއްޖޭގައި ނެތުމުން އެފަދަ މައްސަލަތަކުގައި ކޯޓަށް ގޮތެއް ކަނޑައަޅަން ދަތި ކަމަށް ވެސް ރައުޔުގައި ސުއޫދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox